އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް ފަށާނީ މި މަހު 23 ގައި

Mar 20, 2022, 2:52 PM
ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރުގެ މަގާމު ހޯދި ކުޑަ އައްޔަ ރާޅާއަޅަނީ.-- ފޮޓޯ: އޭޖޭ/ އަލީ ހުޝްރުވާން އަހުމަދު-ފޭސްބުކް

ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރުގެ މަގާމު ހޯދި ކުޑަ އައްޔަ ރާޅާއަޅަނީ.-- ފޮޓޯ: އޭޖޭ/ އަލީ ހުޝްރުވާން އަހުމަދު-ފޭސްބުކް

މިއަދު ފަށާ ގޮތަށް ހަަމަޖެހިފައި އޮތް އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް މި މަހު 23 ވަނަ ދުވަހު ފަށާ ގޮތަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބަދަލުކޮށްފި އެވެ.

އެމްބީބީއޭ އިން ހަތް އަހަރަށް ފަހު ބުރުުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް އަލުން ބާއްވާއިރު، މި މުބާރާތަކީ މި އަހަރު އަލަށް ފަށާ ބޮޑީބޯޑިން ގައުމީ ލީގުގެ ފުރަތަމަ މުބާރާތެވެ.

އެމްބީބީއޭ އިން ބުނީ ރާޅު އެންމެ ރަނގަޅު ދުވަސްތަކަށް ބަލާފައި މުބާރާތް ފެށުމަށް ބޭނުންވާތީ މިހާރު އޮތްގޮތުން ބުރުނު ޝިކާރު މުބާރާތް ފަށާނީ އަންނަ ބުދަ ދުވަހު ކަމަށެވެ. މުބާރާތް ކުރިއަށްދާނީ ރާޅުގަނޑު ސަރަހައްދުގަ އެެވެ.

އެންމެ ފުރަތަމަ އެމްބީބީއޭ އިން 2013 ވަނަ އަހަރު ބުރުނު ޝިކާރު ބާއްވައި ދެން އައި ތިން އަހަރު ވެސް އެ މުބާރާތް ކުރިއަށްގެންދިޔަ އެވެ. އެކަމަކު، އޭގެ ފަހުން މިވީ ހަތް އަހަރު ފަހުން ފުރަތަމަ ފަހަރަށް ބާއްވާ މި މުބާރާތުގެ ފޯރި ފެންނަނީ ގަދަކޮށެވެ.

ބުރުނު ޝިކާރު ޗެލެންޖްގެ ވާދަވެރިކަން ބޮޑުވާނެ އެންމެ ބޮޑު އަނެއް ސަބަބަކީ މި މުބާރާތާއި މެއި މަހު ފަށާ ލަބޭރާ ބޮޑީބޯޑިން ޗެލެންޖް ނިމުމުން ގައުމީ ބޮޑީބޯޑިން ޓީމެއް އެކުލަވާލާނެ އެވެ. އެއީ އެ ދެ މުބާރާތުގެ ސްކޯރިން އަށް ބަލައިފަ އެވެ.

މި ވަގުތު އޮތީ 2019 އިން ފެށިގެން ވެސް އޮތް ގައުމީ ބޮޑީބޯޑިން ޓީމެވެ. އެހެންކަމުން، ބުރުނު ޝިކާރާއި ލަބޭރާ ބޮޑީބޯޑިން ޗެލެންޖަށް ފަހު ދެން ފެންނާނީ އާ ގައުމީ ބޮޑީބޯޑަރުންގެ ޓީމެވެ. އެ ގައުމީ ސްކޮޑު މި އަހަރުގެ ފަހު ބޮޑީބޯޑިން މުބާރާތާ ހަމައަށް އޮންނާނެ އެވެ. އޭގެ ފަހުން އަންނަ އަހަރަށް ބޮޑީބޯޑިން ގައުމީ ޓީމު ނަގާނީ މި އަހަރުގެ ގައުމީ ލީގުގެ ހަ އިވެންޓް ނިމުމުންނެވެ.

ބޮޑީބޯޑިންގެ ގައުމީ ޖޫނިއާ ސްކޮޑެއް ވެސް ގެންގުޅެން އެމްބީބީއޭ އިން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތުގެ ފެށުމެއްގެ ގޮތުން ބުރުނު ޝިކާރާއި ލަބޭރާ ޗެލެންޖް ނިމުމުން ޖޫނިއާ ސްކޮޑެއް އެކުލަވާލައި، އެ ކުދިންނަށް ވެސް ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ފަށާނެ އެވެ. އެ ސްކޮޑު އަންނަ އަހަރަށް ބަދަލުވާނީ މި އަހަރުގެ ބޮޑީބޯޑިން ލީގު ނިމުމުން ޖުމްލަ ސްކޯރިން އަށް ބަލައިފަ އެވެ.

މި އަހަރު ފުރަތަމަ ފަހަރަށް ބޮޑީބޯޑިން އިން ޑިޖިޓަލް ސްކޯރިން ސިސްޓަމެއް ބޭނުކުރާއިރު، ދާދި ފަހުން ވަނީ ބޮޑީބޯޑިންގެ ރަސްމީ ވެބްސައިޓް ވެސް ލޯންޗްކޮށްފަ އެވެ. ބޮޑީބޯޑިން އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިރާގު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox