އެމްޓީސީސީ ބުރުނު ޝިކާރު: ކުޑަ އައްޔަގެ ކާމިޔާބީ އަށް ހުއްޓުމެއް ނެތް

Mar 26, 2022, 3:38 PM
އެމްޓީސީސީ ބުރުނު ޝިކާރު ޗެލެންޖްގެ މެންސް އޯޕަން ޑިވިޝަން ކާމިޔާބުކުރި ކުޑަ އައްޔަ (ކ)އާ މިނިސްޓަރު އަހުމަދު މަހުލޫފް ޓްރޮފީ އާއި އިނާމް ފައިސާ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެމްޓީސީސީ ބުރުނު ޝިކާރު ޗެލެންޖްގެ މެންސް އޯޕަން ޑިވިޝަން ކާމިޔާބުކުރި ކުޑަ އައްޔަ (ކ)އާ މިނިސްޓަރު އަހުމަދު މަހުލޫފް ޓްރޮފީ އާއި އިނާމް ފައިސާ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގެ ބޮޑީބޯޑިންގެ ހާއްސަ މުބާރާތް، އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2022ގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދިއިރު، ޖޫނިއާ ބައިގެ ޗެމްޕިއަންކަން އަބްދުﷲ ޝިމާލް ޝަމީމް ހޯދައިފި އެވެ.

މުޅިން އަލަށް މި އަހަރު ފެށި ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2022ގެ އޯޕަން ބައި ކުޑަ އައްޔަ ކާމިޔާބުކުރިއިރު، އޭނާ އަކީ މި މުބާރާތް މީގެ ކުރިން ބޭއްވި ތިން ފަހަރު ވެސް ޗެމްޕިއަނެވެ. އަހަރުގެ ފުރަތަމަ މުބާރާތުގެ ގޮތުގައި ބާއްވަމުން އައި ބުރުނު ޝިކާރުގެ ފުރަތަމަ މުބާރާތް ބޭއްވީ 2013 ގަ އެވެ.

އޭގެ ފަހުން 2014 އާއި 2015 ގައި ވެސް މި މުބާރާތް ބޭއްވި އެވެ. ތިން ފަހަރުވެސް އޯޕަން ބައި ކާމިޔާބުކުރީ ދާދި ފަހުން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެއް ވަނަ ބޮޑީބޯޑަރުގެ ޝަރަފް ހޯދި ކުޑަ އައްޔަ އެވެ.

އެމްޓީސީސީ ބުރުނު ޝިކާރު ޗެލެންޖްގެ ތިން ޑިވިޝަނުގެ ގަދަ ތިނެއްގައި ހިމެނުނު ބޮޑީބޯޑަރުން ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޖުމްލަ 33 ބޮޑީ ބޯޑަރުން ވާދަކުރި އޯޕަން ބައިގެ ފައިނަލްގައި ކުޑަ އައްޔަ ނުކުތީ އަލީ ޖާވިދު (ޖާއްޓެ)އާ ދެކޮޅަށެވެ. ފައިނަލް ހީޓު އައްޔަ ކާމިޔާބުކުރީ މުޅި މުބާރާތުގެ އެންމެ މަތީ ސްކޯ ކަމަށްވާ 15.00ގެ ޕޮއިންޓުގެ ސްކޯ އަކުންނެވެ. މި ހީޓުގައި އޭނާ ވަނީ އެއް ރާޅުގައި 9.17 ގެ ސްކޯ އެއްވެސް ހޯދައިފަ އެވެ. މިއީ މި މުބާރާތުގައި ހުރިހާ ހީޓެއް އެއްކޮށް އެއް ރާޅެއްގައި ބޯޑީބޯޑަރަކު ސްކޯކުރި އެންމެ މަތީ ޕޮއިންޓް ސްކޯ އެވެ. ފައިނަލުގައި ޖާއްޓެ އަށް ސްކޯ ކުރެވުނީ 10.20 ޕޮއިންޓެވެ.

ފިރިހެން އޯޕަން ބައިގެ ތިން ވަނަ ހޯދީ މީގެ ކުރިން ގައުމީ ބޮޑީބޯޑިން ޓީމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ އަލީ ޝާމް ރާފިއު އެވެ. ޝާމް ސެމީ ފައިނަލްގައި ބަލިވީ ޗެމްޕިއަން ކުޑަ އައްޔަ އާ ވާދަކޮށެވެ. ސެމީ ފައިނަލްގައި ކުޑަ އައްޔަ 13.94 ޕޮއިންޓް ސްކޯ ކުރިއިރު، ޝާމް އަށް ސްކޯ ކުރެވުނީ 9.27 ޕޮއިންޓެވެ. ފައިނަލާއި ސެމީ ފައިނަލްގައި ޗެމްޕިއަން ކުޑަ އައްޔަ ފެނުނީ އެހެން ބޮޑީބޯޑަރުންނަށް ވުރެ ތަފާތު މޮޅު ހުނަރުތައް ދައްކާލައި ޑޮމިނޭޓްކޮށްލި ތަނެވެ.

ފައިނަލް ހީޓުގައި ކުޑަ އައްޔަ ރާޅާ އަޅަނީ: ފައިނަލުގައި ކުޑަ އައްޔަގެ ފަރާތުން ފެނުނީ ތަޖުރިބާ އާއި ހުނަރުގެ ތަފާތު.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އަބްދުﷲ ޝިމާލް ޝަމީމެވެ. ފުވައްމުލަކުގެ ޝިމާލް އާ ދެކޮޅަށް ފައިނަލްގައި ނުކުތީ އެ ރަށުގެ މުހައްމަދު ޖަރީޝް ޖިހާދު އެވެ. ފައިނަލް މެޗު ޝިމާލް ކާމިޔާބުކުރީ ޖޫނިއާ ޑިވިޝަންގެ އެންމެ މަތީ ސްކޯ ކަމަށްވާ 13.66 ގެ ސްކޯ އަކުންނެވެ. ޖަރީޝް އަށް ސްކޯ ކުރެވުނީ 11.50 ޕޮއިންޓެވެ.

ތޭރަ ބޮޑީބޯޑަރުން ވާދަކުރި ޖޫނިއާ ޑިވިޝަންގެ ތިން ވަނަ ހޯދީ އާމިން އުމަރު މޫސާ އެވެ. ސެމީ ފައިނަލުން ކެޓި ދެ ބޯޑަރުންގެ ސްކޯއަށް ބަލާއިރު އާމިން އަށް ކުރި ލިބުނީ 2.34ގެ ތަފާތަކުންނެވެ. އާމިން ސެމީ ފައިނަލްގައި 10.00 ޕޮއިންޓުގެ ސްކޯއެއް ހޯދި އެވެ. ދެ ވަނަ ސެމީ ފައިނަލުން ބަލިވި އާމިންގެ ކޮއްކޮ އިޔާން އަހުމަދަށް ލިބުނީ 7.66 ގެ ސްކޯ އެކެވެ.

ފައިނަލް ހީޓުތަކަށް ފަހު އޮތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އެވެ. މީގެ އިތުރުން ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ޙަސަން އާއި ބުރުނު ޝިކާރު ޗެލެންޖްގެ މެއިން ސްޕޮންސަރުން ކަމަށްވާ އެމްޓީސީސީގެ އިސް ބައެއް ވެރިން ހިމެނެ އެވެ.

ޖޫނިއާ ޗެމްޕިއަންކަން ހޯދި ޝިމާލް (ކ)އާ ޓްރޮފީ ހަވާލުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި އަހަރުގެ ކަލަންޑަރުގައި ބޮޑީބޯޑިން ލީގެއްގެ ގޮތުގައި ޖުމްލަ ހަ އިވެންޓެއް ވަނީ ހިމަނައިފަ އެވެ. އެއީ މި ނިމުނު ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖާއި، މެއި 26 އިން ޖޫން 4 އަށް އޮތް ލަބޭރާ ބޮޑީބޯޑިން ޗެލެންޖް، ޖުލައި 14-23 އަށް ބާއްވާ ގައުމީ ބަނޑުފިލާ ޗެލެންޖް، ސެޕްޓެމްބަރު 10 ގައި އޮންނަ ސުލްޓާން އޮފް ތަނބުރުދޫ، އޮކްޓޫބަރު 6-15 އަށް ބާއްވާ އަދަހުކުރު ގޮންޖެހުން އަދި އޮކްޓޫބަރު 6-15 އަށް ބާއްވާ މުލަ ބޮޑީބޯޑިން ޗެލެންޖް އެވެ.

މި އިވެންޓްތައް ރޭވިފައިވާ ގޮތަށް ބަލާއިރު، ފަސް މުބާރާތް އޮންނާނީ މާލޭ ރާޅުގަނޑު ސަރަހައްދުގަ އެވެ. އަދި އެއް އިވެންޓް، ކ.ތަނބުރުދޫގައި ކުރިއަށްދާނެ އެވެ. ފުރަތަމަ ދެ މުބާރާތް ނިމުމުން ޖޫން މަހު ގައުމީ ބޮޑީ ބޯޑިން ޓީމާއި ޖޫނިއާ ސްކޮޑެއް އެކުލަވާލާނެ އެވެ. އެމްބީބީއޭގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "އަދަދު" އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox