ގްރީން ސްޓްރީޓްސް ބަލިކޮށް އީގަލްސް މަގާމު ދަމަހައްޓައިފި

Mar 19, 2022, 1:10 PM
އީގަލްސްގެ ރިޒޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

އީގަލްސްގެ ރިޒޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް 4-2 އިން ބަލިކޮށް ކްލަބް އީގަލްސް އިން ފުރަތަމަ ބުރުގައި ދެ ވަނަ މަގާމު ދަމަހައްޓައިފި އެވެ.

މިއަދުގެ ނަތީޖާއާ އެކު އީގަލްސް އިން ވަނީ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. މާޒިޔާ އަށް ހަ މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އީގަލްސް އޮތީ ހަތް މެޗުން 16 ޕޮއިންޓާ އެކު އެވެ. މިރޭ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ވެލެންސިއާ އާއި މާޒިޔާ ބައްދަލުކުރާނެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސް އިން ވަނީ ފުރަތަމަ ހަތް މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ ފަސް ވަަނަ މިނިޓްގައި އީގަލްސް އިން ލީޑުނެގީ އަހުމަދު ހަސަން (އައްމަޑޭ) ޖެހި ގޯލުންނެވެ. އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ފުރަތަަމަ ދޭން އުޅުނީ އެ ޓީމުގެ އަހުމަދު ރިޒްވާން (ރިޒޭ) އަށެވެ. އެކަމަކު، ގްރީން ސްޓްރީޓްސްގެ ޑިފެންޑަރަކު ފައިގައި ޖެހިފައި ދެ ވަނަ ފަހަރަށް ލިބުމުން ހަންނަ ހުރަސްކުރީ ހުސްކޮށް ހުރި އައްމަޑޭ އެވެ. އައްމަޑޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސްގެ ފަރުއްކޮ (ކ) ކައިރިން އީގަލްސްގެ ހަންނަ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އެފްއޭއެމް

އޭގެ ދެ މިނިޓް ފަހުން އައްމަޑޭ ޖެހި ބޯޅައެއް ހުރަސްދަނޑީގައި ޖެހިފައި އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) އަށް ލިބުމުން އޭނާ ވަނީ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ.

މި ހާފުގެ ބޮޑުބައި އީގަލްސްގެ ކުޅުން ފެނުނުއިރު، ރިޒޭ ވަނީ ރަނގަޅު ދެ ހަމަލާ ފޮނުވާލައިފަ އެވެ. ރިޒޭގެ ދެ ޝޮޓް ގްރީން ސްޓްރީޓްސްގެ ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

ދެ ކާޑު ހަަމަވުމުގެ ސަބަބުން އައި ސަސްޕެންޝަނާ ހެދި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ނުކުޅެ އެވެ. ދެ ވަނަ ހާފު ފަށައިގެން ގްރީން ސްޓްރީޓްސް އިން ރަނގަޅަށް ކުޅެ ގޯލެއް ޖެހި އެވެ. މެޗުގެ 54 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ވަނީ ހަމަޖެހިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސް އިން މެޗުގެ ތެރެއަށް ވަދެ ހަމަޖެހިނުލެވެނިސް އީގަލްސް އިން ގާތްގާތުގައި ދެ ގޯލު ޖެހި އެވެ. މި ދެ ގޯލު ވެސް ޖެހީ ރިޒޭ އެވެ. ތިން މިނިޓް ތެރޭ ރިޒޭ ދެ ގޯލު ޖެހިއިރު، ފުރުސަތު ތަނަވަސްކޮށްދިނީ ހަންނަ އާއި އައްމަޑޭ އެވެ.

މެޗުގެ 76 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ ޗޯޓު އަށް އީގަލްސްގެ ކީޕަރު ލެބަނަންގެ މުހައްމަދު ތާހާ ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ގްރީން ސްޓްރީޓްސްގެ ސްޕެއިން މިޑްފީލްޑަރު އެންހެލް ކަރަސްކޯސާ މުނޯޒް ޖެހި ގޯލުންނެވެ. އޭގެ މިނިޓެއް ފަހުން ޗޯޓު އަށް ވަނީ ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭނުންނުކުރެވިފަ އެވެ.

އިތުރު ގޯލެއް ޖަހައި މެޗުގެ ތެރެއަށް ވަަދެވޭތޯ ގްރީން ސްޓްރީޓްސް އިން ކުރި މަސައްކަތުގައި 86 ވަނަ މިނިޓްގައި އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ޖޯޑީ ބާޓީ ޖެހި ހިލޭ ޖެހުން ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން އީގަލްސްގެ ރިޒޭ ހެޓްރިކެއް ހަދަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox