ޗޯޓުގެ ހެޓްރިކެއް، ގްރީން ސްޓްރީޓްސް އަށް ދެ ވަނަ މޮޅު

Apr 10, 2022, 7:17 PM
ގްރީން ސްޓްރީޓްސްގެ ޗޯޓު ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގްރީން ސްޓްރީޓްސްގެ ޗޯޓު ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހަސަން ނަޒީމް ގާސިމް (ޗޯޓު)ގެ ހެޓްރިކާ އެކު، އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 4-0 އިން ބަލިކޮށް ކްލަބް ގްރީން ސްޓްރީޓްސް އިން މި ފަހަރުގެ ލީގުގެ ދެ ވަނަ މޮޅު ހޯދައިފި އެވެ.

ލީގުގެ ފުރަތަމަ ބުރުގެ ހަތް މެޗުގެ ކުޅުން ނިމުނުއިރު، ގްރީން ސްޓްރީޓްސް އަށް ލިބުނީ އެންމެ މޮޅެކެވެ. އެއީ ކްލަބް ވެލެންސިއާ އަތުންނެވެ. ފުރަތަމަ ބުރުގައި ދެން ގްރީން ސްޓްރީޓްސް އަށް ލިބުނު ޕޮއިންޓަކީ، ދަ ގްރާންޑޭއާ އެއްވަރުވެގެން ހޯދި ޕޮއިންޓެވެ.

މިރޭގެ މެޗާ އެކު ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ހަފްތާގެ ކުޅުން ނިމުނުއިރު ކޮންމެ ޓީމެއް މި ވަނީ އަށް މެޗު ކުޅެފަ އެވެ. އެއް ވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ 21 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ވަނީ 19 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ.

ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބްގެ 11 ޕޮއިންޓް އޮތްއިރު، ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ އަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އޮތީ އަށް ޕޮއިންޓެވެ. މިރޭގެ މޮޅާ އެކު ގްރީން ސްޓްރީޓްސް ވަނީ ހަތް ޕޮއިންޓް ހަމަކޮށްފަ އެވެ. މި ސީޒަނުގައި މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމު ކަމަށްވާ ދަ ގްރާންޑޭ ލީގުގެ ފުލުގައި އޮތީ އެއް ޕޮއިންޓާ އެކު އެވެ.

ލަނޑު ޖެހުމަށް ފަހު ގްރީން ސްޓްރީޓްސް އަވީލާ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގްރީން ސްޓްރީޓްސް އިން ވަނީ މިރޭގެ މެޗުގެ ނުވަ ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. ދަ ގްރާންޑޭ އޭރިއާތެރެއިން ގްރީން ސްޓްރީޓްސްގެ ކޮލަމްބިއާ ފޯވާޑް ހޯސޭ އަވީލާ އަށް ލިބުނު ފުރުސަތުން އޭނާ ވަނީ ގޯލުގެ ދުރު ކަަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ 23 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ލީޑުފުޅާކުރީ އަހުމަދު ނާހިލް އިބްރާހިމް ހުސްކޮށްލާފައި ދިން ބޯޅައަކުން ޗޯޓު ވަނީ އެ ޓީމަށް ލީޑުފުޅާކޮށްދީފަ އެވެ.

މި މެޗުގައި ދަ ގްރާންޑޭގެ ސްރީ ލަންކާ ފޯވާޑް މުހައްމަދު އާކިބަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ގޯލެއް ޖެހޭތޯ ދަ ގްރާންޑޭ އިން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ގްރީން ސްޓްރީޓްސްގެ ގޯލުގައި ހުރި ޕާކިސްތާންގެ ކީޕަރު ހަނީފް ސާގިބް އެވެ.

ދެ ވަނަ ހާފްގައި ގްރީން ސްޓްރީޓްސް އިން ލަނޑެއް ޖެހޭތޯ ގިނަ އެޓޭކްތަކެއް ކުރަމުންދިޔައިރު، އެ ޓީމުން މި ހާފުގައި ޖެހި ފުރަތަމަ ގޯލު ކާމިޔާބުކުރީ 84 ވަނަ މިނިޓްގައި ޗޯޓު އެވެ. އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ޗޯޓު ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ޗޯޓު ހެޓްރިކް ފުރިހަމަކުރި ގޯލު ޖެހީ މެޗުގެ 90 ވަނަ މިނިޓްގަ އެވެ. ގްރީން ސްޓްރީޓްސްގެ އަވީލާ އާއި ސްޕެއިންގެ އެންހެލް މުނޯޒް ގުޅިގެން އުފެއްދި އެޓޭކެއްގައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޗޯޓު ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލީގުގެ ކުޅުން ދެން ފަށާނީ ބުރާސްފަތި ދުވަހުގެރޭ ސަސް އާއި ދަ ގްރާންޑޭ ކުޅޭ މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox