ނިއުގެ ކޯޗަކަށް ނިމާ ހަމަޖަައްސައިފި

Apr 2, 2023, 8:14 AM
19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން ނިމާ، "އަދަދު" އަށް އިންޓަވިއުދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން ނިމާ، "އަދަދު" އަށް އިންޓަވިއުދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ވަގުތު ދެ ވަނަ ޑިިވިޝަނުގައި އޮތް ރާއްޖޭގެ ނަން މަޝްހޫރު ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗަަކަށް ތަޖުރިބާކާރު ކޯޗު އަހުމަދު ނިމާދު (ނިމާ) ހަަމަޖައްސައިފި އެވެ.

ނިމާގެ އެސިސްޓަންޓަކަށް މަސައްކަތް ކުރާނީ ކުރިން ނިއު އަށް ކުޅެ އެ ޓީމުގެ ކެޕްޓަންކަން ކުރުމުގެ އިތުރުން މިހާތަނަށް ކޯޗިންގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ފަރުހާދު އިސްމާއިލް (ފަރޭ) އެވެ.

ކުރިން އީގަލްސްގެ އެސިސްޓަންޓް ކޯޗަކަށް ހުރި ނިމާ ވަނީ ގިނަ ފަހަރުތަކެއްގެ މަތިން އެ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ ވެސް އުފުލައިފަ އެވެ. އީގަލްސްގެ އެސިސްޓަންޓް ކޯޗަކަށް ހުރެ އެކި ފަހަރު މަތިން ނިމާ ވަނީ ދެ ވަަނަ އާއި ތިން ވަނަ ޑިވިޝަން ޓީމުތަކަށް ކޯޗުކޮށްދީފަ އެވެ.

އެ ގޮތުން، މިދިޔަ ސީޒަނުގައި ނިމާ ހުރީ ދެ ވަނަ ޑިވިޝަނުގައި ޖޭޖޭ ސްޕޯޓްސް ކްލަބްގެ ކޯޗަކަށެވެ. އޭގެ ކުރިން އޭނާ ވަނީ ބުރު ސްޕޯޓްސް ކްލަބްގައި ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. ބުރުން ތިން ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދީ ނިމާގެ ކޯޗުކަމުގަ އެވެ.

މި ސީޒަނުގައި ނިއު އަށް ކޯޗުކޮށްދޭނީ ނިމާ (ކ) އާއި ފަރޭ:

ކުޅުމުގެ ކެރިއަރު ކުރިއަށް ގެންދަމުން ވެސް ފަރޭ ވަނީ ކޯޗިންގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެ ގޮތުން، ގްރީން ސްޓްރީޓްސް އާއި ރޮކް ސްޓްރީޓްސް އަށް ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިދީ އެ ދެ ޓީމު ވެސް ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނީ ފަރޭގެ އިރުޝާދުގެ ދަށުންނެވެ. އޭގެ އިތުރުން، ޖޫނިއާ މުބާރާތްތަކުގައި ވެސް ފަރޭ އަންނަނީ ކޯޗިންގައި މުހިންމު ތަޖުރިބާތަކެއް ހާސިލްކުރަމުންނެވެ. ނިއުއާ އެކު ފަރޭ އަށް މިއީ ކޯޗިންގައި ރަނގަޅު ފުރުސަތެކެވެ.

ސަސްޕެންޝަނުން ސަލާމަތްވެ، ނިއު އިން މިދިޔަ ސީޒަނުގެ ދެ ވަނަ ޑިިވިޝަނުގައި ވާދަކުރިއިރު، ޓީމުގެ ކޯޗަކަށް ހުރީ ސޮބާހު މުހައްމަދު (ސޮބާ) އެވެ. ސޮބާ ވަނީ ކުރިއަށް އޮތް ސީޒަނަށް ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމާ ހަވާލުވެފަ އެވެ. ވިކްޓަރީ ވެސް އަންނަނީ މި އަހަރު ދެ ވަނަ ޑިވިޝަނަށް ވަރުގަދަ ޓީމެއް އެކުލަވާލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox