ގައުމީ ޓީމުގެ ނަތީޖާ އިން ބުނެދެނީ ލީގުގެ ފެންވަރު: ނިމާ

Jun 17, 2022, 3:59 AM
ތަޖުރިބާކާރު ކޯޗު އަހުމަދު ނިމާދު: އޭނާގެ ނަޒަރުގައި ގައުމީ ޓީމުން އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ނެރުނު ނަތީޖާތަކުން ބުނެދޭ އެއް ވާހަކަ އަކީ ވާދަވެރި ލީގެއް ނެތުން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތަޖުރިބާކާރު ކޯޗު އަހުމަދު ނިމާދު: އޭނާގެ ނަޒަރުގައި ގައުމީ ޓީމުން އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ނެރުނު ނަތީޖާތަކުން ބުނެދޭ އެއް ވާހަކަ އަކީ ވާދަވެރި ލީގެއް ނެތުން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުޒްބެކިސްތާނުގައި ފާއިތުވި 10 ވަރަކަށް ދުވަހު، ސެންޓްރަލައިޒްކޮށް ކުރިއަށްދިޔަ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖޭން ވަނީ ތިން މެޗެއް ކުޅެފަ އެވެ. ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ފުރަތަމަ މެޗުގައި ތައިލެންޑް އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި އުޒްބެކިސްތާން އަތުން 4-0 އިން ބަލިވިއިރު، ރާއްޖޭން ކޮލިފައިން ނިންމާލީ، 1-0 އިން ސްރީ ލަންކާ ބަލިކޮށް، ގްރޫޕްގެ ތިން ވަނަ މަގާމުގަ އެވެ.

ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ގޭމްޕްލޭނާ އެއްގޮތަށް ކުޅުވަން އޭނާ އަށް އޮތް ގޮންޖެހުމަކީ ކުޅުންތެރިންގެ ފިޓްނަސް ލެވަލް އެކަށީގެންވާ ވަރަށް ނެތުން ކަމަށް އޭނާ ވަނީ ކޮލިފައިންގެ ތެރެއިން ފާހަގަކޮށްފަ އެވެ. ގައުމީ ޓީމު އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖަށް ތައްޔާރުވާން ޖެހުނީ އުނދަގޫ ހާލަތެއްގަ އެވެ.

މިދިޔަ މަހު 18 އިން 24 އަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އޭއެފްސީ ކަޕްގައި ކުޅެމުންދާތީ، ގައުމީ ޓީމުގެ ސްކޮޑު އެއްކޮށް ޕްރެކްޓިސް ކުރެވޭ ގޮތްވީ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހު އެވެ. ކޮލިފައިން އަށް ދިޔަ 23 ކުޅުންތެރިންގެ ތެރެއިންް 11 ކުޅުންތެރިން ނިސްބަތްވަނީ މާޒިޔާ އަށެވެ.

ޕީއެސްއެމް އިން ލަންކާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ އެނަލިސްޓަކަށް ހުރީ އީގަލްސްގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ހުރި ކަމުގައި ވިޔަސް، އެ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ ގިނަ ފަހަރުތަކެއްގެ މަތިން ނެގި ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ. ރާއްޖޭގެ ފިޓްނަސް ލެވަލާ ބެހޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި ނިމާ ވެސް އުފެއްދީ ގިނަ ސުވާލުތަކެކެވެ.

ނިމާ ބުނީ ފިޓްނަސް ލެވަލްއާ ބެހޭގޮތުން ވާހަކަ ދައްކާނަމަ ގިނަ ކަންކަމަށް އަލި އަޅުވާލުން މުހިންމު ކަމަށެވެ.

"ނެޝަނަލް ޓީމެއް ބިނާކުރަނީ އެތަނެއްގައި ކުޅޭ ލީގެއް ނުވަތަ އެތަނެއްގައި ކުޅޭ ކްލަބްތަކުން ކުޅޭ ކުޅުންތެރިންތަކެއް ނަގައިގެން ރާއްޖޭގެ ފުޓްބޯޅައިގެ ލީގުގައި މިހާރު ކުޅެމުންދާ ޓީމުތަކުގެ ފެންވަރަށް ބަލާއިރު، ފުޓްބޯޅަ ޕްރެކްޓިސްތައް ޓްރެއިނިންތައް ކިހާވަރަކަށްތޯ ކްލަބްތަކުގައި މި ކުރެވެނީ ކިތަން ދުވަސްތޯ ކްލަބް ތައްޔާރުވާން މި ލިބެނީ، ލީގުގެ ފެންވަރަކީ ކިހާވަރެއްތޯ މި ސުވާލުތައް އަޅުގަނޑުމެންނަށް މި އުފެދެނީ. ކްލަބްތަކުގެ މެދުގައި ލީގު ކުޅޭއިރު ވާދަވެރި ކިތަން ކްލަބްތޯ އޮތީ،" ރާއްޖޭގެ ފުޓްބޯޅަ ކޯޗިންގައި ގިނަ އަހަރުތަކެއް މަސައްކަތް ކުރަމުން އަންނަ ނިމާ ބުންޏެވެ.

"މި ހުރިހާ ސުވާލެއްގެ ޖަވާބު މި އެނގެނީ ގައުމީ ޓީމު މި ލެވަލަށް އައިސް މެޗެއް ކުޅެލާއިރު. މި ލެވަލަށް ކޮމްބިނޭޝަނާ ކިތަން ޓީމުގެ ކިތަން ކުޅުންތެރިންތޯއޭ ގައުމީ ޓީމުގައި ކުޅެމުންދަނީ،"

ނިމާ ބުނީ ފުޓްބޯޅަ އަށް ހައްލެއް ހޯދަން، ނޫނީ ކުޅުންތެރިންގެ ފިޓްނަސް ލެވަލަށް ދެމެހެއްޓެނިވި ގޮތެއްގައި ހެޔޮ ބަދަލެއް އަންނާނީ ލީގު ވަރުގަދަ ވެގެން ކަމަށެެވެ.

"ލީގު ވަރުގަދަވެ، ސްޓްރޯންގްވެ، އެ ތަނެއްގެ ކްލަބްތައް ސްޓްރޯންްގްވެ، ކްލަބްތަކުގައި ކުޅޭ ކޯޗުންގެ ފެންވަރުތައް ރަނގަޅުވެ، ކްލަބްތަކުގެ ފިޓްނަސް ލެވަލް ރަނގަޅުވެ، އެ ހިސާބަށް އައިސްގެން ނެޝަނަލް ޓީމުގެ ފިޓްނަސް ލެވަލް ރަނގަޅުވާނީ،" ނިމާ ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ކިތަންމެ ރަނގަޅު ކޯޗެއް ހުރި ނަމަވެސް އެންމެ 15 ވަރަކަށް ދުވަހަަށް ކުޅުންތެރިން މެޗުތަކެއް ކުޅެލަން ލިބޭއިރު، ފިޓްނަސް އަށް ކުރެވޭނެ މާ ބޮޑު ތަފާތުކަމެއް ނޯންނާނެ ކަމަށް ނިމާ ވަނީ ބުނެފަ އެވެ.

ގިނަ ފަހަރުތަކެއްގެ މަތިން އީގަލްސްގެ ހެޑް ކޯޗެއްގެ ޒިންމާ ނަގާފައިވާ ނިމާ ބުނީ ރާއްޖޭގެ ފުޓްބޯޅަ ލީގުގައި ވަރުގަދަ އެއް ޓީމު އޮވެ، އެ ޓީމާ ރަނގަޅު ގޮތެއްގައި ޗެލެންްޖް ކުރެވޭނެ ޓީމެއް ނެތި ބޭނުންވާ ހުރިހާ ކަމެއް ހާސިލެއްނުވާނެ ކަމަށެވެ.

"ހަމައެކަނި މާޒިޔާ ސްޓްރޯންގްކޮށް މި އޮންނަނީ އެ އަށް ފައިޓް ކޮށްލާނެ ޓީމެއް ނޯވޭ. އެ ޓީމާ ފައިޓްކޮށްލާނެ ޓީމެއް އޮވެގެން ލީގު ސްޓްރޯންގް ވާނީ. މި ފަހަރު ދެން މި ވަރަށް ވެސް މި ދަނީ، މާޒިޔާ އޭއެފްސީ ކަޕްގައި ދެތިން މެޗެއް ކުޅެލާފައި އައީމަ ކަންނޭނގެ މި ހިސާބުގައި މި ޓީމު ވެސް މި އޮތީ. ރާއްޖޭގެ ގައުމީ ޓީމުގެ ނެޝަނަލް ޓީމުގެ 90 ޕަސެންޓް މި ތިބީ މާޒިޔާ ކުޅުންތެރިން،" މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް ގޮވައިގެން މާޒިޔާ އަތުން މޮޅުވި ކޯޗު، ނިމާ ބުންޏެެވެ.

މި އަހަރުގެ ކުރީކޮޅުގައި ބޭއްވި 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި އީގަލްސް އަށް ހޯދައިދިން ނިމާ ބުނީ ފުޓްބޯޅައިގެ ހާލަތު މިހާރު އޮތްގޮތުން މިހާރު ފުރަތަމަ ޑިވިޝަނުގެ ބައެއް ޓީމުތަކުން ވެސް ޒުވާން ކުޅުންތެރިންނަށް ބަރޯސާވެގެން ޓީމު އެކުލަވާލަން ފަށާފައިވާ ކަމަށެވެ. ހަމައެކަނި 19 އަހަރާއި 21 އަހަރުން ދަށުގެ ކުޅުންތެރިން ލައިގެން ކުޅެގެން ފޯރިގަދަ ލީގެއް ނޯންނާނެ ކަމަށާއި އޭގެ ނަތީޖާ އަކީ ގައުމީ ޓީމުގެ ލެވަލް މިދާ ހިސާބު ކަމަށް ނިމާ ބުނެފައިވެ އެވެ.

އޭއެފްސީ ކަޕާއި އޭޝިއަން ކަޕް ކޮލިފައިން އަށް ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމަށް ފަހު އަލުން ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ.

ކޮންމެ ޓީމެއް 12 މެޗު ކުޅެފައިވާއިރު، ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 33 ޕޮއިންޓާ އެކު އެވެ. އީގަލްސް ދެ ވަނައިގައި އޮތީ 28 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ހަތަރެއްގައި އޮތް ޔުނައިޓެޑް ވިކްޓްރީ އަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. ޓީސީ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ވެލެންސިއާ ފަސް ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. ގްރީން ސްޓްރީޓްސް ހަތް ވަނައިގައި އޮތީ 11 ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް އަދި ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ސާޅީސް އެއް ދުވަހުގެ ބްރޭކަކަށް ފަހު އަންގާރަ ދުވަހު ހަވީރު ލީގު ފަށާނީ ޔުނައިޓެޑް ވިކްޓްރީ އާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox