އެމްޓީސީސީ ބުރުނު ޝިކާރު: ތާރީހީ އަންހެން ޗެމްޕިއަންކަން ހޯދީ ލުޖެއިން

Mar 26, 2022, 3:29 PM
ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ (ވ) ބުރުނު ޝިކާރުގެ އަންހެން ޑިވިޝަންގެ ޓްރޮފީ ލުޖެއިންއާ ހަވާލުކޮށްދެއްވަނީ-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ (ވ) ބުރުނު ޝިކާރުގެ އަންހެން ޑިވިޝަންގެ ޓްރޮފީ ލުޖެއިންއާ ހަވާލުކޮށްދެއްވަނީ-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި އަހަރު އަލަށް ފެށި، ގައުމީ ބޮޑީ ބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގައި މުޅިން އަލަށް ކުރިއަށްގެންދިޔަ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ލުޖެއިން ހަސަން ހޯދައި ތާރީހުން ޖާގަ ހޯދައިފި އެވެ.

ހަތް އަހަރުގެ މެދު ކެނޑުމަކަށްފަހު މި އަހަރު ބުރުނު ޝިކާރު ފެށީ ކުރިން ހިމެނުނު އޯޕަން ބަޔާއި، ޖޫނިއާ ބައިގެ އިތުރުން އަންހެން ބައި ވެސް ހިމަނައިގެންނެވެ. އަލަށް ބޭއްވި އަންހެން ބައިގައި މި އަހަރު ހަތަރު ބޮޑީބޯޑަރުން ވާދަކުރި އެވެ. އެއީ ދަފީނާ ހަސަން އިބްރާހިމް، ރައުފާ، ލުޖެއިން އަދި ޝާޒިޔާ ސައީދު (ޝާޒު) އެވެ.

އަންހެން ޑިވިޝަނުގައި ވާދަކުރި ހަަތަރު ބޮޑީބޯޑަރުން: (ކ.ވ) ލުޖެއިން، ޝާޒް، ދަފީނާ އަދި ރައުފާ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފައިނަލުގައި ވާދަކުރީ ފުރަތަމަ ދެ ހީޓުން ކުރި ހޯދި ދެ ބޮޑީބޯޑަރުންނެވެ. އެ ގޮތުން ފައިނަލުގައި މިއަދު ހަވީރު ދަފީނާ އާއި ވާދަކޮށް ކުރި ހޯދައި ރާއްޖޭގެ ފުރަތަމަ އަންހެން ބޮޑީބޯޑިން ޗެމްޕިއަންގެ ޝަރަފް ހޯދީ ލުޖެއިން އެވެ. ލުޖެެއިން ވަނީ ފައިނަލްގައި 6.84 ޕޮއިންޓްގެ ސްކޯއެއް ހޯދައިފަ އެވެ. ވާދަވެރި ފައިނަލުގައި ދަފީނާ އަށް ސްކޯ ކުރެވުނީ 5.76 ޕޮއިންޓެވެ.

ތިން ވަނަ ހޯދީ 6.27 ގެ ސްކޯއަކުން ރައުފާގެ މައްޗަށް ކުރި ހޯދި ތަޖުރިބާކާރު ރާޅާ އެޅުންތެރިޔާ ޝާޒު އެވެ. ތިން ވަނަ ހޮވަން ކުރިއަށްދިޔަ ހީޓުގައި ރައުފާ އަށް ހޯދުނީ 2.24 ޕޮއިންޓުގެ ސްކޯ އެކެވެ. އަދި ތިން ވަނަ މަގާމު ހޯދި ޝާޒު އަކީ މިދިޔަ އަހަރު ކުރިއަށްދިޔަ ގައުމީ ސާފިން މުބާރާތުގެ ރަނަރަޕް އެވެ.

އަންހެން ކެޓަގަރީ އަށް ބަލާއިރު ހުރިހާ ބޮޑީބޯޑަރުން ވެސް ވަނީ ހީޓަކަށް ފަހު ހީޓެއްގައި ސްކޯ ރަނގަޅުކޮށްފަ އެވެ. އަދި ފައިނަލާއި ތިން ވަނަ ހޮވަން ކުރިއަށްދިޔަ ހީޓުގައި ހޯދި ސްކޯ އެކޭ އެއްގޮތަށް އެޅި ރާޅުގެ އަދަދު ވެސް އިތުރެވެ.

އަންހެން ޑިވިޝަނުގެ ފައިނަލް ހީޓުގެ ތެރެއިން ލުޖެއިން ރާޅާއަޅަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އެވެ. މަހުލޫފް ވިދާޅުވީ އަންހެން ޑިވިޝަން ތައާރަފްކުރުމަކީ މަރުހަބާ ކިޔަންޖެހޭ ކަމެއް ކަމަށާއި މި ފަަދަ އާ ކަންތައްތައް ކޮށް އެސޯސިއޭޝަންތަކުގެ މަސައްކަތްތައް ފުޅާކުރަމުންދާ ވަރަކަށް މިނިސްޓްރީން ދޭ އެއްބާރުލުން ވެސް ދާނީ ފަހަރަކަށް ވުރެ ފަހަރެއް ރަނގަޅުވަމުން ކަމަށެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ވިސްނުމަކީ އަންހެން ބޮޑީބޯޑަރުންނަށް ހާއްސަ ޑިިވިޝަނެއް ބާއްވައި، ޑިވެލޮޕްކުރުމެވެ.

އެމްބީބީއޭ އިން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިވެންޓައް ބޭއްވުމުގެ ހުށަހެޅުންތައް ލިބެމުންދާތީ ކުރިއަށް އޮތްތަނުގައި ރަށްރަށުގައި ބާއްވާ އިވެންޓްތައް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.

ބޮޑީބޯޑިންގެ ފޯރި އިތުރަށް ވަރުގަދަ ކުރުމުގެ ބޭނުމުގައި ފަށާ ގައުމީ ލީގުގައި ކުރިއަށްދާ އުސޫލަށް ބަލާއިރު، ކޮންމެ ލީގުގައި ހިމެނޭ ކޮންމެ އިވެންޓަކުން ނޫނީ މުބާރާތަކުން ޕޮއިންޓް ލިބޭނެ އެވެ. ޖުމްލަ ރޭންކިން ކަނޑައެޅޭނީ ހަ މުބާރާތް ނިމުމުންނެވެ. އަހަރު ނިމޭއިރު ރޭންކިންގެ އެންމެ ކުރީގައި އުޅޭނީ އަހަރުގެ އެއް ވަނަ ބޮޑީބޯޑަރެވެ.

ބޮޑީބޯޑިން އެސޯސިއޭޝަންގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "އަދަދު" އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox