ގްރީން ސްޓްރީޓްސްއާ އެއްވަރުވެ ޔުނައިޓެޑް ވިކްޓްރީ އަށް ގެއްލުނީ މުހިންމު ފުރުސަތެއް

Apr 15, 2022, 7:22 PM
ޔުނައިޓެޑް ވިކްޓްރީގެ ޓޯނީ (ކ) އަތުން ބޯޅަ ހޯދަން ގްރީން ސްޓްރީޓްސްގެ ނާހިލް ޓެކަލްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޔުނައިޓެޑް ވިކްޓްރީގެ ޓޯނީ (ކ) އަތުން ބޯޅަ ހޯދަން ގްރީން ސްޓްރީޓްސްގެ ނާހިލް ޓެކަލްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސްއާ 1-1 އިން އެއްވަރުވެ، ލީގުގެ ތިން ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ގެއްލިއްޖެ އެވެ.

ތިން ވަަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް ނުވަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ޔުނައިޓެޑް ވިކްޓްރީ މޮޅުވިނަމަ ވެލެންސިއާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް، ލަނޑުގެ ތަފާތުން ކުރި ލިބޭނެ އެވެ. އެކަމަކު، ޔުނައިޓެޑް ވިކްޓްރީ އެއްވަރުވުމުން އޮތީ ހަ ވަނައިގަ އެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ފަސް ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ހަ ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ އަށް ވަނީ 11 ޕޮއިންޓް ލިބިފަ އެވެ. ޓީސީ އެއް މެޗު މަދުވި ނަމަވެސް އެ ޓީމަށް ފައިދާ ގޯލުން ކުރި ލިބެ އެވެ. ސަސް އާއި ޔުނައިޓެޑް ވިކްޓްރީ އޮތީ ހުރިހާ ގޮތަކުން އެއްވަރުވެފަ އެވެ.

މިރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، ޔުނައިޓެޑް ވިކްޓްރީން ވަނީ ތިން ވަނަ މިނިޓްގައި ފުރަތަމަ ހަމަލާ ފޮނުވާލައިފަ އެވެ. އެ ގޮތުން އެ ޓީމުގެ ބެލަރޫސް ފޯވާޑް، އިވާން ވެރާސް އޭރިއާތެެރެއިން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. މެޗުގެ 21 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާން މިޑްފީލްޑަރު، އަަނަޓޯލީ ވްލަޝީޗޭފް (ޓޯނީ) ނެގި ހުރަހަކުން އޭރިއާތެރެއިން އެ ޓީމުގެ އަލީ ހައިޝަމް (ޗުމްޕު) ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ޕާކިސްތާން ގޯލްކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ޗުމްޕު، ހުސްކޮށް ހުރެފައި ޖެހި ބޯޅަ ވެސް ހުއްޓުވީ ކީޕަރު ސާގިބު އެވެ.

ގްރީން ސްޓްރީޓްސްގެ އިވާން (ކ) ޔުނައިޓެޑް ވިކްޓްރީގެ ޝަންމު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގްރީން ސްްޓްރީޓްސް އިން ފުރަތަމަ ހާފުގެ މެދަކާ ހަމައިން ރަނގަޅު އެޓޭކްތަކެއް ކުރަން ފެށި އެވެ. މެޗުގެ 36 ވަމަ މިނިޓްގައި ގްރީން ސްޓްރީޓްސް ކޮލަމްބިއާ ފޯވާޑް ހޯސޭ އަވީލާ، އޭރިއާބޭރުން ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓްރީގެ އަހުމަދު އަނަފް ޒަރިޔަންދު ވަނީ މަތަކޮށްފަ އެވެ. އަވީލާ އެ ބޯޅަ ފޮނުވާލުމުގެ ބަދަލުގައި، އޭރިއާތެރެއަށް ހުސްކޮށް ވަން އެ ޓީމުގެ އަންސަރު އިބްރާހިމް (އަންކޮ) އަށް ދީގެން ގޯލަށް ޖަހަން ފުރުސަތު އޮތެވެ.

މެޗުގެ 44 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ކީޕަރު ސާގިބް އަތުގައި ޖެހިފައި އައި ރީބައުންސް ބޯޅައަކުން ޔުނައިޓެޑް ވިކްޓްރީގެ މުހައްމަދު ރީހާން ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ލައިންސްމަން ވަނީ އޮފްސައިޑަށް ދިދަ ނަގައިފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދިނީ އަވީލާ އެެވެ. ގްރީން ސްޓްރީޓްސްގެ ސްޕެއިން މިޑްފީލްޑަރު، އެންހެލް މުނޯޒް ހިލޭ ޖެހުމަކުން ނެގި ބޯޅަ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އަނަފް އަތުގައި ޖެހިފައި ނުކުތް ވަގުތު އަވީލާ ވަނީ ވެއްޓިގެންފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 35 ސިކުންތު ތެރޭގައި ޔުނައިޓެޑް ވިކްޓްރީން ގޯލެއް ޖަހަން ފުރުސަތެއް ތަނަވަސްކުރި އެވެ. ޔުނައިޓެޑް ވިކްޓްރީގެ ފުލްބެކް، މޫސާ އަޒީމް ހަަސަން ނެގި ހުރަހަކުން އިވާން ޖެހި ބޯޅަ ރަނގަޅަށް ފައިގައި ލައްވައިނުލުމުން ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ދެ މިނިޓް ފަހުން، ޗުމްޕު އަށް ހުސްކޮށް ލިބުނު ބޯޅަ ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ ދަނޑިކައިިރިން ބޭރުންނެވެ.

ފުލުފުލުގައި ޔުނައިޓެޑް ވިކްޓްރީން އެޓޭކްތައް ކުރަމުންދިޔައިރު، މެޗުގެ 60 ވަަނަ މިނިޓްގައި އޭރިއާބޭރުން ޖަޕާންގެ މިޑްފީލްޑަރު އެެއިސޫކޭ މޯރީ ޖެހި ބޯޅަ ކީޕަރު ސާގިބް ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން އޭރިއާބޭރުން ޓޯނީ ޖެހި ބޯޅަ ވެސް ކީޕަރު ސާގިބް ވަނީ ހުއްޓުވައިފަ އެވެ.

ޔުނައިޓެޑް ވިކްޓްރީ އެއްވަރުކުރީ މެޗުގެ 85 ވަނަ މިނިޓްގައި ޓޯނީ ޖެހި ހިލޭ ޖެހުމުންނެވެ. މިއީ ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ހިލޭޖެހުމެކެވެ. ޓޯނީ ފޮނުވާލި ހިލޭޖެހުން ގޯލުގެ މަތީ ކަނަށް ވަންއިރު، ކީޕަރު ސާގިބަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ޔުނައިޓެޑް ވިކްޓްރީން އެއްވަރުކުރިތާ މިނިޓެއް ފަހުން ކައުންޓަ އެޓޭކެއްގައި ގްރީން ސްޓްރީޓްސްގެ ޗޯޓު އޭރިއާތެރެއިން ވަދެ، ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މެޗުގެ 88 ވަނަ މިނިޓްގައި ގްރީން ސްްޓްރީޓްސް އޭރިއާ ރޮނގުކައިރިން ޔުނައިޓެޑް ވިކްޓްރީ އަށް ލިބުނު ހިލޭޖެހުމަކުން އިވާން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ލީގުގައި މާދަމާރޭ ކުޅޭ މެޗުގައި ލީގުގެ ދެ ވަނައިގައި އޮތް ކްލަބް އީގަލްސް ކުޅޭނީ ޓީސީއާ އެވެ. މެޗު ފަށާނީ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox