ފުރަތަމަ އަންހެން ބޮޑީބޯޑިން ޗެމްޕިއަން ލުޖެއިންގެ މެސެޖް: "ރާޅުތައް ހިމާޔަތްކޮށްދީ!"

Mar 29, 2022, 3:41 AM
އެމްޓީސީސީ ބުރުނު ޝިކާރު ޗެލެންޖް 2022 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ތާރީހުން ޖާގަ ހޯދި ލުޖެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެމްޓީސީސީ ބުރުނު ޝިކާރު ޗެލެންޖް 2022 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ތާރީހުން ޖާގަ ހޯދި ލުޖެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މީގެ 20 ވަރަަކަށް އަހަރު ކުރިން ވެސް ސާފިން އާއި ބޮޑީބޯޑިން ފަދަ މޫދު ކުޅިވަރުގައި އަންހެނުން ބައިވެރިވެ އުޅުނެވެ. ރަސްމީ ސިފައެއްގައި ސާފިން އާއި ބޮޑީބޯޑިންގައި ވެސް މި ފަހުން ވަނީ ވާދަވެރިކޮށް ރާޅާއެޅުމަށްޓަކައި އަންހެން ޑިވިޝަނެއް ހިމަނައިފަ އެވެ. ތާރީހީ މި ބަދަލުގައި، ވަނީ އުންމީދުގެ ކުލަވަރު ޖެހިފަ އެވެ. ދާދި ފަހުން ނިމުނު އެމްޓީސީސީ ބުރުނު ޝިކާރު ޗެލެންޖް 2022، ގައި ވަނީ އަންހެން ޑިވިޝަނެއް ފުރަތަމަ ފަަހަރަށް ހިމަނައި، ފުރަތަމަ ޗެމްޕިއަން ވެސް ހޮވައިފަ އެވެ.

ހަތަރު ބޮޑީބޯޑަރުން ވާދަކުރި އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގެ މި ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ލުޖެއިން ހަސަން އެވެ. ދެން ވާދަކުރީ ދަފީނާ ހަސަން އިބްރާހިމް (ދަފީ)، ލުޖެއިން އަދި ޝާޒިޔާ ސައީދު (ސާޒު) އެވެ. މީގެ ތެރޭގައި މި ތިބީ މަދުވެގެން ފަސް އަހަރަށް ވުރެ ގިނަ ދުވަހު މޫދު ކުޅިވަރުގައި، ސާފިން އާއި ބޮޑީބޯޑިންގައި އުޅެފައިވާ މިކަމުގެ ހުނަރު ހުރި ފަރާތްތަކެވެ.

މޫދު ކުޅިވަރުގައި ގިނަ އަހަރުތަކެއް ވަންދެން ބައިވެރިވެ، އުޅުނު ލުޖެއިން އަށް ލިބުނު މި ތާރީހީ ކާމިޔާބީގައި އޭނާ އަށް އޮތް ހިތްހަމަޖެހުމަކީ އެކުގައި މިކަމުގައި އުޅޭ ބޮޑީބޯޑަރުންނާ އެކު ވަރަށް އެކުވެރި ރޫހެއްގައި މުބާރާތެއްގައި ރާޅާ އަޅާލަން ލިބުމެވެ.

"ވަރަށް އުފާވޭ، ވަކިން ކެޓަގަރީއެއް ބޭއްވީމަ ވެސް. ބައިވެރިވި ކުދިން، ޝާޒު، ދަފީ، އަދި ރައު ވަރަށް ވަރަށް މަޖާ އަސްލު އެ ކުދިންނާ އެކު (ރާޅާ) އަޅާލެވުނީމަ،" އެމްޓީސީސީ ބުރުނު ޝިކާރު ޗެލެންޖްގެ ނިންމުމުގެ ރަސްމިއްޔާތަށް ފަހު "އަދަދު" އަށް ލުޖެއިން ބުންޏެވެ.

އަންހެން ޑިވިޝަންގައި ވާދަކުރި ހަތަރު ބޮޑީބޯޑަރުން: (ކ.ވ) ލުޖެއިން، ސާޒު، ދަފީ އަދި ރައު.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބުރުނު ޝިކާރު އަލުން މި ބޭއްވީ ހަތް އަހަރު ފަހުންނެވެ. މީގެ ކުރިން އަންހެން ޑިވިޝަނެއް މި މުބާރާތުގައި ނެތްއިރު ވެސް މިއީ ބޮޑީބޯޑަރުންގެ "އީދެއް" ގޮތަށް އަހަރު ފަށަން އޮންނަ އިވެންޓެއް ކަމަށްވާތީ މި ކަމަށް ޝައުުގުވެރިކަން ހުންނަ އެންމެން ބައިވެރިވެ އެވެ. ބުރުނު ޝިކާރު ފަދަ ބޮޑީބޯޑިންގެ ޝަރަފްވެރި މުބާރާތަކުން އަންހެން ޑިވިޝަން ފެށުމަކީ ވެސް ލުޖެއިން އަށް ލިބުނު އުފަލެކެވެ.

"ބުރުނު ޝިކާރު އަލުން ބޭއްވީމަ ވެސް އުފާވޭ، އަހަރުން އެންމެން ވެސް ވަރަށް ކުރިއްސުރެ ވެސް ބޭނުންވެފަ ހުރީ (މި މުބާރާތުގެ ތެރެއިން ފުރުސަތެއް). ވަރަށް ވަރަށް އުފާވެއްޖެ އަސްލު. ފުރަތަމަ އަންހެން ކެޓަގަރީއެއް މި މުބާރާތުގައި އިނީމަ ވެސް ވަރަށް ކޫލް،" ލުޖެއިން ބުންޏެވެ.

"އޭގެ އިތުރުން ލުޖެއިން އުންމީދުކުރަން އެންމެން އެއްކޮށް (އަންހެން އަދި ފިރިހެން ޑިވިޝަން) ރާޅާ އަޅާނެ ފުރުސަތެއް ވެސް ލިބޭނެ ކަމަށް، މަށަށް ހީވަނީ އޭރު ވެސް ވަރަށް ސަޅިވާނެހެން،"

ލުޖެއިންގެ ބޮޑީބޯޑިން އަށް ބޭނުންކުރާ ބޯޑުގައި ވަނީ މުހިންމު މެސެޖްތަކެއް ޖަހައިފަ އެވެ. އެއީ ފަރުތައް ހަލާކުކުރުމާއި ރާޅު ސްޕޮޓްތައް ހިމާޔަތް ކުރަން ދީފައިވާ މެސެޖްތަކެކެވެ.

އާއިލާއެއް ފެށުމަށް ފަހު ދަރިން ލިބުމުން ވެސް މޫދު ކުޅިވަރަށް ލުޖެއިން ޖެހިފައިވާ ލޯބި މަދެއްނުވި އެވެ. އޭނާ ދެކެނީ މޫދުކުޅިވަރަށް މިހާރަށް ވުރެ ބޮޑަށް ފަހި ފުރުސަތުތަކެއް އޮތުމެވެ. އެ ފުރުސަތުތަކުގައި ބޭނުންވާ މިސްރާބަށް ދެވެން އޮތީ ރާޅުތައް ހިމާޔަތްކޮށްގެންނެވެ. ސާފް ޕޮއިންޓްތަކަށް ރައްކާތެރިކަން ލިބިގެންނެވެ.

"ލުޖެއިން ވަރަށް އުންމީދުކުރަން މި އުޅޭ ކުދިން މިތަންތާ (ރާޅާ) އަޅާތަން ފެންނާނެ ކަމަށް. އަންހެން ކުދިން ނޫނަސް، ކުޑަ ފިރިހެން ކުދިން ވިޔަސް، (މޫދަށް) އެރި އުޅޭތަން ފެނޭ،" ލުޖެއިން ބުންޏެވެ.

"އެންމެ ބޮޑަށް، އަހަރެމެން ރާޅާ އަޅާމީހެއްގެ ހައިސިއްޔަތުން މަށަށް އިންނަ ކޮންސާނަކީ (ކަންބޮޑުވުމަކީ) ވަރަށް ގިނަ ރާޅުތައް ގެއްލިގެން އަދި ނެތިގެން އެބަދޭ އަސްލު. އެކަމާ އެންމެ ކަންބޮޑުވަނީ. މިކުދިން ބޮޑުވެގެން އަޅާލާނެ ރާޅެއް ނެތީއާ ދެން ކިހިނެއް ހަދާނީ ދޯ،"

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox