ގްރާންޑޭ ބަލިކޮށް ވެލެންސިއާ އަށް ހަމަނޭވައެއް

May 11, 2022, 1:26 PM
ދަ ގްރާންޑޭގެ ކީިޕަރު މުއާޒް (ވ) ކައިރިން ވެލެންސިއާގެ ފޯވާޑް ބޯހާސް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އެފްއޭއެމް

ދަ ގްރާންޑޭގެ ކީިޕަރު މުއާޒް (ވ) ކައިރިން ވެލެންސިއާގެ ފޯވާޑް ބޯހާސް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ، ކްލަބް ވެލެންސިއާ އިން ހަމަޖެހުމެއް ހޯދައިފި އެވެ.

މިއަދުގެ މެޗާ ކުރިމަތިލިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ވެލެންސިއާ އޮތީ ފަސް މެޗުން ބަލިވެފަ އެވެ. ދަ ގްރާންޑޭ އަތުން ހޯދި މޮޅާ އެކު ވެެލެންސިއާ ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 12 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ޔުނައިޓެޑް ވިކްޓްރީ އަށް ކްލަބް އީގަލްސް އަތުން މޮޅެއް ނުލިބިއްޖެނަމަ ލީގު ބްރޭކަށްދާއިރު، ވެލެންސިއާ އޮންނާނީ ހަތަރު ވަނައިފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާ އިން ލީޑުނެގީ 28 ވަނަ މިނިޓްގައި އަބްދުﷲ ޔާމީން (ޔާނު) ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަ ގްރާންޑޭ އިން އެއްވަރުކުރީ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް އަތުން ހެދުނު ގޯހަކުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ވެލެންސިއާ އިން އަލުން ލީޑުނެގި އެވެ. މި ގޯލު ޖެހީ ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޯހާސް މާޓިންނެވެ. ވެލެންސިއާ އިން ފަހު ދެ ގޯލު ޖެހީ މެޗުގެ ފަހު ކޮޅުގަ އެވެ. އެ ގޮތުން 89 ވަނަ މިނިޓްގައި ބޯހާސް ވަނީ ވެލެންސިއާގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ވެލެންސިއާގެ ފަހު ގޯލު ޖެހީ ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ.

ސެންޓޭ ކުޅެން އެރީ ބަދަލެއްގެ ގޮތުގަ އެވެ. މިދިޔަ ޖެނުއަރީ މަހު 23 ވަނަ ދުވަހު ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެނިކޮށް، ސެންޓޭ ކަކުލަށް އަނިޔާވެގެން ހުރީ ކުޅުމާ ދުރުގަ އެވެ. މިއަދުގެ މެޗުގައި ސެންޓޭ ކުޅުނުއިރު، މިއީ މި ފަހަރު ލީގުގައި އޭނާ ކުޅުނު ފުރަތަަމަ މެޗެވެ.

ލީގުގައި މިރޭ އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީގެ މެޗަށް ފަހު އަންނަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ބްރޭކެއް ނަގާނެ އެވެ. އެއީ މި މަހު 18-24 އަށް މާޒިޔާ އިން ކުޅޭ އޭއެފްސީ ކަޕް ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތަކާއި އަންނަ މަހު އުޒްބެކިސްތާންގައި ސެންޓްރަލައިޒްކޮށް ބާއްވާ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox