އޮފީސް ބިލިއާޑް މުބާރާތް: އަންހެން ޗެމްޕިއަނަކަށް ދިލް، ފިރިހެން ޗެމްޕިއަނަކީ ދުންޔާޒް

Jun 2, 2022, 11:21 AM
އަންހެން ޑިވިޝަނުގެ ތަށި ހޯދި ދިލް މެޗެއްގެ ތެރެއިން.-- ފޮޓޯ: އެމްޕީބީއޭ

އަންހެން ޑިވިޝަނުގެ ތަށި ހޯދި ދިލް މެޗެއްގެ ތެރެއިން.-- ފޮޓޯ: އެމްޕީބީއޭ

މިހާރު ކުރިއަށްދާ ނު ވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ފަހަރު ހޯދައި، ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ އާމިނަތު ހަލީމް (ދިލް) މިލްކު ކުރިއިރު، ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުހައްމަދު ދުންޔާޒް ވަނީ ހޯދައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ފެށި އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފިރިހެން ބައިގައި 15 އޮފީހަކުން އަދި އަންހެން ބައިގައި ފަސް އޮފީހަކުން މި ފަހަރު ވާދަކުރެ އެވެ. ފިރިހެން ސިންގަލްސް ކެޓަގަރީގައި 75 ކުޅުންތެރިން އަދި އަންހެން ސިންގަލްސް ކެޓަގަރީގައި ނުވަ ކުޅުންތެރިއަކު ވަނީ ވާދަކޮށްފަ އެވެ.

މިދިޔަ ހޯމަ ދުވަހު ފެށި ސިންގަލްސް އިވެންޓަސް ބަލާއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ކަސްޓަމްސްގެ ދިލް ހޯދީ ފައިނަލުގައި ދިރާގުގެ އާމިނަތު ލީނާ ބަލިކޮށްގެންނެވެ. މިއީ ދިލް އޮފީސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ތިން ވަނަ ފަހަރެވެ.

ފިރިހެން ސިންގަލްސް މެޗެއްގެ ތެރެއިން ދުންޏާޒު ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އެމްޕީބީއޭ

ފިރިހެން ސިންގަލްސް އަށް ބަލާލާއިރު، އެމްޕީއެލްގެ ދުންޔާޒު މި ބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެމްޑަބްލިއުއެސްސީ އަލީ ނިމާލް ބަލިކޮށްގެންނެވެ. ފޯރިގަދަ ފިރިހެން ސިންގަލްސް އިވެންޓުގައި ފެނުނީ ފެންވަރުގެ ގޮތުން ބަލާއިރު ވެސް ވަރަށް ވާދަވެރި އަދި ފޯރިގަދަ މެޗުތަކެކެވެ.

މުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓު ކަމަށްވާ ޓީމް އިވެންޓުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. ޓީމް އިވެންޓުގެ ފައިނަލް މެޗު އޮންނާނީ މިިމަހުގެ 10 ވަނަ ދުވަހުގެ ހަވީރެވެ.

މިފަހަރުގެ އިންޓަ އޮފީސް ބިލިއާޑް މުބާރާތަކީ ފެންވަރުގެ ގޮތުން ބަލާއިރު، މިހާތަނަށް ކުޅޭވޭ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި މުބާރާތަށް ވާނެކަމަށް ބިލިއާޑް އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox