ޔުނައިޓެޑް ވިކްޓްރީ އަތުން ތަފާތު ބޮޑު މޮޅެއް ހޯދައި މާޒިޔާ އެއް ވަނަ އަށް

May 6, 2022, 12:54 PM
ގޯލު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގޯލު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީ އަތުން 7-1 އިން ހޯދި ތަފާތު ބޮޑު މޮޅާ އެކު މާޒިޔާ ސްޕޯޓްސްް އެންޑް ރެކްރިއޭޝަން އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މާޒިޔާ މި މެޗަށް ނުކުތްއިރު އެއް ވަނައިގައި އޮތީ ރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން މޮޅުވި ކްލަބް އީގަލްސް އެވެ. އެކަމަކު، މާޒިޔާ، މިއަދު މޮޅުވުމުން ވަނީ އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. މާޒިޔާ އަށް 11 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އީގަލްސް އަށް ވަނީ 11 މެޗުން 28 ޕޮއިންޓް ލިބިފަ އެވެ.

މިއަދު ހަވީރުގެ މެޗު ފަށައިގެން 66 ސިކުންތުގައި މާޒިޔާ އިން ލީޑުނެގި އެވެ. ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރު މުހައްމަދު ޒައިން ސުޖާއު ހެދި ގޯހެއްގެ ފައިދާނަގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ހުސްކޮށްލާފައި ދިން ބޯޅައަކުން ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި މާޒިޔާގެ ދެ ވަނަ ގޯލު ޖެހީ އިބްރާހިމް އައިސަމް އެވެ. މިއީ ހަމްޕު ނެގި ހުރަހަކުން މާޒިޔާގެ ނާއިޒު ހަސަން (ދާދު) ކޮންޓްރޯލް ކޮށްލުމަށް ފަހު އައިސަމް އަށް ދިން ފުރުސަތުން އޭނާ ވޮލީއަކުން ޖެހި ގޯލެކެވެ.

މެޗުގެ ފުރަތަމަ 10 މިނިޓްގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީން ވެސް ގޯލެއް ޖަހަން ދެ ފުރުސަތު ތަނަވަސްކުރި އެވެ. އެ ގޮތުން މެޗުގެ ހަ ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ އަލީ ހަމްދާން (އައްޔަ) އޭރިއާތެރެއިން ނެގި ހުރަހެއް މާޒިޔާ ޑިފެންޑަރުން ސަލާމަތްކުރިއިރު، ޔުނައިޓެޑް ވިކްޓްރީގެ އާދިލް އަބްދުލް ރަހުމާން ހުސްކޮށްލާފައި ނެގި ހުރަސް ޖަހަން އަރާނެ ކުޅުންތެރިއަކު ނެތެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް ގޯލު ޖަހަން ފުރަތަމަ ހުސް ފުރުސަތު ލިބުނީ 15 ވަނަ މިނިޓްގަ އެވެ. މާޒިޔާގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ޔުނައިޓެޑް ވިކްޓްރީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އަށް ލިބުނު ފުރުސަތުގައި އޭނާ ނިންމީ އަމިއްލަ އަށް ޖަހާށެވެ. ހުސްކޮށް އަރައި ހުރި ޔުނައިޓެޑް ވިކްޓްރީގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް އަށް ދިނުމުގެ ބަދަލުގައި ބައްކު ޖެހި ބޯޅަ މާޒިޔާގެ ކީޕަރު ނޭޕާލްގެ ކިރަން ކުމާރް ޝެމްޝޮން ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓްރީ ކުޅުންތެރިން ކައިރިން މާޒިޔާގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) މެޗުގެ 18 ވަނަ މިނިޓްގައި ކޯނަރަކުން ހުރަސްވި ބޯޅައެއް ބޮލުން ފޮނުވާލިއިރު، ދިޔައީ ހުރަސްދަނޑިމަތިންނެވެ. މެޗުގެ 22 ވަނަ މިނިޓްގައި ހަމްޕު ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. އެކަމަކު، އޭގެ މިނިޓެއް ފަހުން ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އަހުމަދު އަނަފް ޒަރިޔަންދު ހެދި ގޯހެއްގެ ފައިދާނަގައި، ކޯނޭ ވަނީ މާޒިޔާގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 34 ވަނަ މިނިޓްގައި މާޒިޔާ އިން ހަތަރު ވަނަ ގޯލެއް ޖެހި އެވެ. މިއީ ހަމްޕު ނެގި ހުރަހަކުން ދާދު ބޮލުން ޖެހި ގޯލެކެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް ގޯލެއް ޖަހަން މެޗުގެ 41 ވަނަ މިނިޓްގައި ރަނުގެ ފުރުސަތެއް ލިބުނެވެ. އިވާން ފޮނުވާލި ޕެނަލްޓީ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ. މިއީ މާޒިޔާގެ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ޔުނައިޓެޑް ވިކްޓްރީގެ އަލީ ހައިޝަމް (ޗުމްޕު) އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ތިން މިނިޓް ތެރޭ މާޒިޔާ އިން ފަސް ވަނަ ގޯލު ޖެހި އެވެ. މިއީ އޭރިއާތެރެއަށް މަތިން ހުރަސްވި ބޯޅައެއް ކީޕަރު އަނަފް އަށް ލިބުމުގެ ކުރިން ހޯދައި މާޒިޔާގެ ސްޕެއިން މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް ޖެހި ގޯލެކެވެ.

ޔުނައިޓެޑް ވިކްޓްރީން ވަނީ މެޗުގެ 51 ވަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެވެ. މިއީ ބައްކު ނެގި ހުރަހަކުން އިވާން ބޮލުން ޖެހި ގޯލެކެވެ. ވެއްޓިގެންފައި އިވާން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އޭގެ ތިން މިނިޓް ފަހުން ކޯނަރަކުން އޭރިއާތެރެއިން ލިބުނު ބޯޅައަކުން އަކުރަމް އަބްދުލް ގަނީ (އަކޫ) ވަނީ މާޒިޔާގެ ހަ ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ފަހުން ޓަނާ ހިލޭ ޖެހުމަކުން ޖެހި ބޯޅައެއް ބޭރުވީ ހުރަސްދަނޑީގައި ޖެހިފައި ފެނުގައިވެސް ޖެހިފަ އެވެ.

މެޗުގެ 62 ވަނަ މިނިޓްގައި މާޒިޔާގެ ހަތް ވަނަ ގޯލު ޖަހައި ކޯނޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ ހަމްޕު އަށް އޭރިއާ ރޮނގުމަތިން ޔުނައިޓެޑް ވިކްޓްރީގެ ޒައިން ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން ކޯނޭ ޖެހި ގޯލެކެވެ. ލަނޑު ޖެހުމަށް ފަހު ކޯނޭ ވަނީ އޭނާ ބަދަލުކުރަން އެދިފަ އެވެ. ކޯނޭގެ ބަދަލުގައި ކުޅެން އެރީ އަސަދުﷲ އަބްދުﷲ އެވެ.

މާޒިޔާ އަށް އަށް ވަނަ ގޯލެއް ޖަހައިދޭން މެޗުގެ 77 ވަނަ މިނިޓްގައި ރަނުގެ ފުރުސަތެއް ލިބުނެވެ. ދާދު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ މާޒިޔާގެ އަސަދުﷲ ވެއްޓިގެންފައި ބޮލުން ފޮނުވާލިިއިރު ދިޔައީ ހުރަސްދަނޑިމަތިންނެވެ. މެޗުގެ 84 ވަނަ މިނިޓްގައި މާޒިޔާގެ ހަމްޕު ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ލީގުގެ ދެ ވަނަ ބުރުގައި ފުރަތަމަ ފަހަރަށް ބަލިވި ޔުނައިޓެޑް ވިކްޓްރީ އޮތީ 11 މެޗުން 14 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox