ގްރީން ސްޓްރީޓްސް އިން ސަސް ބަލިކޮށްފި

Jun 22, 2022, 1:44 PM
ގްރީން ސްޓްރީޓްސްގެ ނަޒީމް (ކ) ފޮނުވާލާ ބޯޅައެއް ބްލޮކްކުރަން ސަސްގެ ނިޒާމް މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގްރީން ސްޓްރީޓްސްގެ ނަޒީމް (ކ) ފޮނުވާލާ ބޯޅައެއް ބްލޮކްކުރަން ސަސްގެ ނިޒާމް މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އިން 3-1 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު ލީގުގެ ހަތް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ހަ ވަނައިގައި އޮތް ސަސް ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ. ގްރީން ސްޓްްރީޓްސް އާއި ސަސް އަށް ވެސް ވަނީ 13 މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. ސަސް ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

މިއަދު ގްރީން ސްޓްރީޓްސް އަތުން ސަސް މޮޅުވިނަމަ ލީގުގެ ފަސް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ބަލިވުމުން އެ ފުރުސަތު ގެއްލުނީ އެވެ. ފަސް ވަނައިގައި ވެލެންސިއާ އޮތީ 13 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ.

ސަސް އިން މިއަދުގެ މެޗަށް ނުކުތްއިރު ފުރަތަމަ އެގާރައިގައި ވަނީ ޒުވާން ގައުމީ ޓީމުގެ ކީޕަރު، ޔޫސުފް މީސަމް އަބްދުﷲ އަށް ފުރުސަތު ދީފަ އެވެ. ސަސްގެ އެއް ވަނަ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) މި ވަގުތު ހުރީ ޓީމާ ދުރުގަ އެވެ. ގްރީން ސްޓްރީޓްސް އިން ވަނީ އެ ޓީމާ އެންމެ ފަހުން ޓްރާންސްފާ މާކެޓްގައި ގުޅުނު، ޕެނަމާގެ ވިންގް، ހެނާންޑޭޒް އަވީލާ ހުއާން ކާލޯސް އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

މެޗު ފަށައިގެން ސަސް އިން ވަނީ ކުރިއަށް ޖެހިގެން ކުޅެ ގޯލެއް ޖެހޭތޯ އެޓޭކްތަކެއް ކޮށްފަ އެވެ. އެ ގޮތުން ސަސްގެ އިބްރާހިމް އަތީގް (އިއްބެ) އާއި އަހުމަދު ހަމީދު (އައްމަޑޭ) ފޮނުވާލި ބޯޅަތައް ދިޔައީ ގްރީން ސްޓްރީޓްސްގެ ގޯލާ އަމާޒުނުވެ އެވެ.

ފުރަތަމަ ހާފުގެ މެދަކާހަމައިން ހިނގި ފައުލަކަށް ފަހު ގްރީން ސްޓްރީޓްސްގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ) އާއި ސަސްގެ ކެޕްޓަން ޔަސްފާދު ހަބީބު (މުލަކޭ) ދެމެދުގައި ހިތްހަމަނުޖެހުންތަކެއް ހިނގިއިރު، މެޗުގެ ރެފްރީ ސިނާން ވަނީ ރިލޭ އަށް ރީނދޫ ކާޑު ދައްކައިފަ އެވެ. އޭގެ ފަހުން ރިލޭ ކުރި ފައުލުތަކަކަށް އިތުރު ރީނދޫ ކާޑެއް ދައްކަން ސަސްގެ ކުޅުންތެރިންނާއި ބެންޗުން ވަނީ އެޕީލްކޮށްފަ އެވެ.

ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދިނީ މެޗުގެ 31 ވަނަ މިނިޓްގައި ރިލޭ އެވެ. ހާފުގެ މެދެއްހާ ހިސާބުން ރިލޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު މީސަމް އަތްމަތިން އޮއްސިގެން ގޮހެވެ. ގޯލު ރޮނގަށް ވުރެ މާ ކުރިއަށް މީސަމް ޖެހި ހުރި ވަގުތު ބަލައި، ރިލޭ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. ގްރީން ސްޓްރީޓްސްގެ ލީޑުފުޅާކޮށްދޭން މެޗުގެ 43 ވަނަ މިނިޓްގައި ހުއާން ކާލޯސް ހުސްކޮށް ވަދެ ޖެހި ބޯޅަ ކީޕަރު މީސަމް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި ސަސް އަށް އެއްވަރުކޮށްދިނީ އަހުމަދު އައިހަމް އެވެ. މިއީ ސަސްގެ ފުރަތަމަ އެގާރައިގައި އައިހަމް ކުޅޭ ފުރަތަމަ މެޗެވެ. މުލަކޭ ހިލޭ ޖެހުމަކުން ނެގި ބޯޅައެއް ސަސް ގޯލާ ދިމާލަށް ދަނިކޮށް، ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފް ޖައްސާލުމުން ލިބުނީ އައިހަމް އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ގްރީން ސްޓްރީޓްސް އިން ދެ ވަނަ ހާފް ފަށައިގެން ރަނގަޅަށް ކުޅެ، އަލުން ލީޑުނަގަން ރަނުގެ ފުރުސަތެއް ހޯދި އެވެ. އެ ގޮތުން މެޗުގެ 53 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހިމް (އަންކޮ) ހުސްކޮށްލާފައި ކުރިއަށް ކުޅުނު މޮޅު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ޖެހި ބޯޅަ ކީޕަރު މީސަމް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 65 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނެގީ އަންކޮ ޖެހި ގޯލުންނެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން އަންކޮ ޖެހި ބޯޅަ ގޯލަށް ވަނީ އެ ޓީމުގެ އެހެން ކުޅުންތެރިއަކު ގައިގައި ނުޖެހި އެވެ. ކީޕަރު މީސަމް އެ ބޯޅަ ސަލާމަތްކުރަން އެރި ނަމަވެސް އޭނާ އަތުގައި ބޯޅަ ލައްވައިނުލައި ވަނީ ގޯލަށެވެ.

ގްރީން ސްޓްރީޓްސް އިން ވަނީ މެޗުގެ 83 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ ރިލޭ ހިލޭ ޖެހުމަކުން ނެގި ހުރަހަކުން އަންކޮ ބޮލުން ޖައްސާލި ބޯޅަ ގޯލު ރޮނގުމައްޗަށް ހުރަސްވި ވަގުތު އަވީލާ ޖެހި ގޯލެކެވެ.

ސަސް އިން ދެ ވަނަ ހާފުގައި ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއްނުވި އެވެ. ސަސްގެ ކުުޅުންތެރިން ފޮނުވާލި ޝޮޓްތައް ގްރީން ސްޓްރީޓްސްގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

ލީގުގައި މިރޭ 9:00 ގައި ފަށާ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox