ބޮޑީބޯޑިންގެ މަތީ ފެންވަރު މުބާރާތް "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ރަސްމީކޮށް ލޯންޗުކޮށްފި

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ލޯންޗްކުރުމުގެ ގޮތުން މިއަދު ބޭއްވުނު އިވެންޓުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ލޯންޗްކުރުމުގެ ގޮތުން މިއަދު ބޭއްވުނު އިވެންޓުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަންނަ މަހުގެ 29 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ބޮޑިބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ބޯޑީބޯޑިން ވޯލްޑް ޓުއާގެ އެއް ލެގު ރާއްޖޭގައި ބާއްވަން ނިންމައި އެ މުބާރާތުގެ ޕޯސްޓަރު ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

(އައިބީސީ)ގެ ބޯޑީބޯޑިން ވޯލްޑް ޓުއާގެ އެއް މުބާރާތް ކަމަށްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" އޮންނާނީ މާލޭ ރާޅުގަނޑު ސަހަރައްދުގަ އެވެ.

ދުނިޔޭގެ ޗެމްޕިއަން ބޮޑީބޯޑަރުން ވާދަކުރާ މި މުބާރާތުގައި އެކި ގައުމުތަކުން 150 އެއްހާ އެތުލީޓުން ވާދަކުރާނެ އެވެ. ހަތަރު ކެޓަގަރީއަކުން ބައިވެރިވާ ވާދަކުރާ މި އިވެންޓަކީ ވޯލްޑް ޓުއާގެ ލެގެއް އޭޝިއާ ސަރަހައްދުގައި ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ ޓުއާގައި ހިމެނޭ މުބާރާތްތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ފައިސާގެ އިނާމްވެސް ބޮޑު މުބާރާތެވެ. މިގޮތުން އިނާމް ފައިސާގެ ގޮތުގައި 70،000 ޑޮލަރު ހަތަރު ކެޓަގަރީ އަކަށް ބަހާލެވޭނެ އެވެ.

"ވިޒިޓް މޯލްޑިވްސް ޕްރޯ 2022"ގެ ރަސްމީ ޕޯސްޓަރު ލޯންޗުކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ.

މި ޕޯސްޓަރުގެ ފަރުމާއަށް ބަލާލާއިރު ރާއްޖޭގެ ޓުއަރިޒަމް އާއި ރާއްޖޭގެ ސަގާފަތް ފެނެ އެވެ އަދި މީގެ އިތުރުން މާލޭ ހުކުރު މިސްކިތުގެ ހިރިހަގުލުގެ ޑިޒައިން ފަހަތުން ފެންނައިރު، ރާއްޖޭގެ ގުދުރަތީ ރީތިކަން ވެސް ޕޯސްޓަރުން ރަމްޒުކޮށްދޭނެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް: މިނިސްޓަރު ވިދާޅުވާ ގޮތުގައި ގިނަ އިންޓަނޭޝަނަލް މުބާރާތެއް ބޭއްވުމަކީ ރާއްޖޭގެ ކުޅިވަރު ކުރިއަށްދާ ކަމުގެ ހެއްކެއް.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މަހުލޫފު ވިދާޅުވީ މި އަހަރަކީ ކުޅިވަރުގެ ބައިނަލްއަގްވާމީ ގިނަ ކަންކަން ކުރެވޭ އަހަރެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މޫދު ކުޅިވަރުގެ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖެއަށް ގެނައުމުގެ ވައުދު ފުރިހަމަކުރެވޭތީ އުފާކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަހަރު އަޅުގަނޑުމެން މި ފެށީ މޯލްޑިވްސް ސްޕޯޓްސް އެވޯޑާ އެކު، އޭގެ ފަހުން ސަރަހައްދީ ޖޫނިއާ ޓީޓީ މުބާރާތް ބޭއްވީ، މީގެ ދުވަސްކޮޅެއް ކުރިން އުކުޅަހުގަ މި ނިންމާލީ މި ސަރަހައްދުގެ ޖޫނިއާ ޗެސް މުބާރާތެއް. އަނެއްކާ އަންނަ މަހު އެބައޮތް އޭޝިއަން ބޮޑީބިލްޑިން މުބާރާތް އޮންނާނެ. އޭގެ ފަހުން އަންނަ މަހު 29ގައި ބޮޑީބޯޑިންގެ މި މުބާރާތް މިއޮތީ،" މި އަހަރު މިހާތަނަށް ބޭއްވުނު އިންޓަނޭޝަނަލް މުބާރާތްތަކާއި އަންނަ މަހު ބޭއްވުމަށް ގަސްދުކުރާ މުބާރާތަށް އިޝާރާތްކޮށް މަހުލޫފް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައިވެސް އެބަވޭ. މޫދު ކުޅިވަރުތައް، ވަކިން ޚާއްސަކޮށް ބޮޑީބޯޑިން އަދި ސާފިން ފަދަ ކުޅިވަރުތަކުގެ ބައިނަލްއަގްވާމީ މުބާާރާތްތައް ރާއްޖެއަށް ގެނައުން. އެކަމަށް މި ކުރެވުނު މަސައްކަތުގައި މިހާރު މިއޮތީ އަންނަ މަހު މި މުބާރާތް ބޭއްވުމަށް ހުރިހާ ކަމެއް ހަމަޖެހިފައި."

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) ވިދާޅުވި މި މުބާރާތަށް ތައްޔާރުވުމުގައި ގޮންޖެހުންތަކެއް ވެސް ކުރިމަތިވި ކަމަށެވެ. އެެހެން ނަމަވެސް ސަރުކާރުން ދެއްވި އެހީތެރިކަމާ އެކު ގިނަ ބައެއްގެ މަސައްކަތުން މިހާރު މުބާރާތަށް ރަނގަޅަށް ތައްޔާރުވެވިފައިވާ ކަމަށް ފުކޫ ވިދާޅުވި އެވެ.

"އެންމެ ބޮޑު ޗެލެންޖަކީ މުބާރާތް ބާއްވަން ރާވަފައި އޮތް ސަރަހައްދު. މާލޭ ރާޅުގަނޑު ސަރަހައްދުގައި ޖާގައިގެ ދަތިކަން އެބަ ދިމާވޭ ވަރަށް ބޮޑަށް. އެއީ ވަރަށް ބޮޑު ޗެލެންޖެއް. އަނެއްކޮޅުން، ސްޕޮންސަރުން ހޯދުމުގައިވެސް އެބަހުރި އުނދަގޫތަކެއް. އެކަމަކު، ސަރުކާރުން ދެއްވި އެހީތެރިކަމާ އެކު ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ފަސޭހަވި. ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރު ވެދެއްވި އެހީތެރިކަން ފާހަގަކުރަން،" ފުކޫ ވިދާޅުވި އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ލޯންޗްކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެމްބީބީއޭގެ ރައީސް ފުކު: ޗެލެންޖްތަކާ އެކު ވެސް މުބާރާތް ބޭއްވޭތީ އުފާކުރާ ކަމަށް ފުކު ވަނީ ވިދާޅުވެފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"ވިޒިޓް މޯލްޑިވްސް ޕްރޯ 2022"ގައި ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ލެވެލްގެ އެތުލީޓުން ބައިވެރިވާނެ އެވެ. އަދި މި މުބާރާތުގެ ހޮސްޓުގެ ހައިސިއްޔަތުން ރާއްޖެ އަށް ވައިލްކާޑް އެންޓްރީތަކެއް ލިބޭނެ އެވެ. އަދި މީގެ އިތުރުން އެމްބީބީއޭ އިން ކަނޑައަޅާ ރޭންކިންގެ ތެރެއިން އެކި ކެޓަގަރީތަކުން ފްރީ ޕާސްތަކެއް ވެސް ދިވެހި ބޮޑީބޯޑަރުންނަށް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ

އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ މިއީ ދިވެހި އެތުލީޓުންނަށް ވޯލްޑް ޓުއާގެ ކުރިއަށް ހުރި މުބާރާތްތަކުގައި ބައިވެރިވުމަށް ހުޅުވާލެވޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. މިކަމުގެ ސަބަބުން އިންޓަނޭޝަނަލް މި ވަރުގެ މުބާރާތަށް އެކި އެކި ސަބަބުތަކާ ހެދި ބައިވެރިނުވެވި ތިބި ދިވެހި ބޮޑީބޯޑަރުންނަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް ރަޝް ފާހަަގަކުރެއްވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ ރަޝް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"އަސްލު މިއީ ވަރަށް ރަނގަޅު ފުރުސަތެއް މި ހުޅުވެނީ ރާއްޖޭގެ އެތުލީޓުންނަށް. އަބަދުވެސް ދިވެހި އެތުލީޓުން ބޭނުންވޭ ވޯލްޑް ޓުއާގައި ބައިވެރިވާން. އެކަމަކު ހަރަދަށް ބަލާއިރު، މިއީ އުނދަގޫކަމެއް. ރާއްޖެ އަށް އަޅުގަނޑު މި ގެންނަނީ ވޯލްޑް ޓުއާ. އެހެންވީމަ މިއީ ރާއްޖޭގެ ބޮޑީބޯޑިން ކޮމިއުނިޓީއަށް ބޮޑު ފުރުސަތެއް. މިއީ ހަމަ ހުރިހާ ކުދިންނަށްވެސް ހުޅުވޭނެ ރަނގަޅު ދޮރެއް،" ރަޝް ވިދާޅުވި އެވެ.

ރަޝް ވިދާޅުވީ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ބޮޑީބޯޑަރުންނާއި ރާއްޖޭގެ ޓީމަށް ހާއްސަކޮށް "ޓީމް މޯލްޑިވްސް"ގެ ހާއްސަ ކެމްޕެއިނެއް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

މިހާތަނަށް އައިއިރު ދުނިޔޭގެ ޗެމްޕިއަނުން ވެސް މުބާރާތުގައި ވާދަކުރަން ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، އެ އެތުލީޓުންގެ ވަނަވަރު ކުރިއަށް ހުރި ދުވަސްތަކުގައި ހާމަކުރާނެ ކަމަށް އެމްބީބީއޭ އިން މައުލޫމާތު ދެ އެވެ. އަދި މީގެ އިތުުރުން މުބާރާތުގައި ވާދަކުރާ ދިވެހި އެތުލީޓުން އިއުލާންކުރުމާއި ގައުމީ ޓީމު އިއުލާންކުރުން ވެސް ކުރިއަށް އޮތް ދުވަސްތަކުގައި އޮންނާނެ ކަމަށް އެމްބީބީއޭ އިން ހާމަކުރެ އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ޓްރަޔަލްސް ދާދިފަހުން ނިންމާލިއިރު، ދިޔައީ ފޯރިގަދަ މުބާރާތެއް ގޮތަށެވެ. އެ ގޮތުން ޓްރަޔަލްސް އިން ގައުމީ ބޮޑީބޯޑިން ލީގަށް ޕޮއިންޓް ގުނިއިރު، މި އަހަރުގެ ނިޔަލަށް ގައުމީ ޓީމުތައް ނަގާފައިވަނީ ޓްރަޔަލްސް އާއި އެމްޓީސީސީ ބުރުނު ޝިކާރުގެ ޕޮއިންޓްގެ ޖުމްލަ އަދަދު އެއްކޮށްލައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox