ސަސް ބަލިކޮށް ގްރީން ސްޓްރީޓްސް ފަސް ވަނަ އަށް

Jul 6, 2022, 12:55 PM
ލަނޑު ޖެހުމަށް ފަހު ގްރީން ސްޓްރީޓްސްގެ އަވީލާ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ލަނޑު ޖެހުމަށް ފަހު ގްރީން ސްޓްރީޓްސްގެ އަވީލާ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 4-0 އިން ބަލިކޮށް، ކްލަބް ގްރީން ސްޓްރީޓްސް ލީގުގެ ފަަސް ވަނަ އަށް ޖެހިލައިފި އެވެ.

ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ފަސް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަދި ހަ ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވަނީ 20 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީން ކުޅެފައިވަނީ 15 މެޗެވެ. ގްރީން ސްޓްރީޓްސް އިން ވަނީ 16 މެޗު ކުޅެފަ އެވެ.

ލީގުގެ ހަތް ވަނައިގައި ސަސް އޮތީ 16 މެޗުން 14 ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަށް ވަނީ 15 މެޗުން އެއް ޕޮއިންޓް ލިބިފަ އެވެ. ދަ ގްރާންޑޭ ރެލިގޭޝަން ބުރުގައި ކުޅެން ޖެހޭނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ރެލިގޭޝަން ބުރުގައި ކުޅޭނީ ލީގުގެ ފުލަށްދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމެވެ. ރެލިގޭޝަން ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެއް ލީގަށް ކޮލިފައިވާނެ އެެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ގްރީން ސްޓްރީޓްސް އިން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މި މެޗުގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ހަސަން ނަޒީމް ގާސިމް (ޗޯޓު) އެވެ. ގްރީން ސްޓްރީޓްސްގެ ދެ ކެޕްޓަނުން ކަމަށްވާ، ރިލްވާން ވަހީދު (ރިލޭ) އާއި މުހައްމަދު ސާއިފް މި މެޗުގެ ފުރަތަމަ އެގާރައިގައި ނެތެވެ. ރިލޭ ކާޑު ހަމަވެފައިވާއިރު، ސާއިފް އިނީ އަނިޔާގެ ސަބަބުން ބެންޗުގަ އެވެ.

މެޗުގެ 20 ވަނަ މިނިޓްގައި ޗޯޓު އޭރިއާތެރެއިން ޖެހި ބޯޅަ ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ. އެކަމަކު، އޭގެ އަށް މިނިޓް ފަހުން ޗޯޓު ވަނީ ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 28 ވަނަ މިނިޓްގައި، ގްރީން ސްޓްރީޓްސްގެ އަހުމަދު ނާހިލް އިބްރާހިމް ނެގި ހުރަހެއް ދިފާއުކުރަން ކީޕަރު ޗެކް އެރި ވަގުތު އޭނާ އަތުގައި ޖެހިފައި ދޫވި ބޯޅަ ހޯދައި، ޗޯޓު ވަނީ ގޯލު މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސްގެ ޗޯޓު (ކ) ސަސްގެ އިއްބެ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ގްރީން ސްޓްރީޓްސް އިން ވަނީ މެޗުގެ 31 ވަނަ މިނިޓްގައި ދެ ވަނަ ގޯލު ޖަހައިފަ އެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ސަސްގެ ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވިގެން ލިބުނީ، ގްރީން ސްޓްރީޓްސްގެ ކޮލަމްބިއާ ފޯވާޑް ހޯސޭ އަވީލާ އަށެވެ. އަވީލާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސް އިން ލީޑުފުޅާކުރިތާ ދެ މިނިޓް ފަހުން ސަސް އަށް ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. ސަސްގެ ވާތު ބެކް، މުހައްމަދު ސާމިރު ނެގި ހުރަހަކުން ގޯލު ކުރިމައްޗަށް ހުސްކޮށް އެރި އަހުމަދު އައިހަމް (ފަތޯ) ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. ސަސް އިން ފުރުސަތު ނަގާލިއިރު، ގްރީން ސްޓްރީޓްސް އިން ވަނީ 38 ވަނަ މިނިޓްގައި ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ޕެނަލްޓީ އަކުން މުހައްމަދު ޖައިލަމް (އޮގީ) ޖެހި ގޯލެކެވެ. މި ޕެނަލްޓީ ދިނީ، އޭރިއާތެރެއިން ޗޯޓު އަށް ސަަސްގެ ރިލްވާން ނައީމް ކުރި ފައުލަކަށެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން، މެޗުގެ 61 ވަނަ މިނިޓްގައި ސަސް އަށް ގޯލު ޖަހަން ހުސް ފުރުސަތެއް ލިބުނެވެ. ސަސްގެ އިބްރާހިމް އަތީގް ހަސަން (އިއްބެ) މުޅިން ހުސްކޮށް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ޖެހި ޝޮޓްގައި ބާރެއް ނެތްއިރު، ގްރީން ސްޓްރީޓްސްގެ ގޯލުގައި ހުރި ޕާކިސްތާންގެ ކީޕަރު، ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސް އިން ހަތަރު ވަނަ ގޯލު ޖެހީ މެޗުގެ 72 ވަނަ މިނިޓްގަ އެވެ. މިއީ ނާހިލް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކީޕަރު ޗެކް އަތުގައި ޖެހިފައި އަވީލާ އަށް ލިބުމުން ބޮލުން ޖެހި ގޯލެކެވެ.

އޭގެ ފަހުން ފަސް ވަނަ ގޯލެއް ޖަހަން ގްރީން ސްޓްރީޓްސް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

މި ފަހަރުގެ ސީޒަނުގައި ގްރީން ސްޓްރީޓްސް އިން ވަނީ ސަސްއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ. އެއީ ޕްރެޒިޑެންޓްސް ކަޕްގެ މެޗާއި ލީގުގެ ދެ މެޗުންނެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ ކުޅޭނީ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox