އެމްޓީސީސީ ބުރުނު ޝިކާރު: ފުރަތަަމަ ދެ ދުވަހު ވެސް ފޯރިގަދަ ހީޓުތަކެއް

Mar 25, 2022, 7:21 AM
އެމްޓީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގެ ތެެރެއިން.-- ފޮޓޯ: އެމްބީބީއޭ/ހުޕާ

އެމްޓީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގެ ތެެރެއިން.-- ފޮޓޯ: އެމްބީބީއޭ/ހުޕާ

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގެ ބޮޑީބޯޑިންގެ ހައްސަ މުބާރާތް، އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް އިއްޔެ، ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާއިރު، ފުރަތަމަ ދެ ދުވަހު ވެސް މިހާތަނަށް ވަނީ ފޯރިގަދަ ހީޓްތަކެއް ކުރިއަށް ގޮސްފަ އެވެ.

އިއްޔެ ވަނީ މެންސް އޯޕަން ޑިވިޝަނުގެ ފުރަތަމަ ރައުންޑްގެ ނުވަ ހީޓަކާއި ޖޫނިއާ މެންސް ޑިވިޝަނުގެ ފުރަތަމަ ރައުންޑުގެ ހަތަރު ހީޓެއްގެ އިތުރުން މެންސް އޯޕަން ޑިވިޝަނުގެ ދެ ވަނަ ރައުންޑްގެ ރީކޮލިފައިން ތިން ހީޓެއް ކުރިއަށްދިޔަ އެެވެ.

ފިރިހެނުންގެ އޯޕަން ޑިވިޝަނާއި ޖޫނިއާ މެންސް ޑިވިޝަނުގައި އިއްޔެ ވަނީ 18 ހީޓެއް ޖުމްލަ އެއްކޮށް ކުރިއަށް ގޮސްފަ އެވެ. ހީޓެއްގެ ދިގުމިނަކީ 20 މިނިޓެވެ. މީގެއިން ކޮންމެ ހީޓެއްގައި 15 ރާޅު އަޅަން ކޮންމެ ބޮޑީބޯޑަރަކު ފުރުސަތު އޮންނައިރު، އޭގެއިން ޖަޖުން ހޮވާނީ އެންމެ ގިނަ ޕޮއިންޓް ދެވޭނެ ދެ ރާޅެއްގެ ޕޮއިންޓްތަކެވެ.

އިއްޔެ ވަނީ އަންހެން ޑިވިޝަނުގެ ދެ ހީޓެއް ވެސް ވަނީ ކުރިއަށް ގޮސްފަ އެވެ. މި މުބާރާތަކީ ރާއްޖޭގެ ބޮޑީބޯޑިންގައި އަންހެން ޑިވިޝަނެއް ހިމެނި ފުރަތަމަ ފަހަރެވެ.

އެމްޓީސީސީ ބުރުނު ޝިކާރު ޗެލެންޖްގެ އަންހެން ޑިވިޝަނުގެ ހީޓެއްގެ ތެރެއިން.-- ފޮޓޯ: އެމްބީބީއޭ/ ހޫޕާ

ހީޓްތައް ކުރިއަށްދިޔަ ގޮތަށް ބަލާއިރު އެންމެ ފޯރިގަދަކޮށް ދިޔައީ މެންސް އޯޕަން ޑިވިޝަންގެ ފުރަތަމަ ރައުންޑުގެ ތިން ވަނަ ހީޓާއި ހަތަރު ވަނަ ހީޓެވެ. ތިން ވަނަ ހީޓުގައި ވާދަވެރިކޮށް ގޮސް، އަބްދުﷲ ޝިމާލް ޝަމީމް އެއް ވަނަ ހޯދީ 9.53 ޕޮއިންޓުންނެވެ. ދެ ވަނަ އަށް ދިޔައީ، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ވަރުގަދަ ބޮޑީބޯޑަރެއްގެ ގޮތުގައި ފެނުނު އަލީ ޝާމް ރާފިއު 6.06 ޕޮއިންޓް ހޯދިއިރު، ތިން ވަނަ އަށް ދިޔަ މި ވަގުތު ރާއްޖޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް، އަސްވާން މުހައްމަދު ވަނީ 5.66 ޕޮއިންޓް ސްކޯކޮށްފަ އެވެ. މި ހީޓުގައި ދެން ހިމެނުނު އިބްރާހިމް ޝިމާންގެ ސްކޯރިން އެއް ނުހިމަނަ އެވެ.

ހަތަރު ވަނަ ހީޓަށް ބަލާއިރު، 11.00 ޕޮއިންޓް ސްކޯކޮށްގެން އެއް ވަނަ އަށް ދިޔަ މުހައްމަދު ރީޝާން އަކީ މިދިޔަ އަހަރުތަކަށް ބަލާއިރު، ކާމިޔާބު ބޮޑީބޯޑަރެކެވެ. ދެ ވަނަ އަށް ދިޔައީ ގައުމީ ޓީމުގައި ހިމެނޭ އަހުމަދު ނަޒްމީން އެވެ. އޭނާ ވަނީ 9.33 ޕޮއިންޓް ސްކޯކޮށްފަ އެވެ. ތިން ވަނަ އަށް ދިޔަ ދާއޫދު ފަޒީހް ވަނީ 7.66 ޕޮއިންޓް ސްކޯކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރުތަކުގައި ރަނގަޅު ވާދައެއް ކުރި އިނާޝް ނައީމް މި ހީޓުގެ ހަތަރަކަށް ދިޔައިރު، އޭނާގެ ސްކޯރިން އަކީ 5.10 ޕޮއިންޓެވެ.

ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު އަލީ ހުޝްރުވާން (ކުޑައައްޔަ) ވަނީ 11.63 ޕޮއިންޓް ސްކޯކޮށް، އޭނާ ވާދަކުރި، ފުރަތަމަ ރައުންޑުގެ ހީޓް ފަހެއްގެ އެއް ވަނަ ހޯދައި އަނެއް ބުރަށް ދަތުރުކޮށްފަ އެވެ. މި ހީޓުގެ ދެ ވަނަ އަށް ދިޔަ މުހައްމަދު ނިފާޒް ވަނީ 5.94 ޕޮއިންޓް ސްކޯކޮށްފަ އެވެ. އަދި ތިން ވަނަ އަށް ދިޔަ ރިޒްވާން އަހުމަދު މުހައްމަދުގެ ސްކޯ އުޅެނީ 2.27 ޕޮއިންޓުގަ އެވެ.

އިއްޔެގެ ހީޓެއްގެ ތެރެއިން ކުޑަ އައްޔަ ރާޅާއަޅަނީ.-- ފޮޓޯ: އެމްބީބީއޭ/ ހޫޕާ

މި މުބާރާތަކީ މި ފަހަރު މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން މުޅިން އަލަށް ފެށި ގައުމީ ލީގުގެ ފުރަތަމަ މުބާރާތެވެ. މި މުބާރާތާއި އަންނަ މެއި މަހު ފަށާ ލަބޭރާ ބޮޑީބޯޑިން ޗެލެންޖް ނިމުމުން ގައުމީ ބޮޑީބޯޑިން ޓީމެއް އެކުލަވާލާނެ އެވެ. އެއީ މި ދެ މުބާރާތުގެ ސްކޯރިން އަށް ބަލައިފަ އެވެ.

މީގެ އިތުުރުން މި ދެ މުބާރާތަށް ބަލާފައި ގައުމީ ޖޫނިއާ ސްކޮޑެއް ވެސް ނަގާނެ އެވެ. އެއީ މުސްތަގުބަލަށް ރަނގަޅު ގައުމީ ޓީމެއް އެކުލަވާލުމަށްޓަކައި ކުރެވޭ މަސައްކަތެކެވެ.

އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގައި މިއަދު ހަތެއް ޖަހާއިރު ފަށާފައިވާއިރު، ފުރަތަމަ އޮތީ މެންސްގެ ރައުންޑް ޓޫ ރިކޮލިފައިންގެ ހަތަރު ވަނަ ހީޓެވެ. އޭގެ ފަހުން ޖޫނިއާ މެންސްގެ ހީޓްތަކާއި މެންސް އޯޕަންގެ އިތުރު ހީޓްތަކާ އެކު ފޯރިގަދަ އަދި ވާދަވެރި ހީޓްތަކެއް އެކި ޑިވިޝަންތަކުން ފެނިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox