ކްރިކެޓް ކާނިވަލް: އޯޕަން މުބާރާތުގެ ތަށި ފިނޮޅަށް

Mar 4, 2026, 5:03 AM
ކްރިކެޓް ކާނިވަލް: އޯޕަން މުބާރާތުގެ ތަށި ފިނޮޅަށް

ރޯދަ މަހު ކުރިއަށްދާ ކްރިކެޓް ކާނިވަލްގެ އޯޕަން މުބާރާތުގެ ޗެމްޕިއަންކަން ފިނޮޅުން ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ފިނޮޅުން މިޓިއޯސް އަތުން ހަތަރު ވިކެޓުން މޮޅުވެފަ އެވެ.

ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ފިނޮޅުން ނިންމީ ހޮވާށެވެ. އެންމެ ފުރަތަމަ ކުޅެން އަރައި މިޓިއޯސް އިން 8 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިގެން 116 ލަނޑު ހެދި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 11 ބޯޅައިން 32 ލަނޑު ހެދި އިބްރާހިމް އަލީ އާއި 16 ބޯޅައިން 32 ލަނޑު ހެދި ޝަފްރާޒް ޖަލީލް އެވެ.

ޖަވާބުގައި ކުޅެން އަރައި ފިނޮޅުން މެޗު ކާމިޔާބުކުރީ 7.3 އޯވަރުގެ ތެރޭގައި، ހަތަރު ކުޅުންތެރިން ނުބައިިވިއިރު، 118 ލަނޑު ހަދައިގެންނެވެ. ފިނޮޅު ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 13 ބޯޅައިން 31 ލަނޑު ހަދައިދިން މުހައްމަދު ސައީދު އެވެ. އެ ޓީމުގެ ހުސެއިން ރިމާޒް ވަނީ 11 ބޯޅައިން 24 ލަނޑު ހަދައިފަ އެވެ.

މުބާރާތުގެ އިންޑިވިޖުއަލް ވަނަތަކަށް ބަލާއިރު، އެންމެ ގިނަ ބޯޅަ ހިފި ކުޅުންތެރިން (މޯސްޓް ކެޗަސް) އަށް ތިން ކުޅުންތެރިއަކު ހޮވުނެވެ. އެއީ، ޝަފްރާޒް ޖަލީލް، އިޝާގް އަހުމަދު އަދި ހުސެއިން ރިމާޒް އެވެ.

އެންމެ ގިނަ ލަނޑު ހެދީ މިޓިއޯސްގެ އިބްރާހިމް އަލީ އެވެ. އެއީ، 134 ލަނޑެވެ. އަދި، އެންމެ ގިނަ ވިކެޓް ނެގީ މުހައްމަދު ސައީދު އެވެ.

ކްރިކެޓް ކާނިވަލުގައި މިއަދު ފަށާނީ ހަ ޓީމު ވާދަކުރާ އޮފީސް މުބާާރާތެވެ. އެ މުބާާރާތް އޮތީ މި މަހު 4-9 އަށެވެ. އަދި، އެ އަށް ފަހު، ކޮމްޕެނީ މުބާރާތް ފަށާނީ ނުވަ ވަނަ ދުވަހު އެވެ. ޖުމްލަ އެކު، 12 ޓީމެއް މި މުބާާރާތުގައި ކުޅޭނެ އެވެ. އަދި، ފައިނަލް މެޗު އޮތީ މާޗް 16 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox