ވެލެންސިއާ ފަހަތަށް ޖައްސާލުމަށް ފަހު ސަަސް ކުރިއަށް

May 5, 2022, 12:53 PM
ވެލެންސިއާ ފަހަތަށް ޖައްސާލުމަށް ފަހު ސަަސް ކުރިއަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އަތުން 2-0 އިން މޮޅުވެ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ލީގު ތާވަލުގައި ފިޔަވަޅެއް ކުރިއަށް ޖެހިލައިފި އެވެ.

ސަސް ވަނީ މި މޮޅާ އެކު ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަތަރު ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ އެއްވަރަށް ޕޮއިންޓް ހޯދައި، ލަނޑުގެ ތަފާތުން ވެސް އެއްވަރުވެގެންނެވެ. ސަސް އާއި ޔުނައިޓެޑް ވިކްޓްރީ އަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. ސަސް އިން 11 މެޗު ކުުޅުނުއިރު، ޔުނައިޓެޑް ވިކްޓްރީ ކުޅުނީ 10 މެޗެވެ. ޔުނައިޓެޑް ވިކްޓްރީން މާދަމާރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭނެ އެވެ.

ވެލެންސިއާ ފަސް ވަނައިގައި އޮތީ 11 މެޗުން 13 ޕޮއިންޓާ އެކު އެވެ. ވެލެންސިއާ އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް މޮޅުވެފައިނުވެ އެވެ. ފަސް މެޗުން ބަލިވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. އެއްވަރުވީ ފަހު ވަގުތު ޓީސީ ސްޕޯޓްސް ކްލަބާ އެވެ. ވެލެންސިއާ އެންމެ ފަހުން މޮޅުވީ މާޗް މަހުގެ އަށް ވަނަ ދުވަހު ލީގުގެ ފުރަތަމަ ބުރުގައި ސަސް އަތުންނެވެ.

ރޯދަ މަހުގެ ފަހު ކޮޅާއި އީދަށް ނެގި 10 ދުވަހުގެ ބްރޭކަށް ފަަހު މިއަދު ހަވީރު ލީގުގެ ކުޅުން އަލުން ފެށިއިރު، ވެލެންސިއާގެ ފުރަތަމަ އެގާރައިން ފެނުނު އެންމެ ބޮޑު ބަދަލަކީ ގޯލްކީޕަރު މުހައްމަދު ފައިސަލް އެނބުރި އައުމެވެ. ވެލެންސިއާ އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ޓީމުގެ ގޯލު ބެލެހެއްޓީ ތޮލާލް ހަސަން (ޓޮޕްލަަކް) އެވެ. މި މެޗުގައި އޭނާ އިނީ ބެންޗުގަ އެވެ.

ސަސް އިން މެޗު ފަށައިގެން ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެ ގޮތުން މެޗުގެ ހަތަރު ވަނަ މިނިޓްގައި ސަސްގެ ފޯވާޑް އިބްރާހިމް އަތީގް ހަސަން (އިއްބެ) އަށް ވެލެންސިއާ އޭރިއާތެރެއިން ރަނގަޅު ފުރުސަތެއް ލިބި ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އޭގެ މިނިޓެއް ފަހުން ސަސްގެ އަލީ ނަސޫހު ރަޝީދު (ޕިލާ) އަށް ވެލެންސިއާ އޭރިއާތެރެއިން ގޯލަށް ޖަހަން ލިބުނު ފުރުސަތުގައި އޭނާ ބެލީ އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ދީގެން ގޯލު ޖެހުމަށެވެ. އެ ގޮތުން ޕިލާ ދިން ބޯޅަ ސަސްގެ މިޑްފީލްޑަރު އަހުމަދު ހަމީދު (އައްމަޑޭ) ފޮނުވާލުމުން ވަނީ ބްލޮކްވެފަ އެވެ.

މެޗުގެ 15 ވަނަ މިނިޓްގައި ސަސްގެ އަހުމަދު ނަޝާހު (ނައްޓު) ހުސްކޮށްލާފައި އޭރިއާތެރެއިން އެ ޓީމުގެ އިއްބެ އަށް ދިން ބޯޅަ ފޮނުވާލުމުން ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފުރަތަަމަ 20 މިނިޓަށް ފަހު ވެލެންސިއާގެ އެޓޭކްތައް މަޑުމަޑުން ފެންނަން ފެށި އެވެ. އެ ގޮތުން މެޗުގެ 25 ވަނަ މިނިޓްގައި ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޯހާސް މާޓިން ހުސްކޮށްލާފައި އެ ޓީމުގެ އަބްދުﷲ ޔާމީން (ޔާނު) އަށް ދިން ބޯޅަ ރަނގަޅަށް ކޮންޓްރޯލެއް ނުކުރެވުނެވެ. އޭގެ ފަހުން ވެލެންސިއާގެ މިޑްފީލްޑަރު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ވެލެންސިއާ އިން ސަސް ގޯލާ އަމާޒުކޮށް ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 31 ވަނަ މިނިޓްގަ އެވެ. ބޯހާސް ޖެހި ޝޮޓްގައި ބާރެއް ނެތްއިރު، ސަސްގެ ކީީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ ފަސޭހައިން އެ ބޯޅަ އަތަށް ނަގައިފަ އެވެ. ސަސް އިން ފުރަތަމަ ހާފު ނިންމާލުމުގެ ކުރިން ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާބޭރުން ނައްޓު ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިކައިރިން ބޭރުންނެވެ.

ސަސް އިން ދެ ވަނަ ހާފް ފެށީ ވެސް ވަރުގަދަކޮށެވެ. މި ހާފުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ވެސް އެ ޓީމުންނެވެ. އޭރިއާރޮނގުކައިރިން ޕިލާ ޖެހި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. މެޗުގެ 55 ވަނަ މިނިޓްގައި ސަސް އިން ވަނީ ކައުންޓަ އެޓޭކެއްގައި ގޯލު ޖަަހަން ރަނުގެ ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. ސަސްގެ މުހައްމަދު ސަލާހު (ބޭލް) މުޅިން ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޖަހަން އެރި އިއްބެ އެ ބޯޅަ ކޮންޓްރޯލް ކޮށްލާފައި ފޮނުވާލަން އުޅުމުން ވެލެންސިއާގެ އަސްހަދު އަލީ (އަޑޭ) ވަނީ ޓެކަލްކޮށް އެ ބޯޅަ ހުއްޓުވައިފަ އެވެ.

ގޯލެއް ޖަހަން ސަސް އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ޕިލާ އެވެ. އޭރިއާ ރޮނގުކައިރިން ޕިލާ ޖެހި ބޯޅަ ގޯލުގެ ކައިރީ ކަނަށް ވަނީ ވެލެންސިއާގެ ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ. ސަސް އިން ދެ ވަނަ ގޯލު ޖެހީ މެޗުގެ 83 ވަނަ މިނިޓްގަ އެވެ. މި ގޯލު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޕިލާ އެވެ. އޭރިއާތެރޭގައި ހުސްކޮށް ހުރެފައި ޕިލާ ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ފައިސަލް އަތުގައި ޖެހިފަ އެވެ.

ވެލެންސިއާ އިން އޭގެ ފަހުން ކުރިއަށް ޖެހިގެން ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ. އަނިޔާގައި ހުރި ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ވޯމްއަޕްކުރި ނަމަވެސް މި މެޗުގައި ވެސް އޭނާ ކުޅެން ނުނިކުމެ އެވެ. ސެންޓޭ ހުރީ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ކަކުލަށް ލިބުނު އަނިޔާއަކާ ހެދި ކުޅުމާ ދުރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox