ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ވެލެންސިއާ ހަތަރު ވަނަ އަށް

Jun 27, 2022, 5:55 PM
ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ވެލެންސިއާ ހަތަރު ވަނަ އަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 3-1 އިން މޮޅުވެ، ކްލަބް ވެލެންސިއާ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

މިރޭގެ މެޗަށް ފަހު ކޮންމެ ޓީމެއް 14 މެޗު ކުޅެ، ލީގުގެ ދެ ވަނަ ބުރު ވަނީ ނިމިފަ އެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެއް ވަނައިގައި އޮތީ 39 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް 34 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ޔުނައިޓެޑް ވިކްޓަރީ އޮތީ 20 ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މޮޅާ އެކު ހަތަރު ވަނަ އަށް ޖެހިލި ވެލެންސިއާ އަށް ވަނީ 19 ޕޮއިންޓް ލިބިފަ އެވެ.

ފަސް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ހަ ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް 17 ޕޮއިންޓް ލިބިފައިވާއިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ހަތް ވަނައިގައި އޮތީ 14 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. އެ ޓީމަށް މޮޅެއް ނުލިބި އޮތްއިރު، ހޯދުނީ އެންމެ ޕޮއިންޓެކެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި ވެލެންސިއާ އިން ލީޑުނެގި މުހައްމަދު އުމެއިރު ޖެހި ގޯލުންނެވެ. އަބްދުﷲ ޔާމީން (ޔާނު) ހިލޭޖެހުމަކުން ނެގި ބޯޅަ އުމެއިރު ވަނީ ބޮލުން ގޯލަށް ވައްދާލައިފަ އެވެ. މާޒިޔާގެ ލޯން އެއްބަސްވުމެއްގެ ދަށުން ވެލެންސިއާ އަށް ބަދަލުވި އުމެއިރު ވަނީ ވެލެންސިއާ ޖޯޒީގައި ކުޅުނު ދެ މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ.

އޭގެ ފަހުން ވެލެންސިއާ އަށް ދެ ވަނަ ގޯލެއް ޖަހަން ފުލުފުލުގައި އަސްހަދު އަލީ (އަޑޭ) އާއި ވެލެންސިއާ ކެޕްޓަން، ހަސަން ސުފިއާން (ސޫފީ) ޖެހި ބޯޅަތައް ޔުނައިޓެޑް ވިކްޓަރީ ގޯލުގައި ހުރި ކީޕަރު ހަސަން ތޮލާލް (ޓޮޕްލަކް) ވަނީ މަތަކޮށްފަ އެވެ. މިއީ އެންމެ ފަހުން ޓްރާންސްފާގައި ވެލެންސިއާ ދޫކޮށް ޔުނައިޓެޑް ވިކްޓަރީ އަށް ބަދަލުވި ފަހުން ޓޮޕްލަކް ކުޅޭ ފުރަތަމަ މެޗެެވެ.

މެޗުގެ 21 ވަނަ މިނިޓްގައި އޭރިއާބޭރުން ސޫފީ ޖެހި ޝޮޓެއް އަމާޒުވީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ.

ޔުނައިޓެޑް ވިކްޓަރީން ވެސް މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ އެޓޭކްކުރަމުން ދިޔައިރު، މެޗުގެ 24 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ ބެލަރޫސް ފޯވާޑް، އިވާން ވެރާސް ދިން ބޯޅައަކުން އެ ޓީމުގެ ކެޕްޓަން، އަލީ ހަމްދާން (އައްޔަ) ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ވެލެންސިއާ އިން ލީޑުފުޅާކުރީ މެޗުގެ 32 ވަނަ މިނިޓްގަ އެވެ. މިއީ ޔާނު އޭރިއާތެރެއިން ހަމަޖެހިލާފައި ޖެހި ގޯލެކެވެ. ވެލެންސިއާގެ ފުލްބެކް، އަލީ ޝާމިސް (ތޮއްޕޭ) ހުސްކޮށްލާފައި އެ ޓީމުގެ އަޑޭ އަށް ދިން ބޯޅަ، އޭނާ ދިނީ ޔާނު އަށެވެ. ޔާނު ވަނީ ކީޕަރު ޓޮޕްލަކަށް ފުރުސަތެއް ނުދީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 37 ވަނަ މިނިޓްގައި ކައުންޓަ އެޓޭކެއްގައި ޔުނައިޓެޑް ވިކްޓަރީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ދޭން ޖެހި ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ބޭރުކޮށްލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާ އަށް ތިން ވަނަ ގޯލެއް ޖަހައިދޭން އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އޭރިއާތެރެއިން ހުސްކޮށް ވަދެ، ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ޔުނައިޓެޑް ވިކްޓަރީ އަށް ދެ ވަނަ ހާފްގެ ކުރީކޮޅުގައި މެޗުގެ ތެރެއަށް ވަންނަން ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 51 ވަނަ މިނިޓްގައި އިވާން ޖެހި ޕެނަލްޓީ ކީޕަރު ފައިސަލް ވަނީ ފައިން މަތަކޮށްފަ އެވެ. މިއީ، ވެލެންސިއާގެ ބިޗަޑް އެ ޓީމުގެ އޭރިއާތެރެއިން ބައްކު އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

މެޗުގެ 66 ވަނަ މިނިޓްގައި ވެލެންސިއާ އަށް ތިން ވަނަ ގޯލެއް ޖަހައިދޭން އަޑޭ ފޮނުވާލި ބޯޅައިގައި ބާރެއްނެތްއިރު، އެ ބޯޅަ ހޯދައި އުމެއިރު ޖެހި ބެކްހީލް ކީޕަރު ޓޮޕްލަކް ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން އުމެއިރު މުޅިން ހުސްކޮށް އޭރިއާތެރެއަށް ވަދެ ޖެހި ބޯޅަ ވެސް ކީޕަރު ޓޮޕްލަކް ވަނީ މަތަކޮށްފަ އެވެ.

ވެލެންސިއާގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 79 ވަނަ މިނިޓްގައި އަޑޭ އެވެ. ޔުނައިޓެޑް ވިކްޓަރީގެ ޑިފެންސް ފަހަތަށް ޔާނު ދިން ބޯޅަ ހިފައިގެން ވަދެ، އަޑޭ ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ޔުނައިޓެޑް ވިކްޓަރީ ލަނޑެއް ޖެހި އެވެ. މިއީ ބަދަލަކަށް ކުޅެން އެރި، ލަމާން ޒުހެއިރު ދިން ބޯޅައަކުން ޖެހި ގޯލެކެވެ. މެޗުގެ 82 ވަނަ މިނިޓްގައި މި ގޯލު ޖެހީ ގޯލު ކުރިމަތީގައި ހުސްކޮށް ހުރި އިވާން އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން ވެެލެންސިއާ ލީގުގެ ދެ ވަނަ ބުރުގައި ފުރަތަމަ ކުޅުނު ހަތަރު މެޗު ނިންމާލީ މޮޅެއް ނުލިބި އެވެ. ފުރަތަމަ މެޗުން ޓީސީއާ އެއްވަރުވިއިރު، ދެން ކުޅުނު ހަތަރު މެޗުން ވަނީ މާޒިޔާ، ގްރީން ސްޓްރީޓްސް އަދި ސަސް އަތުން ބަލިވެފަ އެވެ. އޭގެ ފަހުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ބަލިވިއިރު، އެންމެ ފަހުން ކުޅުނު މެޗުގައި އީގަލްސް އަތުން ބަލިވީ އެވެ. އަދި މިރޭ މޮޅަކާ އެކު ދެ ވަނަ ބުރު ނިންމާލީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox