ގްރީން ސްޓްރީޓްސް އިން ޓީސީ ބަލިކޮށްފި

Jun 26, 2022, 1:37 PM
ގްރީން ސްޓްރީޓްސްގެ ރިލޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ގްރީން ސްޓްރީޓްސްގެ ރިލޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބް ގްރީން ސްޓްރީޓްސް އިން 1-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް މޮޅަކާ އެކު ލީގުގެ ދެ ވަނަ ބުރު ނިންމާލައިފި އެވެ.

މިއީ ލީގުގައި މި ފަހަރު ގްރީން ސްޓްރީޓްސް އިން ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. ގްރީން ސްޓްރީޓްސް އިން ވަނީ ބްރޭކަށް ފަހު ކުޅުނު ފުރަަތަމަ މެޗުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފަ އެވެ.

ޓީސީ އާއި ގްރީން ސްޓްރީޓްސް އަށް ދެ ވަނަ ބުރުގެ މެޗުތައް ނިމުނުއިރު، ދެ ޓީމަށް ވެސް ލިބިފައިވަނީ 14 މެޗުން 17 ޕޮއިންޓެވެ. ޓީސީ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. މި މެޗުން މޮޅުވެގެން ޓީސީ އަށް ލީގުގެ ތިން ވަނަ އަށް އެރުމުގެ ފުރުސަތު އޮތެެވެ. އެކަމަކު، ބަލިވުމުން އެ ޓީމު ހަތަރު ވަނައިގައި މި ވަގުތަށް ފަރުޖައްސާލި ނަމަވެސް މާދަމާރޭ ވެލެންސިއާ އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށްފިނަަމަ، ވެލެންސިއާ ހަތަރަކަށް އަރައި، ޓީސީ ފަސް ވަނަ އަށް ވެއްޓޭނެ އެވެ.

މެޗު ފަށައިގެން ފުރަތަމަ މިނިޓް ތެރޭ ގްރީން ސްޓްރީޓްސް އިން ރަނގަޅު އެޓޭކެއް ކުރި އެެވެ. އެ ގޮތުން ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ފޮނުވާލި ހަމަލާ ޓީސީގެ ސްރީ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ޓީސީން ރަނގަޅު އެޓޭކްތަކެއް ކުރަން މަސައްކަތް ކުރި ނަމަވެސް މެޗުގެ ކުރީކޮޅުގައި ގްރީން ސްޓްރީޓްސްގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވުނެވެ.

ލީގުގައި މިއަދު ޓީސީ އާއި ގްރީން ސްޓްރީޓްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ގްރީން ސްޓްރީޓްސް އިން މެޗުގައި ޖެހި ހަމައެކަނި ގޯލަކީ 23 ވަނަ މިނިޓްގައި ރިލްވާން ވަހީދު (ރިލޭ) ވައްދާލި ޕެނަލްޓީ އެވެ. މިއީ ގްރީން ސްޓްރީޓްސްގެ ޕެނަމާ ފޯވާޑް، ހުއާން ކާލޯސް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަން ވަގުތު ޓީސީގެ އަހުމަދު ރިލްވާން (ބެން) ކުރި ފައުލަކަށް މެޗުގެ ރެފްރީ އަފްޝީން ނަސީރު ދިން ޕެނަލްޓީ އެކެވެ.

ރިލޭގެ ޕެނަލްޓީން ގްރީން ސްޓްރީޓްސް ލީޑުނެގިތާ ހަތް މިނިޓް ފަހުން ނަތީޖާ ހަަމަހަމަ ކުރަން ޓީސީ އަށް ވެސް ޕެނަލްޓީއެއް ލިބުނެވެ. މެޗުގެ 30 ވަނަ މިނިޓްގައި ޓީސީގެ މިސްރު ފޯވާޑް އޮމަރު ސަލާހު ޖެހި ޕެނަލްޓީ ގްރީން ސްޓްރީޓްސްގެ ގޯލުގައި ހުރި ޕާކިސްތާންގެ ކީޕަރު ސާގިބް ހަނީފް ވަނީ މަތަކޮށްފަ އެވެ.

ޓީސީގެ މިޑްފީލްޑަރު ހުސެއިން އަހުސާމް މޫސާ (ތިއްތޭ) ޖެހި ބޯޅަ ކީޕަރު ސާގިބް ވަނީ މަތަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސް އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުފުޅާކުރަން މަސައްކަތް ކުރި ނަމަވެސް އެ ޓީމުން ކުރި އެޓޭކްތައް ހުއްޓުވުމުގައި ޓީސީން ކާމިޔާބު ހޯދި އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 54 ވަނަ މިނިޓްގައި އޭރިއާތެރެއިން ގްރީން ސްޓްރީޓްސްގެ ހުއާން ޖެހި ބޯޅަ އަމާޒުވީ ކީޕަރު ސުޖަން އަތަށެވެ.

މެޗުގެ 66 ވަނަ މިނިޓްގައި ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) ގްރީން ސްޓްރީޓްސްގެ ދެ ކުުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ދެ މިނިޓް ފަހުން ގްރީން ސްޓްރީޓްސް އިން ބަދަލަކަށް އެރުވި މުހައްމަދު ޖައިލަމް (އޮގީ) ގޯލު ކުރިމަތިން ހުސްކޮށް އަރައި ފޮނުވާލި ބޯޅަ ރަނގަޅަށް ފައިގައި ލައްވާލާ ގޮތެއްނުވި އެވެ.

ޓީސީން ނަތީޖާ ހަމަހަމަކުރަން މެޗުގެ 75 ވަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާރޮނގުކައިރިން ލިބުނު ހިލޭ ޖެހުމަކުން ހަމްދޫން އަބްދުލް ލަތީފް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗަށް ފަހު ޓީސީ އާއި ގްރީން ސްޓްރީޓްސްގެ ސަޕޯޓަރުންގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގަން މެދުވެރިވި ހާލަތްތަކެއް ކުރިމަތިވިއިރު، ފުލުހުން ވަނީ އެކަން ހުއްޓުވައިފަ އެވެ.

ލީގުގައި މިރޭ 21:00 ގައި ފަށާ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ނުކުންނާނީ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox