ޒުވާން ބޮޑީބޯޑަރުންނާ މެދު ކުޑަ އައްޔަގެ އުއްމީދު ބޮޑު

Mar 27, 2022, 6:47 AM
ކުޑަ އައްޔަ، "އަދަދު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުޑަ އައްޔަ، "އަދަދު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިއްޔެ ނިމިގެންދިޔަ އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2022ގެ ޖޫނިއާ ބޮޑީބޯޑަރުންގެ ހުނަރަށް ބަލާއިރު، އެ ބޮޑީބޯޑަރުންނާ މެދު އުންމީދު ބޮޑު ކަމަށް ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބުނެފި އެވެ.

މުޅިން އަލަށް މި އަހަރު ފެށި ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2022 ގެ އޯޕަން ބައި ކާމިޔާބުކޮށްފައިވަނީ ކުޑަ އައްޔަ އެވެ. އޭނާ އަކީ މި މުބާރާތް މީގެ ކުރިން ބޭއްވި ތިން ފަހަރު ވެސް ޗެމްޕިއަނެވެ.

ހަތް އަހަރަށް ފަހު ބޭއްވި މުބާރާތުގައި މި އަހަރު ޖޫނިއާ ބޮޑީބޯޑަރުންގެ ވިދުން ވެސް ފެނުނީ ވަރުގަދަ ކޮށެވެ. ރަށްރަށުން އައިސް ޖޫނިއާ ކެޓަގަރީގައި ރާޅާއެޅި ބޮޑީބޯޑަރުންގެ ހުނަރުވެރިކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. މުބާރާތުގައި ކުރިއަށްދިޔަ ތިން ކެޓަގަރީ އެއްކޮށް އެއް ރާޅަކުން ދެ ވަނަ އަށް އެންމެ މަތީ ސްކޯއެއް ހޯދީ ޖޫނިއާ ބޮޑީބޯޑަރެކެވެ. މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އަބްދުﷲ ޝިމާލް ޝަމީމް ވަނީ ފައިނަލް ހީޓުގައި އޭނާ އެޅި ދެވަނަ ރާޅުން 8.33 ގެ ސްކޯ އެއް ހޯދައިފަ އެވެ.

ފައިނަލް ހީޓު ނިންމުމަށް ފަހު ކުޑަ އައްޔަ ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޯޕަން ބައިގެ ފައިނަލް ހީޓުގައި އިއްޔެ 9.17 ޕޮއިންޓް ހޯދައި، އެއް ރާޅުން ހޯދި އެންމެ މަތީ ސްކޯ ގެނައީ ކުޑަ އައްޔަ އެވެ. ކުޑަ އައްޔަ ބުނީ ޖޫނިއާ ބޯޑަރުންގެ ލެވެލް، ސީނިއާ ކުޅުންތެރިންގެ ލެވެލް އެކޭ އެއްވަރު ކަމަށާއި، ރާޅުތަކުގައި ދައްކާ ހުނަރަށް ބަލާއިރު ވެސް މާ ބޮޑު ތަފާތެއް ނުފެންނަ ކަމަށެވެ. އަދި މި ޒުވާން ބޮޑީބޯޑަރުންނަށް ރަނގަޅަށް އިރުޝާދު ދެވި ހިތްވަރު ދެވިއްޖެނަމަ، ކުރިއަށް އޮތްތާނގައި ވަރަށް ތަފާތު ޗެލެންޖިން ކުދިންތަކެއް ފެންނާނެ ކަމަށް ގަބޫލުކުރާކަމަށް ވެސް ކުޑަ އައްޔަ ވަނީ ބުނެފަ އެވެ.

"ޖޫނިއާ ކުދިން އައްޔަ މެންނެކޭ އެއްވަރު ހަމަ. އައްޔަމެން ހަދާ މެނޫވާސް އެބަ ހަދާ. އަދި ހަމަކުޑަކޮށް ޕުޝްކޮށްލައިފިއްޔާ އައްޔަ މެންނަށް ވުރެ ވެސް ކުރިއަށް އެ ކުދިން ދާނެ. ކުރިއަށް އޮތް ތާނގައި ވަރަށް ތަފާތުވާނެ އަދި ހަމަ ޗެލެންޖިން ވެސް ވާނެ ކަމަށް ގަބޫލު ކުރަން." ދާދި ފަހުން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެއް ވަނަ ބޮޑީބޯޑަރުގެ ޝަރަފް ހޯދި ކުޑަ އައްޔަ ބުންޏެވެ.

ކުޑަ އައްޔަ ބުނީ ބޮޑީބޯޑިން އަށް އައި ކުރިއެރުން އެންމެ ބޮޑަށް ފެންނަ އެއް ކަމަކީ ޒުވާން ގިނަ ބޮޑީބޯޑަރުން މިހާރު ފެނުމުގެ އިތުރުން އަންހެން ކުދިންވެސް މިހާރު މިކަން ކުރުމެެވެ. މިފަހަރު އަލަށް ފެށި އަންހެން ޑިވިޝަނާ އެކު މި ކުޅިވަރަށް އިތުރު ސަމާލުކަމަކާއި ދިރުމެއް އަންނާނެކަމަށް އޭނާ ގަބޫލުކުރެ އެވެ.

ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގައި ވާދަކުރި ބޮޑީބޯޑަރުން މިނިސްޓަރު މަހުލޫފާ އެކުގައި ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"ކުރިއާ އަޅާ ކިޔާއިރު، މިހާރު ވަރަށް ބޮޑަށް ޔަންގް ޖެނަރޭޝަން މީގެ ތެރެއަށް ވަދެއްޖެ. އަނެއްކާ އަންހެން ކުދިންވެސް މީގެ ތެރެއަށް ވަދެއްޖެ. ވަރަށް އުފާވޭ އާ ބޮޑީބޯޑަރުން ފެނުނީމަ. ކުރިއާ ބަލާއިރު ވަރަށް ޕެޝަން ވަރުގަދަ ވެއްޖެ."

ރާއްޖޭގައި މިވަގުތު ޒުވާން ބޮޑީބޯޑަރުންގެ ވިދުން ގަދަ އެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ތިން ބޮޑީބޯޑަރުންގެ ތެރޭގައި އުއްމީދީ ބޮޑީބޯޑަރު މުހައްމަދު ރީޝާން ހިމެނޭއިރު، ދާދި ފަހުން ނިމުނު ބުރުނު ޝިކާރުގެ އޯޕަން ބައިގެ ކުއާޓާ ފައިނަލުގައިވެސް އުއްމީދީ ހަތަރު ބޮޑީބޯޑަރަކު އެޅި އެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ އަމާޒަކީ އަތޮޅުތަކުގައި މި ކުޅިވަރު ކުރި އަރުވައި އިތުރު އާ ކުދިންތަކެއް މިގޭ ތެރެއަށް ނެރުމެވެ. މިއަހަރު އަލަށް ފެށި ގައުމީ ބޮޑީބޯޑިން ލީގުގައި 6 އިވެންޓެއް ހިމެނެ އެވެ. ހަ މުބާރާތުގެ ތެރެއިން އެއް މުބާރާތް ކ.ތަނބުރުދޫގައި ބާއްވަން ނިންމާފައިވާއިރު، ކުރިއަށް އޮތް ތާނގައި ސަޕޯޓް ލިބޭ މިންވަރަށް ބަލައި ރާއްޖޭގެ އެހެން ރަށްތަކުގައިވެސް މުބާރާތްތައް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox