ވިޒިޓް މޯލްޑިވްސް ޕްރޯ: ދުނިޔޭގެ އަންހެން ޗެމްޕިއަން އިޒަބެލާ ސޫސާ ރާއްޖެ އަށް

Jul 23, 2022, 8:15 PM
ބްރެޒިލްގެ އިޒަބެލާ: އޭނާ ވަނީ ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައި.

ބްރެޒިލްގެ އިޒަބެލާ: އޭނާ ވަނީ ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައި.

އަންނަ ހުކުރު ދުވަހު މާލޭ ރާޅުގަނޑު ސަރަހައްދުގައި ފަށާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ބޮޑީބޯޑިން އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރުމަށް ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ، ބްރެޒިލްގެ އިޒަބެލާ ސޫސާ ރާއްޖެ އަތުވެއްޖެ އެވެ.

މި މަހު 29 އިން އަންނަ މަހުގެ ހަތް ވަނަ ދުވަހަށް މާލޭގައި އޮންނަ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022"ގައި ދުނިޔޭގެ ޗެމްޕިއަން ބޮޑީބޯޑަރުންނާ އެކު ރާއްޖޭގެ ބޮޑީބޯޑަރުން ވެސް ވާދަކުރާނެ އެވެ.

މުބާރާތުގައި ވާދަކުރުމަށް އައި އެންމެ ފުރަތަމަ އެތުލީޓަކީ ދުނިޔޭގެ އަންހެން ބޮޑީބޯޑިން ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ބްރެޒިލްގެ އިޒަބެލާ އެވެ.

އިޒަބެލާ، 33، ވަނީ ދުނިޔޭގެ ޗެމްޕިއަންކަން 2010، 2012، 2013 އަދި 2016ގައި ހޯދާފަ އެވެ. އޭނާ ވަނީ ބޮޑީބޯޑިން ޔޫރަޕިއަން ޓުއާގެ ޗެމްޕިއަންކަން ވެސް ދެ ފަހަރަށް ހޯދާފަ އެވެ.

ހަތަރު ކެޓަގަރީއަކުން ދުނިޔޭގެ މަތީ ފަންތީގެ އެތުލީޓުން ވާދަކުރާ މި އިވެންޓުގެ ކަންކަން އިންޓަނޭޝަނަލް ބޮޑިބޯޑިން ކޯޕަރޭޝަން (އައިބީސީ) އިންވެސް އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. މިގޮތުން މުބާރާތުގެ ޓެކްނިކަލް ޓީމްގައި ހިމެނޭ އައިބީސީގެ ސީއީއޯ އަދި ވޯލްޑް ޓުއާ މެނޭޖަރު ގްލެން ކުއެވޭސް ވަނީ މިއަދު މާލެ އައިސްފަ އެވެ.

އައިބީސީގެ ސީއީއޯ ގްލެން ކުއޭވޭސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި:

އަންނަ ހަފްތާ ބަންދުގައި ފަށާ މޯލްޑިވްސް ޕްރޯއަކީ ވޯލްޑް ޓުއާގެ ލެގެއް އޭޝިއާ ސަރަހައްދުގައި ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ ޓުއާގައި ހިމެނޭ މުބާރާތްތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ފައިސާގެ އިނާމް ވެސް ބޮޑު މުބާރާތެވެ. އެ ގޮތުން އިނާމް ފައިސާގެ ގޮތުގައި 70،000 ޑޮލަރު ހަތަރު ކެޓަގަރީ އަކަށް ބަހާލެވޭނެ އެވެ.

މުބާރާތުގެ ޕާޓްނަރުން އިއުލާންކޮށްފައިވާއިރު، މުބާރާތުގެ ރަސްމީ ޓްރެއިލާ ވެސް ވަނީ ދާދިފަހުން ލޯންޗުކޮށްފަ އެވެ. މި ޓްރެއިލާގައި ރާއްޖޭގެ ދިރިއުޅުމުގެ ކަންކަމާއި ގުދުރަތީ ރީތިކަން ދައްކުވައިދޭ މަންޒަރުތައް ހިމެނޭއިރު، ބޮޑީބޯޑަރުން ރާޅުތަކުގެ ތެރޭގައި އުޅޭ ހިތްގައިމު ވީޑިއޯތައް ވެސް ހިމެނެ އެވެ.

ޓްރެއިލާ ލޯންޗު ކުރުމާ އެކު ކައުންޓްޑައުން ފަށާފައިވާއިރު، މުބާރާތުގެ ލޯގޯވެސް ވަނީ ރަސްމީކޮށް ލޯންޗުކޮށްފަ އެވެ.

މުބާރާތުގައި ވާދަކުރުމަށް ބޭރުގެ އެތުލީޓުން ރާއްޖެ އަންނަން ފަށާފައިވާއިރު، ދިވެހި އެތުލީޓުންވެސް އަންނަނީ ތައްޔާރީތައް ވަމުންނެވެ. މިގޮތުން މުބާރާތުގައި ވާދަކުރާ ގައުމީ ޓީމް ހޮވުމަށް ސެލެކްޝަން ޓްރަޔަލްސްތަކެއްވެސް މިދިޔަ މަހުވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ދިވެހި އެތުލީޓުން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. ބިދޭސީ ބޮޑީބޯޑަރުން މުބާރާތުގައި ވާދަކުރުމުގެ ސުންގަނޑި ހަމަވާނީ ބުދަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox