ކިންޒާ އާއި އެއާޕޯޓްސް ކޮމްޕެނީ މޮޅުވެއްޖެ

Apr 6, 2022, 4:32 AM
ކިންޒާ އާއި އެއާޕޯޓްސް ކޮމްޕެނީ މޮޅުވެއްޖެ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއޭއެމް) އިން ކޮންމެ ރަމަޟާން މަހަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކްރިކެޓް ކާނިވަލުގައި އިއްޔެ ހަވީރު ކުޅުނު މެޗުތަކުން ކިންޒާ ކެފޭ އާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ މޮޅުވެއްޖެ އެވެ.

ކުޅިވަރު އެކުވެނީ އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުން ލަވާލިޔާއާ ބައްދަލުކޮށް ނުވަ ލަނޑުން ކާމިޔާބުކުރީ ކިންޒާ ކެފޭ އެވެ. އަދި އެ މެޗަށް ފަހު ކުުޅުނު އިއްޔެގެ ދެ ވަނަ މެޗުގައި ގަލޮޅު ކަންމަތީ ޓީމު އަތުން 8 ވިކެޓުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ވަނީ މޮޅުވެފަ އެވެ.

ފުރަތަމަ މެޗުގައި ޓޮސް ދިމާވީ ލަވާލިޔާއާ އެވެ. އެ ޓީމުން ނިންމީ ފީލްޑް ކުރާށެވެ. ކިންޒާ ކެފޭ އިން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު 4 ކުޅުންތެރިން ނުބައިވެގެން ހެދީ 126 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި ސަލާމް މުހަންމަދު އެވެ.

ޖަވާބުގައި ކުޅެން އަރައި، ލަވާލިޔާ އިން 8 އޯވަރު ތެރޭ ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 117 ލަނޑެވެ. ލަވާލިޔާ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ލަނޑު ހެދި އައްސަދު އަބްދުލްޢަނީ އެވެ. އަދި އެ ޓީމުގެ އިސްމާއިލް ނާސިހް ވަނީ 21 ލަނޑު އެއްކޮށްފަ އެވެ.

އިއްޔެގެ ދެ ވަަނަ މެޗުގައި ގަލޮޅު ކަންމައްޗަށް ޓޮސް ދިމާވުމުން ނިންމީ ކުޅޭށެވެ. ގަލޮޅު ކަންމަތި ޓީމުން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު، ހަ ކުޅުންތެރިން ނުބައިވި އެވެ. ސްކޯޜިން ވެސް އެހާ ރަނގަޅެއް ނޫނެވެ. ހެދުނީ އެންމެ 67 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ލަނޑު ހެދި މުހައްމަދު އަފްލާހު އެވެ. އެއާޕޯޓް ޓީމުގެ އަހުމަދު އަމީލް ތިން ވިކެޓް އަދި އާދަމް ނާސިފް ދެ ވިކެޓް ނަގާފައިވެ އެވެ. އެއާޕޯޓް ޓީމުން ކުޅެން އަރައި ތިން އޯވަރުގެ ތެރޭގައި 68 ލަނޑު ހަދައި މެޗު ނިންމާލި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 20 ލަނޑު ހެދި ނާސިފް އެވެ.

މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެ އެވެ. މެޗުތައް ފަށާނީ ހަވީރު 16:00 ގަ އެވެ. ފުރަތަމަ މެޗުގައި ގަލޮޅު ކަންމަތި ނުކުންނާނީ މެރީ ކޯނާއާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި އެވިއާ މޯލްޑިވްސް ބައްދަލުކުރާނީ އެއާޕޯޓް ރެކްރިއޭޝަން ކްލަބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox