ގައުމީ ޓީމުގެ ފުރުސަތާ އެކު މޯލްޑިވްސް ޕްރޯގެ ޓްރަޔަލްސް ބާއްވަނީ

Jun 17, 2022, 4:41 AM
މި އަހަރުގެ އެމްޓީސީސީ ބުރުނު ޝިކާރު އިވެންޓެއްގެ ތެރެއިން.-- ފޮޓޯ: އެމްބީބީއޭ/ ހޫޕާ

މި އަހަރުގެ އެމްޓީސީސީ ބުރުނު ޝިކާރު އިވެންޓެއްގެ ތެރެއިން.-- ފޮޓޯ: އެމްބީބީއޭ/ ހޫޕާ

ގައުމީ ސްކޮޑުގައި ހިމެނުމުގެ ފުރުސަތު ލިބޭ ގޮތަށް، އަންނަ މަހު މާލޭގައި ބާއްވާ ބައިނަލްއަގުވާމީ ބޮޑީބޯޑިން މުބާރާތް، އައިބީސީ ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯގެ ޓްރަޔަލްސް ބާއްވަން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ނިންމައިފި އެވެ.

އެމްބީބީއޭ އިން މިހާރު ވަނީ މި މަހު 23-25 އަށް ޓްރަޔަލްސް ކުރިއަށް ގެންދާނެކަން އިއުލާނުކޮށް ރަޖިސްޓްރީވާން ހުޅުވާލައިފަ އެވެ. ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވާނީ މި މަހު 21 ވަނަ ދުވަހު (އަންނަ އަންގާރަ ދުވަހު)ގެ މެންދުރު ފަހު 15:00 އާ ހަމައަށެވެ. ކޮންމެ ޑިވިޝަނެއްގައި ރަޖިސްޓްރީ ވުމަށް ވެސް ކަނޑައެޅިފައިވާ ފީއެއް ނެގޭނެ އެވެ.

ޖުމްލަ ހަތަރު ޑިވިޝަނެއް އޮންނައިރު، އެއީ މެންސް އޯޕަން، ވިމެންސް އޯޕަން، ޖޫނިއާ މެންސް އޯޕަން އަދި ޑްރޮޕްނީ ޑިވިޝަން އެވެ.

އައިބީސީގެ ވިސްނުމަކީ ހޯސްޓްކުރާ ގައުމަކަށް ދެ ވައިލްޑްކާޑް ސްލޮޓް ދިނުމެވެ. އެއީ ކޮންމެ ޑިވިޝަނަކަށް ދެ ސްލޮޓް ދޭ ގޮތަށެވެ. ވައިލްޑްކާޑް ސްލޮޓް ލިބޭ އެތުލީޓެއް ވާދަކުރާނީ ގަދަ 32 ބޮޑީބޯޑަރުން ވާދަކުރަން ފަށާ ހިސާބުންނެވެ. އެ ގޮތުން ވައިލްޑްކާޑް ދޭނީ ބޮޑީބޯޑިން ލީގުގެ ރޭންކިން އެއް ވަނަ އަދި ދެ ވަނަ އަށެވެ. އައިބީސީން ދޭ ވައިލްޑްކާޑް ސްލޮޓްގައި ރާއްޖޭން ވާދަކުރާނީ ސީނިއާ ޑިވިޝަނުގައި ދެ ބޮޑީބޯޑަރުންނާއި ޖޫނިއާ މެންސް ޑިވިޝަންގައި ދެ ބޮޑީބޯޑަރުންނާއި ޓްރަޔަލްސް އިން ކުރިހޯދާ ޑްރޮޕްނީ ކެޓަގަރީގެ ދެ ބޮޑީބޯޑަރުންނަށެވެ.

ހުނަރުހުރި ލެވަލާއި މުބާރާތުގެ ލެވަލަށް ބަލާފައި، ވައިލްޑްކާޑް އެންޓްރީއެއް ދިނުމުގެ ބަދަލުގައި، ވިމެންސް ޑިވިޝަނުން ވައިލްޑް ކާޑްގެ ބަދަލުގައި އެމްބީބީއޭ އިން ދޭނީ ފްރީ ޕާސް އެވެ. ޕްރީ ޕާސް ދިނުމަށް ހަމަޖެހިފައިވަނީ މެންސް އޯޕަން ކެޓަގަރީ އާއި ޖޫނިއާ މެންސް ކެޓަގަރީން ހަތަރު ޖާގަ، ވިމެންސް އޯޕަން ޑިވިޝަން އަދި ޑްރޮޕްނީ ޑިވިޝަން، ކޮންމެ ޑިވިޝަނަކުން ދެ ޖާގަ އެވެ.

ޓްރަޔަލްސް އަކީ ހަމައެކަނި އައިބީސީ މޯލްޑިވްސް ޕްރޯ އިން ލިބޭ ޖާގަ ވުރެ، މާ މުހިންމު ފުރުސަތެއް ވެސް ފަހިވެފައި އޮތް އިވެންޓެެކެވެ. ޓްރަޔަލްސްގައި ބައިވެރިވެ ހޯދާ މާކްސް މި އަހަރު މުޅިން އަލަށް ފެށި މޯލްޑިވްސް ބޮޑީބޯޑިން ލީގަށް ގުނާނެ އެވެ.

މީގެ އިތުރުން މި ޕޮއިންޓްތަކާއި ދާދިފަހުން ނިމުނު އެމްޓީސީސީ ބުރުނު ޝިކާރުގެ ޕޮއިންޓްތައް ހިމެނޭ ގޮތަށް، ޖުމްލަ އަދަދަށް ބަލައި، މި އަހަރުގެ ނިޔަލަށް ސީނިއާ އަދި ޖޫނިއާ ގައުމީ ޓީމެއް ނެގޭނެ އެވެ. އެއީ ސީނިއާ ހަތަރު ބޮޑީބޯޑަރުންނާއި ދެ އޮފިޝަލުންގެ އިތުރުން ޖޫނިއާ ގައުމީ ޓީމަށް ހަތަރު ބޮޑީބޯޑަރުންނާއި ދެ އޮފިޝަލުންނެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން ގައުމީ ސްކޮޑެއް ނެގޭނެ ފުރަތަަމަ ފަހަރު ވެސް މެ އެވެ.

ޓްރަަޔަލްސް އަށް ފަހު ނެގޭ ގައުމީ ޓީމުތައް މި އަހަރުގެ ނިޔަލަށް ދެމި އޮންނާނެ އެވެ. ދެން އާ ގައުމީ ޓީމެއް ނަގާނީ މި އަހަރުގެ ބޮޑީބޯޑިން ސީޒަން ނިމުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox