އިންޓަނޭޝަނަލް ބޮޑީބޯޑިން މުބާރާތާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކޮށްފި

Apr 12, 2022, 7:07 AM
އިންޓަނޭޝަނަލް ބޮޑީބޯޑިން މުބާރާތާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކޮށްފި

އަންނަ ޖުލައި މަހު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ އައިބީސީ ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯގެ ކަންތައްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ އެކު މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މަޝްވަރާކޮށްފި އެވެ.

މި އަހަރު ޖުލައި 29 އިން އޮގަސްޓް 7 ވަނަ ދުވަހަށް ޝެޑިއުލްކޮށްފައިވާ އައިބީސީ މޯލްޑިވްސް ބޮޑީބޯޑް ޕްރޯ ބާއްވަން ރާއްޖެ އަށް ފުރުސަތު ލިބިފައިވާކަން އިއުލާންކޮށްފައިވަނީ މިދިޔަ މަހު ނިމުނު އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2022 ވަނަ އަހަރުގެ މުބާރާތް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި މުބާރާތް ރާއްޖޭގައި ބޭއްވުމާއި ގުޅޭގޮތުން އެމްބީބީއޭއިން ވަނީ ދާދިފަހުން ރައީސް ސޯލިހު އާ މަޝްވަރާކޮށްފަ އެވެ. އެ ގޮތުން މި މުބާރާތުގެ ތަފްސީލްތަކާއި ރާއްްޖެއިން މުބާރާތް ހޮސްޓްކުރަން ހުރި ދަތިތައް ވެސް އެ އެސޯސިއޭޝަނުންވަނީ ރައީސްއާ ހިއްސާކޮށްފަ އެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ވޯލްޑް ޓުއާގެ ރާއްޖޭގައި ބާއްވާ މުބާރާތުގެ އެކި އެކި ކަންކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާއި އެހިތެރިކަން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

އެމްބީބީއޭގެ ޖެނެރަލް ސެކެޓްރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ މި މުބާރާތް ބާއްވަން ފައިނަލް ވުމުގެ ކުރިން ނިންމަން ޖެހޭ ގިނަ ކަންތަކެއް އެބަހުރި ކަމަށެވެ. މި ދުވަސްވަރު ކުރިއަށްދަނީ މި ކަންކަން ހަމަޖެއްސުމުގެ މަސައްކަތްތައް ކަމަށް ވިދާޅުވި އެވެ. އަދި ރައީސް ސޯލިހުއާ އެކު ބޭއްވުނު ބައްދަލުވުމަކީ ސަރުކާރުގެ ފަރާތުން ހަމަޖައްސަން ހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރަން ކުރިއަށްދިޔަ ބައްދަލުވުމެއް ކަމަށް ރަޝް ފާހަގަކުރެއްވި އެވެ.

އެންމެ ފަހުން ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީ ބޮޑީބޯޑިން މުބާރާތަކީ 2015 ވަނަ އަހަރު ބޭއްވި މޯލްޑިވްސް އޯޕަން އެވެ. އައިބީސީ ޕްރޯ މުބާރާތް ރާއްޖޭގައި ބޭއްވިއްޖެނަމަ އެ ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ހޯސްޓްކުރެވޭ އެންމެ މަތީ ފެންވަރުގެ ބޮޑީބޯޑިން އިވެންޓަށެވެ.

އައިބީސީ ވެބްސައިޓްގައިވާ ގޮތުން ފިރިހެން ކެޓަގަރީން 2500 ޕޮއިންޓް، އަންހެން ކެޓަގަރީން 1500 ޕޮއިންޓް، ޖޫނިއާ މެން 2000 ޕޮއިންޓް އަދި ޑްރޮޕްނީ ކެޓަގަރީން 2000 ޕޮއިންޓް މި މުބާރާތަށް ވަނީ ލިސްޓްކުރެވިފަ އެވެ. ރާއްޖޭގައި ހޯސްޓްކުރާ މި މުބާރާތަކީ އައިބީސީ ވޯލްޑް ޓުއާގެ ބައެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox