ވެލެންސިއާ އާއި މާޒިޔާ ލީގުގެ މުހިންމު މެޗަކަށް

Apr 17, 2022, 7:58 AM
ވެލެންސިއާގެ އަހުމަދު ރިލްވާ (ވ) މާޒިޔާގެ ޓަނާ ޑޮމިންގޭޒް އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެލެންސިއާގެ އަހުމަދު ރިލްވާ (ވ) މާޒިޔާގެ ޓަނާ ޑޮމިންގޭޒް އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް ވެލެންސިއާ ބައްދަލުކުރާ މެޗަކީ ލީގުގައި ކުރިއަށްދާން ބަލާއިރު، މި ދެ ޓީމަށް ވަރަށް މުހިންމު މެޗެކެވެ. މިދިޔަ ދެ މަހެއްހާ ދުވަސްތެރޭ މާޒިޔާ އިން ފުރަތަމަ ފަހަރަށް ލީގުގެ އެއް ވަނަ މަގާމުގައި ނެތި، މެޗަކަށް ނުކުންނައިރު، އަނެއްކޮޅުން މިއީ ލީގުގެ ރޭހުގައި ދެމި އޮންނަން ބަލާއިރު، ވެލެންސިއާ އިން މޮޅުވާން ޖެހޭނެ މެޗެކެވެ.

ލީގުގައި ރޭ ކްލަބް އީގަލްސް އިން ވަނީ ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ލީގުގެ އެއް ވަަނަ އަށް ޖެހިލައިފަ އެެވެ. އީގަލްސް އެއް ވަނަ އަށް އެރީ ކުރިން އެ މަގާމުގައި އޮތް މާޒިޔާ އަށް ވުރެ އެެއް މެޗު އިތުރަށް ކުޅެގެންނެވެ. އީގަލްސް އެއް ވަނަ އަށް އެރީ ނުވަ މެޗުން 22 ޕޮއިންޓް ހަމަކޮށްގެންނެވެ. މާޒިޔާ ދެ ވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު އެވެ. މިރޭ، ވެލެންސިއާ އަތުން ބަލިނުވެ ފަރުޖައްސާލައިގެން މާޒިޔާ އަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

ވެލެންސިއާ ތިން ވަނައިގައި އޮތީ އަށް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މެޗުން ވެލެންސިއާ އަށް މޮޅުވެގެން ނޫން ގޮތަަކަށް ލީގު ހޯދުމުގެ ރޭހުގައި ދެމި އޮތުމަކީ އުނދަގޫ ކަމެކެވެ. މާޒިޔާ މިރޭ މޮޅުވެއްޖެނަަމަ ވެލެންސިއާ އަށް ވުރެ، 10 ޕޮއިންޓަށް ކުރިއަށް ޖެހިލާނެ އެވެ. ވެލެންސިއާ އަށް މިރޭ މޮޅުވެގެން މާޒިޔާއާ ފަސް ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ.

އަލުން ޓްރެކަށް އަންނަން މާޒިޔާ އަށް މުހިންމު މެޗެއް

މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ އީގަލްސް އަތުން 1-0 އިން ބަލިވެފަ އެވެ. މިއީ މާޒިޔާގެ ކޯޗު ކަމާ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ސާބިއާގެ މަޔޮޑްރަގް ޖެސިކް ހަވާލުވި ފަހުން އެ ޓީމް ބަލިވި ފުރަތަމަ މެޗެވެ. ޖެސިކް، ފެށީ ހަތް މޮޅާ އެކު އެވެ. އެކަމަކު، އަށް ވަނަ މެޗުން ބަލިވެ، ލީގުގެ އެއް ވަނަ މަގާމު މި އޮތީ މި ވަގުތަށް ގެއްލިފަ އެވެ.

މި ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގައި، މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި މާޒިޔާ އިން ވަނީ ފުރަތަމަ ފަސް މެޗުން މޮޅުވެފަ އެވެ. އެކަމަކު، ޕްރެޒިޑެންޓްސް ކަޕްގައި ފައިނަލް މެޗު ހިމެނޭހެން ވަނީ ފަހު ތިން މެޗުން ބަލިވެފަ އެވެ. މޯހަން ކޯޗުކަމުން ވަކިކުރީ ޖެހިޖެހިގެން ތިން މެޗުން ބަލިވުމުން ކަމަށް މާޒިޔާ އިން ވެސް ވަނީ މީގެ ކުރިން ބުނެފަ އެވެ.

މަހެއްހާ ދުވަސް ފަހުން މާޒިޔާ އިން އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ކުޅެން އިންޑިއާ އަށް ފުރާނެ އެވެ. އޭގެ ކުރިން ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އަށް ކުޅެލަން ލިބެން އޮތީ ހަތަރު މެޗެވެ. އެހެންކަމުން، އޭއެފްސީ ކަޕްގެ ކުރިން ކުޅެލަން މި ލިބޭ މެޗުތަކުގެ ބޭނުންހިފައި، ޓީމު ފޯމަކަށް އެޅެން މާޒިޔާ އަށް މި މެޗުތަކުން މޮޅުވުން ވަރަށް މުހިންމެވެ.

މާޒިޔާގެ ހަމްޕު (ވ) އަތުން ބޯޅަ ހޯދަން ވެލެންސިއާގެ ސިއްޕެ މަސައްކަތްކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ޓީމުން މިދިޔަ މަހު ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗަށް ނެގި އިންޓަނޭޝަނަލް ބްރޭކަށް ކްލަބްތަކުން ޕްރެކްޓިސް މަޑުޖައްސާލި އެވެ. އެކަމަކު، މާޒިޔާ އިން ގަވާއިދުން ޕްރެކްޓިސް ބޭއްވި ނަމަވެސް އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ސްޕެއިނުގެ ޓަނާ ޑޮމިންގޭޒް ވަނީ ކުރު ޗުއްޓީ އަކަށް ސްޕެއިނަށް ގޮސްފަ އެވެ. އެހެންވެ، ޕްރެކްޓިސްތައް ނުކުރެވޭތީ އެންމެ ފަހުން އީގަލްސް މެޗުގައި ޓަނާ ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގަ އެވެ.

ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުުޅުންތެރިންގެ ލިސްޓާއި އެންމެ ގިނަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތީ ޓަނާ އެވެ. ކުރިން ސްޕެނިޝް ލަލީގާގައި ލަސް ޕަލްމާސް އަށް ކުޅުނު ޓަނާ ވަނީ ލީގުގައި ހަތް ގޯލު ޖަހައި، ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އިން ދައްކަމުން އައި ކުޅުން ތަކުރާރުކުރާނަމަ ޓަނާ އަވަހަށް ފޯމަކަށް އެޅުން މުހިންމެވެ.

ވެލެންސިއާ އުނދަގޫ ފައްތަރެއްގައި

މާލީ ހާލަތުގެ ސަބަބުން ވެލެންސިއާ އަށް މިދިޔަ ހަފްތާގައި އޭއެފްސީ ކަޕްގެ ކޮލިފައިން ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅެން އޮތް މެޗަށް ނުދެވުނެވެ. އެހެންވެ، އެ މެޗު ލިބި، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ވަނީ އޮޓަމެޓިކުން އޮޓަމެޓިކުން ޕްލޭއޮފަށް ހޮވިފަ އެވެ.

ވެލެންސިއާ އަށް މި ވަގުތު އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ އަނިޔާގެ މައްސަލަ އެވެ. ޕްރެޒިޑެންޓްސް ކަޕްގައި ލިބުނު އަނިޔާގެ ސަބަބުން ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަދި ލީގު މެޗެއްގައި ނުކުޅެ އެވެ. ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުން އައި ނަމަވެސް އެއްކޮށް ފިޓްނުވާތީ މެޗުތަކުގައި ބޭނުމެއް ނުކުރެ އެވެ.

ވެލެންސިއާ އަށް ކުޅެމުން އަންނަ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލްގެ ކަކުލަށް ލިބިފައިވާ އަނިޔާ ސީރިއަސްކަމަށް އެ ކްލަބުން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަނިޔާއިން ރިކަވާވެގެން އެއްކޮށް ފިޓްވަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި އިސްމާއިލް އީސާ (މެސީ) ހިމެނެ އެވެ. ވެލެންސިއާގެ ގޯލު ބަލަހައްޓައި، ކެޕްޓަނެއްގެ ޒިންމާ ނަގަމުން އަންނަނީ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އެވެ. އެއީ މުސާރައާ ގުޅޭ މައްސަލައެއްގައި ވެލެންސިއާގެ ގޯލް ބަލަހައްޓަމުން އައި ކީޕަރު މުހައްމަދު ފައިސަލް ޓީމާ ދުރުގައި ހުރުމުންނެވެ.

މީގެ ކުރިން ވެލެންސިއާ އާއި މާޒިޔާ ވަނީ މި ސީޒަނުގައި ހަަތަރު ފަހަރެއްގެ މަތިން ވާދަކޮށްފަ އެވެ. ވެލެންސިއާ ދެ މެޗުން މޮޅުވިއިރު، މާޒިޔާ ވެސް ވަނީ ދެ މެޗުން މޮޅުވެފަ އެވެ.

ވެލެންސިއާ - މާޒިޔާ: މި ސީޒަނުގެ މެޗުތައް

* އެފްއޭ ޗެރިޓީ ޝީލްޑް - މާޒިޔާ 5-0 ވެލެންސިއާ

* ޕްރެޒިޑެންޓްސް ކަޕް ލީގު ބުރު - ވެލެންސިއާ 1-0 މާޒިޔާ

* ޕްރެޒިޑެންޓްސް ކަޕް ފައިނަލް: ވެލެންސިއާ 2-1 މާޒިޔާ

* ދިވެހި ޕްރިމިއާ ލީގު ފުރަތަމަ ބުރު: މާޒިޔާ 4-0 ވެލެންސިއާ

ލީގުގައި މިރޭ މާޒިޔާ އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox