އިންޓަނޭޝަނަލް ބިލިއާޑް މުބާރާތުގައި ރާއްޖޭގެ އަމާޒު ކުރިއަށް ވުރެ ބޮޑު ކާމިޔާބަކަށް

Jun 24, 2024, 9:44 AM
މިނިސްޓަރު ރާފިއު (ކ) އާއި ގައުމީ ޕޫލް ބިލިއާޑް ކުޅުންތެރިޔާ، ޝާޒް.--- ފޮޓޯ: ސްޕޯޓްސް މިިނިސްޓްރީ

މިނިސްޓަރު ރާފިއު (ކ) އާއި ގައުމީ ޕޫލް ބިލިއާޑް ކުޅުންތެރިޔާ، ޝާޒް.--- ފޮޓޯ: ސްޕޯޓްސް މިިނިސްޓްރީ

މާދަމާ މާލޭގައި ފަށާ މޯލްޑިވްސް އޯޕަން، 10 ބޯލް ޕޫލް ބިލިއާޑް ޗެމްޕިއަންޝިޕްގައި އެންމެ ބޮޑު އަމާޒަަކަށް ހަދަންވީ މިދިޔަ އަހަރަށް ވުރެ ރަނގަޅު ކާމިޔާބެއް ހޯދުމަށް ކަަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރާފިއު، މި ގޮތަށް ވިދާޅުވީ، މޯލްޑިވްސް އޯޕަންގައި ވާދަކުރާ ރާއްޖޭގެ 16 ކުޅުންތެރިންނާއި، އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެެއްވުމަށް ފަހު އެވެ.

އޭނާ ވިދާޅުވީ، މި މުބާރާތުގައި ވާދަކުރާ ދިވެހި ކުުޅުންތެރިންގެ އަޒުމަކަށް ވާންޖެހޭނީ މިދިޔަ އަހަރުގެ މުބާރާތައްވުރެއް ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށާއި ސަރުކާރުގެ އެދުމަކީ މުބާރާތައް ކުޅުންތެރިންނަށް ދެވެން އޮތް ބޮޑު ސަމާލުކަމެެއް ދީގެން ރާއްޖެ ރަނގަޅު ނަތީޖާއެއް ހޯދައިދިނުން ކަމަށެވެ.

މާދަމާ އިން ފެށިގެން، އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް، ޕޫލް ބިލިއާޑް ސެންޓަރުގައި، ކުރިއަށްދާ މޯލްޑިވްސް އޯޕަންގައި ޖުމްލަ 96 ކުޅުންތެރިން ވާދަކުރާއިރު، އޭގެ ތެރޭގައި ދުނިޔޭގެ ފަސް ޗެމްޕިއަނުން ހިމެނޭ ކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.

ޕޫލް ބިލިއާޑް ކުޅުންތެރިންނާ ޖޯޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މޯލްޑިވްސް އޯޕަން 10 ބޯލް ޗެމްޕިއަންޝިޕް ލޯންޗްކުރަން ބޭއްވި އިވެންޓްގައި ވާހަކަ ދައްކަަވަމުން މިނިސްޓަރު ރާފިއު ވަނީ، އުންމީދަކީ ޕޫލް ބިލިއާޑް ހަބެއްގެ ގޮތުގައި ރާއްޖެ ތަރައްގީ ވުން ކަމަށާއި, މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ އެކަން ހާސިލްކުރަން ކުރަން ޖެހޭ މަސައްކަތަށް ކަމަށް ވެސް ވިދާޅުވެފަ އެވެ.

މި ފަހަރުގެ މޯލްޑިވްސް އޯޕަން، މުބާރާތުގައި ވާދަކުރާ ދިވެހި ކުޅުންތެރިންނަކީ، އަހުސަން ހާޝިމް، އިސްމާއިލް ސުވައިދު، ހަސަން ޝާޒް މުހައްމަދު، މުހައްމަދު ސާހިލް ހަމީދު، މުހައްމަދު ޝަރީފް، މުހައްމަދު އަކްސަމް ވަހީދު، އިސްމާއިލް ޖީހާން، ހަަސަން ޝަފްރާޒް، ދުންޏާޒް މުހައްމަދު، ހިޝާމް މަޖީދު، އަހުމަދު ޝިވާޒް، ހުސެއިން ޝައްމާން، ފަތުހުﷲ ޖަމީލް، އަލީ ފަޔާޒް، އަހުމަދު ނަފީލް އަދި ހަސަން އުޝްވަތުﷲ އެވެ.

ޓީމުގެ މެނޭޖަރަކީ ހުސެއިން ސަނީފް އެވެ. އަދި ކޯޗަކީ ޝަޒީން އަބްދުލް ސަމަދު އެވެ.

ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ބިލިއާޑް ކުޅުންތެރިއަކު ނުހޯދާ ވަރުގެ ކުރިއެރުމެއް މިދިޔަ އަހަރުގެ މޯލްޑިވްސް އޯޕަންގައި ރާއްޖޭގެ ޝާޒް ހޯދި އެވެ. އެ ގޮތުން، މޯލްޑިވްސް އޯޕަންގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ނޮކްއައުޓް ބުރުން ޖާގަ ހޯދި ހަމައެކަނި ދިވެހި ކުޅުންތެރިއަކީ ޝާޒް އެވެ.

ޝާޒް ވެފައި ވަނީ ދުނިޔޭގެ ރޭންކިންގައި ގުނާލެވޭ މުބާރާތެއްގެ ނޮކްއައުޓް ބުރުން ޖާގަ ހޯދި ހަމައެކަނި ދިވެހި ކުޅުންތެރިޔާ އަށެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗައިނީސް ތައިޕޭގެ ކޯ ޕީ ޗުން އެވެ. އޭނާ ފައިނަލަށް ދަތުރުކުރީ ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގައި ހިމެނޭ ކުޅުންތެރިން ބަލިކުރުމަށްފަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox