ފަހު ވަގުތު ސަސް ބަލިކޮށް މާޒިޔާ ލީޑުފުޅާކޮށްފި

Jun 26, 2022, 5:58 PM
ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ޓަނާ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ޓަނާ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަހު ވަގުތު ގޯލު ޖަހައި، 3-2 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބަލިކޮށް ލީގު އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.

މާޒިޔާ އިން ދެ ވަނަ ބުރުގެ ކުޅުން ނިންމާލިއިރު، އެއް ވަނައިގައި މި ވަގުތު އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ދެ ވަނަ ބުރުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް މޮޅުވި، މާޒިޔާ އަށް 14 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ވަނީ 13 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ. އީގަލްސް އިން މާދަމާ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްފިނަމަ ދެ ވަނަ ބުރު ނިންމާލާއިރު، މާޒިޔާ އާއި އީގަލްސްއާ ދެމެދު އޮންނާނީ ފަސް ޕޮއިންޓުގެ ފަރަގެކެވެ.

މިރޭގެ މެޗު ފަށައިގެން ފުރަތަމަ މިނިޓުން ފެށިގެން މާޒިޔާ އިން ދިޔައީ ސަސްގެ ހާފްގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެމުންނެވެ. އެ ގޮތުން މެޗުގެ 12 ވަނަ މިނިޓްގައި މާޒިޔާގެ ސްޕެއިން މިޑްފީލްޑަރު، ޓަނާ ޑޮމިންގޭޒް ޖެހި ބާރު ޝޮޓް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެެވެ. އޭގެ ހަތަރު މިނިޓް ފަހުން ޓަނާ ނެގި ކޯނަރަކުން މާޒިޔާގެ ނާއިޒު ހަސަން (ދާދު) ވަނީ ބޮލުން ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ.

މާޒިޔާގެ ދާދު (ވ) ޖަހާ ބޯޅައެއް ސަސްގެ ކީޕަރު ޗެކް މަތަކުރަން މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

މާޒިޔާ އިން ލީޑުފުޅާކުރީ މެޗުގެ 21 ވަނަ މިނިޓްގައި ޓަނާ ޖެހި ހިލޭ ޖެހުމަކުންނެވެ. ޓަނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ސަސްގެ ކުޅުންތެރިން ހިލޭޖެހުން ދިފާއުކުރަން އަތުރައިގެން ތިބި ދިފާއީ ފާރުގައި ޖެހިފަ އެެވެ. އޭގެ ފަހުން ވެސް މާޒިޔާ އިން ތިން ވަނަ ގޯލެއް ޖަހަން ފުލުފުލުގައި އެޓޭކްތަކެއް ކުރަމުންދިޔަ އެެވެ. އެ ގޮތުން އޭރިއާބޭރުން ޓަނާ ތިރީ ކަނަށް އަމާޒުކޮށް ފޮނުވާލި ބާރު ބޯޅަ ސަސްގެ ގޯލުކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ސަސް އިން ކުޅުން ރަނގަޅުކޮށް ގާތްގާތުގައި ދެ ގޯލު ޖަހައި ނަތީޖާ ހަަމަހަމަކުރި އެވެ. އެ ގޮތުން މެޗުގެ 38 ވަނަ މިނިޓްގައި ސަސްގެ އައިހަމް އަހުމަދު (އައިހު) ހިލޭ ޖެހުމަކުން ޖެހި ބޯޅަ މަތަކުރަން މާޒިޔާގެ ގޯލުގައި ހުރި، ކީޕަރު، އިޔާން އަބްދުލް އަލީމް (ޗިކީ) ޕަންޗުކޮށްލި ބޯޅަ އެ ޓީމުގެ ސަމޫހު އަލީ (ސަމުއްޓެ) ގައިގައި ޖެހިފައިވަނީ ބައިކޮޅަށެވެ.

ގޯލަށް ފަހު ކޮންފިޑެންސާ އެކު ސަސް އިން ކުޅެން ފަށައި މެޗުގެ 42 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރި އެވެ. ސަސްގެ އަހުމަދު އައިހަމް މާޒިޔާގެ ސާބިއާ ޑިފެންޑަރު، ނަމާންޏާ ކާޓާލް ކައިރިން ނައްޓާފައި ހުސްކޮށްލާފައި ދިނީ ސަސްގެ ކުރިއަށް ކުޅެމުންދިޔަ ނަސޫހު ރަޝީދު (ޕިލާ) އަށެވެ. ޕިލާ ވަނީ ހަމަޖެހިލާފައި ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

އަލުން މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ 62 ވަނަ މިނިޓްގައި ޓަނާ ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާތެރެއިން ޓަނާ ހުސްކޮށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު ޗެކް ވަނީ ފައިން މަތަކޮށްފަ އެވެ.

ބަދަލަކަށް ކުޅެން އަރައި، މެޗުގެ 73 ވަނަ މިނިޓްގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ކުޑަ އޭރިއާތެރެއިން ޖެހި ބޯޅަ ވެސް ކީޕަރު ޗެކް ވަނީ މަތަކޮށްފަ އެވެ. އޭގެ އިރުކޮޅެއް ކުރިން އޭރިއާބޭރުން ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މާޒިޔާ މޮޅުވި ގޯލު ޖެހީ މެޗުގެ 89 ވަނަ މިނިޓްގަ އެވެ. ޓަނާ ނެގި ކޯނަރަކުން މި ގޯލު ޖެހީ ކާޓާލް ބޮލުންނެވެ. ސަސް ޑިފެންޑަރުންގެ ތެރެއިން އަރައި، ކާޓާލް ބޮލުން ޖެހި ބޯޅަ އަމާޒުވީ ކަނަށެވެ.

ސަސް މި މެޗުން ބަލިވުމުން އެ ޓީމު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އެ ޓީމަށް 14 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox