ސަސް ބަލިކޮށް ވެލެންސިއާ ތިން ވަނަ އަށް

Jul 2, 2022, 5:57 PM
ލީގުގައި މިރޭ ކުޅުނު މެޗުގެ ތެރެއިން ވެލެންސިއާގެ އުމެއިރު ބޯޅަ ހިފައިގެން.-- ފޮޓޯ: އެފްއޭއެމް

ލީގުގައި މިރޭ ކުޅުނު މެޗުގެ ތެރެއިން ވެލެންސިއާގެ އުމެއިރު ބޯޅަ ހިފައިގެން.-- ފޮޓޯ: އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2-1 އިން ބަލިކޮށް، ކްލަބް ވެލެންސިއާ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ވެލެންސިއާ ތިން ވަނަ އަށް އެރީ 15 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ވަނީ 15 މެޗުން 20 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި ކްލަބް ގްރީން ސްޓްރީޓްސް އޮތީ 15 މެޗުން 17 ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި އޮތް ސަސް އަށް ވަނީ 15 މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ދަ ގްރާންޑޭ އަށް ވަނީ 15 މެޗުން ޕޮއިންޓެއް ލިބިފަ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 15 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ވަނީ 15 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން މާގިނައިރެއް ނުވެ، ސަސްގެ ފޯވާޑް، އަލީ ނަސޫހު ރަޝީދު (ޕިލާ) އަށް އޭރިއާތެެރެއިން ކުރި ފައުލަކަށް ސަސް އިން ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ރެފްރީ، ސިނާން ހުސެއިން ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

ސަސްގެ ޕިލާ ކައިރިން ވެލެންސިއާގެ ބިޗަޑް ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ސަސް އިން ވަނީ މެޗުގެ ނުވަ ވަަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. ކޯނަރަކުން މުހައްމަދު ސާމިރު ނެގި ބޯޅަ ވެލެންސިއާ ކުޅުންތެރިއަކު ގައިގައިި ޖެހިފައި ސާމިރަށް ދެ ވަނަ ފަހަރަށް ލިބުމުން މި ފަހަރު އޭނާ ނެގި ހުރަހުން ގޯލު ކުރިމައްޗަށް އައި ބޯޅަ އަހުމަދު އައިހަމް ވަނީ އެއް ފަހަރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ވެެލެންސިއާ އިން ބޯޅަ ހިފަހައްޓައިގެން ސަސްގެ ހާފުގެ ތެރޭގައި ކުޅެމުންދިޔައިރު، މެޗުގެ 26 ވަނަ މިނިޓްގައި ރަނގަޅު ދެ ހަމަލާ ފޮނުވާލި އެވެ. އޭރިއާތެރެއިން ވެެލެންސިއާގެ އަސްހަދު އަލީ (އަޑޭ) ޖެހި ބޯޅަ ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަތުގައި ޖެހިފައި ރީބައުންސް ބޯޅަ ވެލެންސިއާގެ ހަލީލް ޖަމާލަށް ލިބުމުން ޖެހި ޝޮޓް ވެސް އަމާޒުވީ ކީޕަރު ޗެކް އަތަށެވެ.

މެޗުގެ 36 ވަނަ މިނިޓްގައި ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ނެގި ހުރަހަކުން އަޑޭ ވަނީ ބޮލުން ގޯލެއް ޖަހައިފަ އެވެ. އެކަމަކު، އެ ގޯލު ޖެހިއިރު، އަޑޭ ހުރީ އޮފްސައިޑްގައި ކަމަށްވާތީ އެ ލަނޑު ބަލައިނުގަނެ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ވެލެންސިއާ އިން އެއްވަރުކުރި އެެވެ. މެޗުގެ 50 ވަނަ މިނިޓްގައި ވެލެންސިއާގެ އިސްމާއިލް އީސާ (މެސީ) ނެގި ކޯނަރަކުން އަމްދާން އަލީ (އެންޑީ) ބޮލުން ޖައްސާލުމުން، ކުޑަ އޭރިއާތެރޭގައި ހުރެފައި ހަލީލް ވަނީ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

ވެލެންސިއާ އަށް ލީޑުނަގައިދިނީ ބަދަލަކަށް ކުޅެން އެރި އަބްދުﷲ ޔާމީން (ޔާނު) އެވެ. މެޗުގެ 55 ވަނަ މިނިޓްގައި އީސަ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޔާނު ވަނީ ވެއްޓިގެންފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ސަސް އިން ބަދަލުތަކެއް ގެނެސްގެން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި މެޗުގެ 89 ވަނަ މިނިޓްގައި އިބްރާހިމް އަތީގް ހަސަން (އިއްބެ) އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ޕިލާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އިއްބެ ފޮނުވާލި ނަަމަވެސް ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ވެލެންސިއާ އިން ވަނީ ސީޒަނުގައި ސަސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. އެއީ ޕްރެޒިޑެންޓްސް ކަޕާއި ލީގުގެ ފުރަތަމަ ބުރުގަ އެވެ. އެކަމަކު، ލީގުގެ ދެ ވަނަ ބުރުގައި ސަސް އިން ވެލެންސިއާ ބަލިކުރި އެވެ. މިރޭ ސަސް އިން ފުރަތަމަ ލީޑުނެގި ނަމަވެސް ވެލެންސިއާ އިން ވަނީ ހިތްވަރު ދައްކައި ކާމިޔާބު ހޯދައިފަ އެވެ.

ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox