ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު ފަށާނީ އަންނަ މަހު 7 ގައި

Mar 28, 2022, 9:55 AM
ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ކުޅުން ފަށާނީ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗުން އަންނަ މަހުގެ ހަތް ވަނަ ދުވަހު ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމުން މިއަދު އިއުލާނުކުރި ލީގުގެ ދެ ވަނަ ބުރުގެ ޝެޑިއުލްގައިވާގޮތުން މާޒިޔާ އާއި އީގަލްސް ކުޅޭ ދެ ވަަނަ ބުރުގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެރޭގަ އެވެ. ރޯދަ މަހުގައި މެޗުތައް ފަށާނީ 22:00 ގަ އެވެ. ފުރަތަމަ މެޗު ހަފްތާގައި އޮތީ މާޒިޔާ އާއި އީގަލްސް މެޗުގެ އިތުރުން، ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މެޗާއި ޔުނައިޓެޑް ވިކްޓްރީ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ މެޗު އަދި ކްލަބް ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗެވެ.

އެ އަށް ފަހު އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ ވެލެންސިއާ އިން މާލޭގައި ބޫޓާންގެ ލީގު ޗެމްޕިއަން ޕާރޯ އެފްސީއާ ކުޅޭނީ އޭޕްރީލް 5 ވަނަ ދުވަހުގެރޭގަ އެވެ. އެ މެޗުން ވެލެންސިއާ މޮޅުވެއްޖެނަމަ އޭޕްރީލް 12 ވަނަ ދުވަހު، ޕްރިލިމިނަރީ ދެ ވަަަނަ ބުރުގައި ބަންގްލަދޭޝްގައި، އެ ގައުމުގެ ޑާކާ އަބަހާނީއާ ކުޅެން ޖެހޭނެ އެވެ. ޕްރިލިމިނަރީ ދެ ވަނަ ބުރުން ވެލެންސިއާ މޮޅުވެއްޖެނަމަ ޕްލޭއޮފްގައި ކުޅެން ޖެހޭނީ 19 ވަނަ ދުވަހު އެވެ. ޕްލޭއޮފަށް ވެލެންސިއާ ދަތުރުކޮށްފިނަމަ އަންނަ މަހު 17 ގައި މާޒިޔާއާ ކުޅެން ޖެހޭ މެޗު ފަސްކުރާނެ އެވެ.

ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު، މާޒިޔާ އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ހަތް މެޗުން ވެސް މޮޅުވެ އެއް ވަނައިގައި 21 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު ވެލެންސިއާ އެވެ. ހަތަރެއްގައި 10 ޕޮއިންޓާ އެކު ޓީސީ އޮތްއިރު، ފަސް ވަނައިގައި ޔުނައިޓެޑް ވިކްޓްރީ އޮތީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތް ސަސް އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަތް ވަނައިގައި އޮތް ގްރީން ސްޓްރީޓްސްގެ އޮތީ ހަތަރު ޕޮއިންޓެވެ. ފުލުގައި އޮތީ އަދި މި ސީޒަނުގައި މޮޅެއް ނުލިބި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ.

ލީގުގެ ދެ ވަނަ ބުރުގައި ދެ ބްރޭކެއް

ލީގުގެ ދެ ވަނަ ބުރު ކުރިއަށްދާއިރު، ދެ ބްރޭކެއް ނަގަން ވަނީ ޝެޑިއުލްގައި ހިމަަނައިފަ އެވެ. ފުރަތަމަ ބްރޭކަކީ އޭޕްރީލް 25 އިން މެއި 5 އަށް ނަގާ ބްރޭކެކެވެ. މި ބްރޭކަކީ ރޯދަ މަހުގެ ފަހު 10ގެ ދުވަސްތަކުގެ ތެރެއަށް މެޗުތަކެއް ލައިފިނަމަ ޝެޑިއުލަށް އިތުރު ބަދަލެއް ގެންނަން ޖެހިދާނެތީ ނަގާފައިވާ ބްރޭކެކެވެ.

ދެން ހިމަނާފައިވާ ބްރޭކަކީ މެއި 12 އިން ޖޫން 20 ވަނަ ދުވަހަށް ނަގާ ބްރޭކެކެވެ. މިއީ މެއި މަހު އިންޑިއާގެ ކަލްކަތާގައި ކުރިއަށްދާ އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތަކާއި ޖޫން މަހު އުޒްބެކިސްތާންގައި ކުރިއަށްދާ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ނަގާފައިވާ ބްރޭކެކެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މި ވަގުތު އޮތް ރާއްޖޭގެ ޓީމަކީ މާޒިޔާ އެވެ. ދެން މި ގްރޫޕްގައި އޮތީ އިންޑިއާގެ ގޮކުލަމް ކެރަލާ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ. ދެން މި ގްރޫޕްގެ ބާކީ އޮތް ޖާގަ ލިބޭނީ ކޮލިފައިން ބުުރުން އަންނަ ޓީމަކަށެވެ. ކޮލިފައިން ބުރުގައި ރާއްޖޭގެ ވެލެންސިއާ، ބަންގްލަދޭޝްގެ އަބަހާނީ އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ވާދަކުރެ އެވެ.

ޖޫން މަހު އޮތް އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެ ވާދަކުރާނީ ހޯސްޓް، އުޒްބެކިސްތާންގެ އިތުރުން ތައިލެންޑާއި ސްރީ ލަންކާއާ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox