ބާސެލޯނާ އިން މުސާރަ ކުޑަކުރާ ވާހަކަ މީޑިއާގައި ދައްކާގޮތުން ބުސްކެޓްސް ހިތްހަމަނުޖެހިފައި

Jun 9, 2022, 8:45 AM
ބާސެލޯނާ އިން މުސާރަ ކުޑަކުރާ ވާހަކަ މީޑިއާގައި ދައްކާގޮތުން ބުސްކެޓްސް ހިތްހަމަނުޖެހިފައި

ބާސެލޯނާ (ޖޫން 9) - ބާސެލޯނާ އިން އެ ކްލަބްގެ މާލީ ހާލަތަށް ބަލާފައި، ކުޅުންތެރިންގެ މުސާރަ ކުޑަކުރަން އުޅޭ ވާހަކަ މީޑިއާތަކުން ރިޕޯޓްކުރާއިރު، އެކަންކަން ކްލަބުން ކުޅުންތެރިންނާ ހިއްސާ ނުކުރާތީ ބާސެލޯނާގެ ކެޕްޓަން ސާޖީ ބުސްކެޓްސް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބާސެލޯނާ އިން ވަނީ އެ ކްލަބްގެ ބޮޑު މުސާރައިގައި ތިބި ކުޅުންތެރިންގެ މުސާރައިން 30-50 ޕަސެންޓް އުނިކުރަން ނިންމައިފަ އެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ބާސެލޯނާގައި އެއްވެސް ކުޅުންތެރިއަކަށް 10-12 މިލިއަން ޑޮލަރަށް ވުރެ އިތުރު މުސާރައެއް ނުލިބޭ ގޮތަށް އޮނިގަނޑެއް ހަދަން ވެސް އެ ކްލަބުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނޭޝަންސް ލީގުގައި ސްޕެއިންގެ މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގިނަ ނޫސްވެރިންތަކެއް ބުސްކެޓްސްއާ ސުވާލުކުރީ ބާސެލޯނާގެ މާލީ ހާލަތުގެ ކަންކަން ކުޅުންތެރިންނަށް ހިއްސާކޮށްފައިވޭތޯ އެވެ.

ބުސްކެޓްސް ބުނީ މި ވަގުތަށް ހުރިހާ މައުލޫމާތެއް ވެސް ލިބެނީ މީޑިއާގައި ހުންނަ ހަބަރުތަކުން ކަމަށެވެ.

"ވަރަށް ގިނަ އެއްޗެހި މީޑިއާތަކުން އެބަފެނޭ. އަހަރެން ޗުއްޓީ އަށް ގޮސްފައި އަންނައިރު، ކްލަބުން ހުށަހަޅާނެ އެއްޗެއް ނޭނގޭ، މީގެ އެންމެ ރަނގަޅު ގޮތަކީ ކްލަބުން ކުޅުންތެރިންނަށް މި ކަން އޮޅުންފިލުވައިދިނުން، އެހެން ދިމާލަކުން މި މައުލޫމާތު ލިބުމަކީ އިންސާފުވެރި ގޮތެއް ނޫން،" ބުސްކެޓްސް، 33، ބުންޏެވެ.

މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް އެ ޓީމުގެ ތަރި ލިއޮނަލް މެސީ މަޑުނުކުރެވުނީ ވެސް ކްލަބްގެ މާލީ ހާލަތު ގޯސް ފައްތަރެއްގައި އޮތުމުންނެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާގެ މާލީ ހާލަތު ރަނގަޅުކުރަން ބައެއް ކުޅުންތެރިން ދޫކޮށްލަން ޖެހޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރޭގައި ޓީމަށް ބޮޑު އަގުގައި ގެނެސްފައި ތިބި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން އާއި ފޯވާޑް މެމްފިސް އަކީ ވެސް ވިއްކާ ލިސްޓުގައި ނަން ހިމެނޭ ކުޅުންތެރިން ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އެ ކުޅުންތެރިންނަށް ބައެއް ޓީމުތަކުން އަންނަނީ ޝައުގުވެރިކަން ވެސް ފާޅުކުރަމުންނެވެ.

ބާސެލޯނާ އިން ވަނީ ފިލިއްޕޭ ކުޓީނިއޯ، ދާއިމީ ކޮންޓްރެކްޓެއްގައި އެސްޓަން ވިލާ އަށް ވިއްކާލައިފަ އެެވެ. އޮސްމާން ޑެމްބެލޭގެ ކޮންޓްރެކްޓް އާ ނުކުރާއިރު، ޒުވާން ކުޅުންތެރިޔާ، ފެރާން ޖުޓްގުލާ ވަނީ ކްލަބް ބްރޫޖް އަށް ވިއްކާލައިފަ އެވެ. މީގެ އިތުރުން ބާސެލޯނާގެ ޑިފެންޑަރު، ކްލަމެންޓް ލޯންގްލޭ އެ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، ޒުވާން ތަރި، ގަވީގެ ކޮންޓްރެކްޓް އާ ކުރުމުގެ ކަންކަމުގައި ވެސް އޮތީ އެއްބަސްވުމަކަށް ނާދެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox