މޮޅަކާ އެކު ވެލެންސިއާ ތިން ވަނައިގައި ލީގު ނިންމާލައިފި

Aug 1, 2022, 2:30 PM
މިއަދުގެ މެޗުގެ ތެރެއިން ވެލެންސިއާގެ އީސަ (މ) ބޯޅަ ހިފައިގެން.--- ފޮޓޯ: އިމޭޖަސް.އެމްވީ

މިއަދުގެ މެޗުގެ ތެރެއިން ވެލެންސިއާގެ އީސަ (މ) ބޯޅަ ހިފައިގެން.--- ފޮޓޯ: އިމޭޖަސް.އެމްވީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓަޑް ވިކްޓަރީ (ޔޫވީ) އަތުން 4-1 އިން މޮޅުވެ، ތާވަލްގެ ތިން ވަނައިގައި ކްލަބް ވެލެންސިއާ މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގު ނިންމާލައިފި އެވެ.

މި މޮޅާ އެކު، ވެލެންސިއާ ލީގުގައި ކުޅެންޖެހޭ މެޗުތައް ނިންމާލީ 32 ޕޮއިންޓާ އެކު އެވެ. ކުޅުނު 21 މެޗުގެ ތެރެއިން 10 މެޗުން ވެލެންސިއާ ވަނީ މޮޅުވެފަ އެވެ. އަނިޔާގެ ސަބަބުން ވެލެންސިއާ އަށް ދެ ވަނަ ބުރުގައި ގިނަ މައްސަލަތަކެއް ދިމާވި އެވެ.

ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށް، ވެލެންސިއާ ލީގަށް ނުކުތީ ރަނގަޅު ފޯމެއްގަ އެވެ. އަދި ލީގު ޗެމްޕިއަންކަމަށް އެ ޓީމު ވާދަކުރާނެ ކަމަށް ބެލެވުނެވެ. އެކަމަކު، ސީޒަންގެ ވަކި ހިސާބަކުން ދިމާވި މައްސަލަތަކާ ގުޅިގެން، ވެލެންސިއާގެ ފޯމު ވަނީ ސީޒަންގެ ފަހުކޮޅަށް ދިޔައިރު ދަށްވެފަ އެވެ.

ޔޫވީ ލީގުގައި ކުޅެންޖެހޭ މެޗުތައް ނިންމާލިއިރު، އެ ޓީމު އޮތީ 26 ޕޮއިންޓާ އެކު ތާވަލްގެ ހަ ވަނައިގަ އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ބައްކު (ކ) ކައިރިން ވެލެންސިއާގެ ތޮއްޕޭ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މިއަދުގެ މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފު ދެ ޓީމުން ވެސް ނިންމާލީ ލަނޑެއް ނުޖެހި އެއްވަރުކޮށެވެ. މެޗުގެ 55 ވަނަ މިނިޓުގައި ވެލެންސިއާ އިން ލީޑު ނެގީ އިސްމާއިލް ޒާން އާމިރް ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ 10 މިނިޓު ފަހުން އަބްދުﷲ ޔާމީން (ޔާނު) ވަނީ ވެލެންސިއާ އަށް ދެ ވަނަ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ވެލެންސިއާގެ ތިން ވަނަ ލަނޑު، އެ ޓީމުގެ ކެޕްޓަން ހުސެއިން ސުފިޔާން (ސޫފީ) ޖެހީ މެޗުގެ 75 ވަނަ މިނިޓުގަ އެވެ.

މެޗުގެ 78 ވަނަ މިނިޓުގައި ޔުނައިޓެޑް ވިކްޓަރީ އަށް މެޗުގައި ޖަހައިދިން ހަމައެކަނި ލަނޑު ޖަހައިދިނީ ބެލާރޫސްގެ ފޯވަޑް އީވާން ވެރާސް އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވެލެންސިއާގެ ކުޅުންތެރިން ކުދި ޕާސްތަކެއް ދިނުމަށް ފަހު ތަނަވަސްވި ފުރުސަތު ނިންމާލައި، ވެލެންސިއާގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ 83 ވަނަ މިނިޓްގައި އިސްމާއިލް އީސާ (މެސީ) އެވެ.

ލީގުގެ ފަހު މެޗުގައި މިރޭ ކްލަބު އީގަލްްސްއާ ދެކޮޅަށް ނުކުންނާނީ ވިދިވިދިގެން ތިން ވަނަ ސީޒަންގައި ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. މި މެޗަށް ފަހު މާޒިޔާ އަށް ލީގުގެ އައްޑަނަ ހަވާލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލަށް މޮޅެއް، ޗެލްސީ ބަލި، ޔުނައިޓެޑް ރެލިގޭޝަން ޒޯނަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް ލިވަޕޫލުން މޮޅެއް ހޯދިއިރު، ސަންޑަލެންޑް އަތުން ބަލިވެ ޗެލްސީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. އަދި އެސްޓަން ވިލާއާ 4-4 އިން އެއްވަރުވި މެންޗެސްޓާ ޔުނައިޓެޑް، ލީގުގައި ކުޅުނު 10 މެޗުން ލިބުނު އަށް ޕޮއިންޓާއެކު މިހާރު ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައި

ހިތްހަމަނުޖެހިފައި ހުރި އުރްބާނީގެ ފާޑުކިޔުން ރެފްރީންނަށް

ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން އަތުން ރާއްޖެ ބަލިވި މެޗަށް ފަހު، ކޯޗު އުރްބާނީ ވަނީ ރެފްރީގެ ނިންމުންތަކަށާއި ވީއޭއާރް ބޭނުންނުކުރާތީ ވަރަށް ބޮޑަށް ފާޑުކިޔާފައި. މީގެ އިތުރުން، މުބާރާތަށް ރާއްޖެ ތައްޔާރުވި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން އުރްބާނީ ވަނީ ގިނަ ޝަކުވާތަކެއް ކޮށްފައި.

ބޫޓާނުން ލަންކާ ހުއްޓުވިއިރު، ބަންގްލަދޭޝް ސެމީ އަށް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާނާއި ސްރީލަންކާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވުމާ ގުޅިގެން، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެއްޖެ. މި މެޗުގައި ބޫޓާނުން ފުރަތަމަ ލީޑު ނެގި ނަމަވެސް ލަންކާއިން ދެ ލަނޑު ޖަހައި ކުރިހޯދާފައިވަނިކޮށް، ބޫޓާނުން މެޗު އެއްވަރުކުރީ ފަހު ހާފުގައި ޗެންޗޯ ޖެހި ގޯލުން.

ރާއްޖެ ބަލިކޮށް ޕާކިސްތާން ސެމީ އަށް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގައި 3-0 އިން ރާއްޖެ ބަލިކޮށް ޕާކިސްތާނުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި. މިއީ ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުން ރާއްޖެ ބަލިކުރި ދެވަނަ ފަހަރު ކަމަށްވާއިރު، ރާއްޖެއަށް ސެމީގެ ފުރުސަތު ދެން އޮތީ ތިން ގޯލުގެ ތަފާތުން އިންޑިއާ ބަލިކޮށްގެން

މިސްރު ކޯޗު މަގާމުން ވަކިކޮށްފި

އާއިލީ މައްސަލަތަކެއް ސޯޝަލް މީޑިއާގައި ފެންމަތިވެފައި ވަނިކޮށް، މިސްރުގެ ފުޓްބޯޅަ ޓީމުގެ ކޯޗު ހޮސާމް މަގާމުން ވަކިކޮށް، އެ މަގާމަށް މާހިރު އައްޔަންކޮށްފި. މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މި ނިންމުން ނިންމީ ޓީމުގެ އަބުރު ހިމާޔަތްކުރުމަށް ކަމަށް ބުނެފައިވާއިރު، މީގެ ކުރިން ހޮސާމްގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައި.

ސާފް މުބާރާތްތަކަށް ވީއޭއާރް މުހިންމު: ނިޒާމްބެ

ސާފް ޗެމްޕިއަންޝިޕްގެ މުހިންމު މެޗުތަކުގައި "ވީއޭއާރް ލައިޓް" ބޭނުންކުރަން ނިންމުމަކީ ފުޓްބޯޅަ ކުރިއަރާފައިވާ މިންވަރަށް ބަލާއިރު މުހިންމު ކަމެއް ކަމަށް ކޯޗު ނިޒާމްބެ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި މި ނިޒާމުގެ ސަބަބުން ރެފްރީންގެ ނިންމުންތަކަށް ކުޅުންތެރިން ކުރާ އިތުބާރު ބޮޑުވެ، މުބާރާތުގެ ފެންވަރު ރަނގަޅުވެގެންދާނެ.

ރަންނަމާރި ޗެލެންޖު އިބޫ އާއި އާލިޔާ އަށް، ސާފް ލީގު ޔަސިން އަށް

ގައުމީ ސާފް ލީގުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ ފިރިހެން އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހުސެއިން އަރީފް (އިބޫ) ހޯދިއިރު، އަންހެން ކެޓަގަރީގެ އެއް ވަނަ ހޯދީ އާލިޔާ ލަތީފް. މި މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ޔަސިން އަހުމަދު ނާޝިދު ހޯދިއިރު، އޭނާ ވަނީ މިއަހަރުގެ ގައުމީ ސާފިން ލީގުގެ ޓައިޓަލް ވެސް ކާމިޔާބުކޮށްފައި.

Newsletter

Get the latest news delivered straight to your inbox