އިންޓަ-އޮފީސް ބިލިއާޑް މުބާރާތް: ސިފައިންނާއި ކަސްޓަމްސް ޗެމްޕިއަންކަން ހޯދައިފި

Jun 11, 2022, 6:45 AM
ނައިބު ރައީސް ފައިސަލް ނަސީމް ޕޫލް ބިލިއާޑް އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި ކަސްޓަމްސް ކުޅުންތެރިންނާ ތަށި ހަވާލުކުރަނީ

ނައިބު ރައީސް ފައިސަލް ނަސީމް ޕޫލް ބިލިއާޑް އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި ކަސްޓަމްސް ކުޅުންތެރިންނާ ތަށި ހަވާލުކުރަނީ

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ކަސްޓަމްސް ރެކްރިއޭޝަން ކުލަބުން ހޯދައިފި އެވެ.

މިދިޔަ މަހުގެ 30 ގައި ފެށި އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފިރިހެން ބައިގައި 15 އޮފީހަކުން އަދި އަންހެން ބައިގައި ފަސް އޮފީހަކުން މި ފަހަރު ވާދަކުރެ އެވެ. ފިރިހެން ސިންގަލްސް ކެޓަގަރީގައި 75 ކުޅުންތެރިން އަދި އަންހެން ސިންގަލްސް ކެޓަގަރީގައި ނުވަ ކުޅުންތެރިއަކު ވަނީ ވާދަކޮށްފަ އެވެ.

ނުވަ ވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ އާމިނަތު ހަލީމް (ދިލް) އެވެ. އަދި ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުހައްމަދު ދުންޔާޒް އެވެ.

މުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓު ކަމަށްވާ ޓީމު އިވެންޓުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދީ ފައިނަލުގައި ސްޓެލްކޯ ބަލިކޮށްގެންނެވެ. ފިރިހެން ޓީމު އިވެންޓުގެ ތިން ވަނަ ހޯދީ އެމްޕީއެލް އެވެ. އެއީ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި އިސްލާމިކް ބެންކް ބަލިކޮށްގެންނެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ޕޫލް ބިލިއާޑް ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ސިފައިންގެ ކުޅުންތެރިންނާ ތަށި ހަވާލުކުރަނީ

އަންހެން ބައިގެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް އެވެ. ކަސްޓަމްސް ފައިނަލުގައި ވާދަކުރީ ސްޓެލްކޯ އާ އެވެ. ފައިނަލް މެޗުގެ ކުރިން ސެމީ ފައިނަލު ފުރަތަމަ މެޗުގައިވެސް ކަސްޓަމްސް އިން ވަނީ ސްޓެލްކޯ ބަލިކޮށްފަ އެވެ. ނަމަވެސް ލީގު ބުރުގައި ކުޅުނު މެޗުން ކަސްޓަމްސް ވަނީ ސްޓެލްކޯ އަތުން ބަލިވެފަ އެވެ. އަންހެން ބައިގެ ތިންވަނަ ހޯދީ ކުލަބު ވެމްކޯ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމްތަކާއި، ކުޅުންތެރިންނަށް ޓްރޮފީ އާއި މެޑަލް އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހުމާނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.

މިފަހަރުގެ އިންޓަ އޮފީސް ބިލިއާޑް މުބާރާތަކީ ފެންވަރުގެ ގޮތުން ބަލާއިރު، މިހާތަނަށް ކުޅުނު އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި މުބާރާތްކަމަށް ބިލިއާޑް އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.

އިންޓަ އޮފީސް މުބާރާތަށްފަހު ދެން މިއަހަރު އޮތީ ކުރިއަށް އޮތީ މިމަހުގެ ފަހުކޮޅު އޮންނަ އެސޯސިއޭޝަން ކަޕެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox