ގްރާންޑޭ ބަލިކޮށް މާޒިޔާ އެއް ވަނައިގައި ލީޑުފުޅާކޮށްފި

Apr 22, 2022, 6:54 PM
މާޒިޔާގެ ދާދު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

މާޒިޔާގެ ދާދު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 5-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

މާޒިޔާ އެއް ވަނައިގައި އޮތީ 10 މެޗުން 27 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ކްލަބް އީގަލްސް އޮތީ ނުވަ މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސް މި ހަފްތާގައި ކުޅޭ މެޗުގައި އާދިއްތަ ދުވަހުގެރޭ ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން އަލުން އީގަލްސް އަށް މާޒިޔާއާ ދެ ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ.

މޮޅެއް ނުލިބި، ގްރާންޑޭ އެންމެ ފުލުގައި އޮތީ 10 މެޗުން ޕޮއިންޓަކާ އެކު އެވެ.

މިރޭގެ މެޗު ފަށައިގެން ފުރަތަމަ މިނިޓުން ފެށިގެން މާޒިޔާ އިން ވަނީ ދަ ގްރާންޑޭ ހާފް ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ، އެޓޭކްކުރަން ފަށައިފަ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި މާޒިޔާ އިން ލީޑުނެގި އެވެ. މިއީ އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް މެއިން ކޮންޓްރޯލް ކުރުމަށް ފަހު ނާއިޒު ހަސަން (ދާދު) ޖެހި ގޯލެކެވެ. ޖެހިގެން އައި މިނިޓްގައި މާޒިޔާގެ ލީޑުފުޅާކޮށްދޭން ދާދު އަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާނުލެވުނެވެ.

މާޒިޔާ އިން ފުލުފުލުގައި އެޓޭކްކުރަމުން ދިޔައިރު، މެޗުގެ 22 ވަނަ މިނިޓްގައި އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ ސާބިއާގެ ޑިފެންޑަރު ނަމާންޏާ ކާޓާލް އެވެ. މިއީ އެ ޓީމުގެ ސްޕެއިން ޕްލޭމޭކަރު، ޓަނާ ޑޮމިންގޭޒް ނެގި ކޯނަރަކުން ކާޓާލް ބޮލުން ޖެހި ގޯލެކެވެ. އޭގެ 12 މިނިޓް ފަހުން، މެޗުގެ 34 ވަނަ މިނިޓްގައި މާޒިޔާ އިން ތިން ވަނަ ގޯލެއް ޖެހި އެވެ. މިއީ ދާދު ނެގި ހުރަހަކުން ހަމްޒާ މުހައްމަދު (ހަމްޕު) ބޮލުން ވައްދާލި ގޯލެކެވެ.

ދަ ގްރާންޑޭ އަށް މާޒިޔާ ގޯލުގައި ހުރި ނޭޕާލްގެ ގޯލްކީޕަރު ކިރަން ކުމާރް ޝެމްޝޮން ޓެސްޓްކޮށްލެވޭނެ އެއްވެސް ހަމަލާއެއް ފުރަތަމަ ހާފުގައި ފޮނުވާނުލެވުނެވެ.

މާޒިޔާ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަތަރު ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ، މެޗުގެ 40 ވަނަ މިނިޓްގައި ސެއިން ވިންސެންޓްގެ ފޯވާޑް، ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ގޯލެކެވެ. އޭރިއާބޭރުން ކޯނޭ މި ގޯލު ޖެހީ ދަ ގްރާންޑޭގެ ކީޕަރު ހަސަން މުއާޒް ކުރިއަށް އަރައި، ހުއްޓައި އޭނާ ބޯމަތިން ބޯޅަ އޮއްސާލައިގެންނެވެ.

ދެ ވަނަ ހާފްގައި ދަ ގްރާންޑޭ އިން ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ކުޅެ، ފުރުސަތު ތަނަވަސްކުރަން މަަސައްކަތްކުރި އެވެ. އެކަމަކު، ގޯލެއް ޖެހޭ ވަރުގެ އެޓޭކެއް ކުރުން ވީ އުނދަގޫ ކަމަކަށެވެ.

މާޒިޔާގެ، ހަމްޕު ދެ ވަނަ ހާފުގެ ކުރީކޮޅުގައި ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. މެޗުގެ 68 ވަނަ މިނިޓްގައި ހަމްޕު ޖެހި ބޯޅައެއް ވަނީ ކީޕަރު މުއާޒް އަތުގައި ޖެހިފައި ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.

މާޒިޔާގެ ފަސް ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އެރި، އަސަދުﷲ އަބްދުﷲ (އަސަކޮ) އެވެ. މެޗުގެ 79 ވަނަ މިނިޓްގައި މާޒިޔާ އަށް ލިބުނު ނުސީދާ ހިލޭ ޖެހުމެއްގައި، އޭރިއާ ރޮނގުކައިިރިން ޓަނާ ފޮނުވާލި ބޯޅަ ކީޕަރު މުއާޒް އަތުގައި ޖެހިފައި އަލުން ކުޅުމުގެ ތެރެއަށް އައުމުން ކާޓާލް ވަނީ ބޮލުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލައިފަ އެވެ. އަސަދުﷲ ބޮލުން ގޯލަށް ބޯޅަ ވައްދާލިއިރު، ދަ ގްރާންޑޭ ކުޅުންތެރިން ތިބީ އޮފްސައިޑަށް އަތްނަގައިގެންނެވެ.

މެޗުގެ 83 ވަނަ މިނިޓްގައި އަސަދުﷲ ގޯލެއް ޖަހަން ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން، ގޯލު ކުރިމަތިން އަސަދުﷲ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިންބޭރުންނެވެ.

ލީގުގައި މާދަމާރޭ ކްލަބް ގްރީން ސްޓްރީޓްސް ކުޅޭނީ ކްލަބް ވެލެންސިއާއާ އެވެ. މެޗު ފަށާނީ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox