ބޮޑީބޯޑިން ޖޫނިއާ ޗެމްޕިއަންގެ އުފަލަކީ ރަށަށް ތަށި ގެންދެވުން

Mar 31, 2022, 4:09 AM
ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަން ޝިމާލް ފައިނަލުން މޮޅުވުމުން އޭނާގެ އެކުވެރިންނާ އެކު.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަން ޝިމާލް ފައިނަލުން މޮޅުވުމުން އޭނާގެ އެކުވެރިންނާ އެކު.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2022، މި ފަހަަރު ކުރިއަށްދިޔައިރު، މި މުބާރާތުގައި ތާރީހީ ބަދަލުތަކެއް މުބާރާތުގައި ވަނީ ހިމަނައިފަ އެވެ. އެ ގޮތުން ގައުމީ ޖޫނިއާ ސްކޮޑެއް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން، މި މުބާރާތުގައި ޖޫނިއާ ޑިވިޝަނެއް ކުރިއަށްގެންދިޔަ އެވެ. ޖޫނިއާ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ޏ. ފުވައްމުލަކަށް ނިސްބަތްވާ ކުޅަދާނަ ބޮޑީބޯޑަރު، އަބްދުﷲ ޝިމާލް ޝަމީމް އެވެ.

ޖުމްލަ 13 ބޮޑީބޯޑަރުން ޖޫނިއާ ޑިވިޝަނުގައި ވާދަކުރި އެވެ.

ޝިމާލް އާ ދެކޮޅަށް ފައިނަލްގައި ނުކުތީ އެ ރަށުގެ މުހައްމަދު ޖަރީޝް ޖިހާދު އެވެ. ފައިނަލް މެޗު ޝިމާލް ކާމިޔާބުކުރީ ޖޫނިއާ ޑިވިޝަންގެ އެންމެ މަތީ ސްކޯ ކަމަށްވާ 13.66 ގެ ސްކޯ އަކުންނެވެ. ޖަރީޝް އަށް ސްކޯ ކުރެވުނީ 11.50 ޕޮއިންޓެވެ. ތިން ވަނަ ހޯދީ އާމިން އުމަރު މޫސާ އެވެ. ސެމީ ފައިނަލުން ކެޓި ދެ ބޯޑަރުންގެ ސްކޯއަށް ބަލާއިރު އާމިން އަށް ކުރި ލިބުނީ 2.34ގެ ތަފާތަކުންނެވެ. އާމިން ސެމީ ފައިނަލްގައި 10.00 ޕޮއިންޓުގެ ސްކޯއެއް ހޯދި އެވެ. ދެ ވަނަ ސެމީ ފައިނަލުން ބަލިވި އާމިންގެ ކޮއްކޮ އިޔާން އަހުމަދަށް ލިބުނީ 7.66 ގެ ސްކޯ އެކެވެ.

ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންްޖްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ޝިމާލް އިންޓަވިއު ދެނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"ވަރަށް އުފާވޭ އަސްލު މި ވަރުގެ ބޮޑު މުބާރާތެއްގެ ޖޫނިއާ ޗެމްޕިއަންކަން ލިބުނީމަ. ރަށަށް ގެންދަން ރަށަށް (މި ޓްރޮފީ) ލިބުނީމަ،" ފައިނަލަށް ފަހު "އަދަދު" އަށް ޝިމާލް ބުންޏެވެ.

އެންމެ ޅަ ދުވަސްވަރުން ފެށިގެން ވެސް މޫދުކުޅިވަރަށް ހާއްސަ ޝައުގެއް ހުންނަ ޝިމާލް ފައިނަލުގައި ނުކުންނަން ޖެހުނީ އަމިއްލަ ރަށަށް ނިސްބަތްވާ ބޮޑީބޯޑަރަކާ ދެކޮޅަށެވެ. ފައިނަލަށް ނުކުތްއިރު ވެސް ޓްރޮފީ ދަނީ ރަށަށް ކަން ޔަގީންވެފައި އޮތުމަކީ ހިތްހަމަޖެހިލައިގެން ފައިނަލްގައި ރާޅާއަޅާލެވުނު ކަމެއްގެ ގޮތުގައި ޝިމާލް ސިފަކުރި އެވެ.

"ފައިނަލް ހީޓުގައި ދެން ރަށު މީހަކާ ޖެހުނީމަ ހަމަޖެހިލައިގެން ރާޅާ އެޅީ. ތައްޔާރުވިވަރާ އަޅާބަލައި، ޕާފޯމަންސް ވަރަށް ރަނގަޅު. ވަރަށް ސަޅިކޮށް ދިޔައީ،" ޝިމާލް ބުންޏެވެ. "މުޅި ރާއްޖޭގެ މުބާރާތަކަށް ވެފައި، އެންމެން އައިސް، ގަދަ އެތުލީޓުން ރާޅާ އަޅައި، ވަރަށް ކޮމްޕެޓިޓިވްކޮށް މި މުބާރާތް ދިޔައީ،"

ޝިމާލް ވަނީ މެންސް އޯޕަން ޑިވިޝަނުގެ ތިން ވަނަ ހީޓުގައި ވާދަކޮށްފަ އެވެ.

ޖޫނިއާ ޑިވިޝަންގެ ގަދަ ތިން ބޮޑީބޯޑަރުން: އާމިން (ކ)، ޝިމާލް (މ) އަދި ޖަރީޝް (ވ).-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބުރުނު ޝިކާރަކީ ބޮޑީބޯޑިންގެ އެންމެ ފޯރިގަދަ އެއް މުބާރާތެވެ. މި ފަހަރު މުބާރާތް ބޭއްވުމުގެ ކުރިން އެންމެ ފަހުން މި މުބާރާތް ކުރިއަށްގެންދިޔައީ މީގެ ހަތް އަހަރު ކުރިންނެވެ. މުބާރާތް އަލުން އެނބުރި އައިއިރު، މެންސް އޯޕަން ޑިވިޝަނުގައި 31 ރާޅާ އެޅުންތެރިއަކު ވާދަކުރި އެވެ. ފުރަތަމަ ފަހަރަށް ބޭއްވި އަންހެން ޑިވިޝަނުގައި ވަނީ ހަތަރު ބޮޑީބޯޑަރަކު ބައިވެރިވެފަ އެވެ.

ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގައި އެކި ރަށްރަށަށް ނިސްބަތްވާ ބޮޑީބޯޑަރުން ބައިވެރިވި އެވެ. ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަމާއި ރަނަރަޕް ފުވައްމުލަކު ބޮޑީބޯޑަރުން ހޯދިއިރު، މެންސް އޯޕަން ހަތަރު ވަނަ ހޯދީ ފުވައްމުލަކު މުހައްމަދު ވިއާމް އެވެ.

ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގައި ބައިވެެރިވި ފުވައްމުލަކު ޓީމު.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި ފަހަރުގެ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖަކީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން މުޅިން އަލަށް ފެށި ގައުމީ ލީގުގެ ފުރަތަމަ މުބާރާތެވެ. ދެ ވަނަ މުބާރާތަކަށް ވާނީ އަންނަ މެއި މަހު ބާއްވާ ލަބޭރާ ބޮޑީބޯޑިން ޗެލެންްޖް އެވެ.

ގައުމީ ބޮޑީބޯޑިން ލީގުގައި ޖުމްލަ ހަ އިވެންޓް ބާއްވާނެ އެވެ. ފަސް މުބާރާތް އޮންނާނީ މާލޭ ރާޅުގަނޑު ސަރަހައްދުގަ އެވެ. އަދި އެއް އިވެންޓް، ކ.ތަނބުރުދޫގައި ކުރިއަށްދާނެ އެވެ. ފުރަތަމަ ދެ މުބާރާތް ނިމުމުން ޖޫން މަހު ގައުމީ ބޮޑީ ބޯޑިން ޓީމާއި ޖޫނިއާ ސްކޮޑެއް އެކުލަވާލާނެ އެވެ. އަދި އެ ޓީމު މި އަހަރުގެ ނިޔަލަށް ދެމި އޮންނާނެ އެވެ.

އެމްބީބީއޭގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "އަދަދު" އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox