ޓީސީ އާއި ޔުނައިޓެޑް ވިކްޓްރީ އަށް ޕޮއިންޓެއް

ޔުނައިޓެޑް ވިކްޓްރީ އާއި ޓީސީ ކުޅުނު މެޗެއްގެ ތެެރެއިން.-- ފޮޓޯ: އަދަދު

ޔުނައިޓެޑް ވިކްޓްރީ އާއި ޓީސީ ކުޅުނު މެޗެއްގެ ތެެރެއިން.-- ފޮޓޯ: އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ޓީސީ ސްޕޯޓްސް ކްލަބް 3-3 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާ އެކު މި ދެ ޓީމަށް ފުރަތަމަ ބުރުގެ މެޗުތައް ނިމިފައިވާއިރު، ޓީސީ އަށް ވަނީ މި ބުރުގައި ގަދަ ހަތަރެއް ޔަގީންވެފަ އެވެ. ޓީސީ ހަތަރު ވަނައިގައި އޮތީ ހަތް މެޗުން 10 ޕޮއިންޓް ހަމަކޮށްގެންނެވެ. ޔުނައިޓެޑް ވިކްޓްރީ ފަސް ވަނައިގައި އޮތީ ހަތް މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.

ޔުނައިޓެޑް ވިކްޓްރީ އިން ވަނީ މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ އަލީ ހަމްދާން (އައްޔަ) ގޯލު ކުރިމައްްޗަށް ހުރަސްކޮށްލި ބޯޅަ މުސައްނިފު އަހުމަދު ގޯލަށް ފޮނުވާލި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

އޭގެ ތިން މިނިޓް ފަހުން ޓީސީން ލީޑުނެގި އެވެ. އޭރިއާބޭރުން ހަމްދޫން އަބްދުލް ލަތީފް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އަނަފް ޒަރިޔަންދު ބޯމަތިން ގޮހެވެ.

މެޗުގެ 21 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީން އެއްވަރުކުރި އެވެ. މިއީ ޓީސީ އޭރިއާތެރެއިން އައްޔަ ހުސްކޮށްލާފައި ދިން ބޯޅައަކުން އެ ޓީމުގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް ޖެހި ގޯލެކެވެ. ވެރާސް ވަނީ ބޯޅަ ލިބުމުން ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިފަ އެވެ.

ޓީސީ އަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނަގައިދޭން އެެ ޓީމުގެ މިސްރު ފޯވާޑް އޮމަރު ހޮސާމް ސަލާހު ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ ސީދާ ނުވެ އެެވެ. ރެފްރީ ހަސަން މުހައްމަދުގެ ނިންމުންތަކާ ދެ ޓީމުގެ ބެންޗުން ވެސް ހިތްހަމަނުޖެހުން ފާޅުކުރަމުންދިޔައިރު، ޓީސީގެ އޮފިޝަލަކަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓްރީން ވަނީ އަލުން ލީޑުނަގައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި އޭރިއާތެރެއަށް ހިލޭ ޖެހުމަކުން ހުރަސްވި ބޯޅަ އިވާން ބޮލުން ޖައްސާލުމުން އޭރިއާތެެރެއިން ހުސްކޮށް އަރައި އަލީ ހައިޝަމް (ޗުމްޕު) ވަނީ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ.

ޓީސީން އެއްވަރުކުރީ މެޗުގެ 63 ވަނަ މިނިޓްގައި ޒަޔާން ނަސީރު (ޒައްޔު) ޖެހި ގޯލުންނެވެ. ޓީސީ ޓީމުގެ ސަލާހު ދިން ބޯޅައަކުން ޒައްޔު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އަނަފް އަތުގައި ޖެހިފަ އެވެ. ޓީސީން އޭގެ ފަހުން ދިޔައީ ކައުންޓަ އެޓޭކުގައި ލިބޭ ޖާގަތަކުގައި އެޓޭކްކުރެވޭތޯ ބަލަމުންނެވެ. އޭގެއިން ބޯޅައެއްގައި މެޗުގެ 80 ވަނަ މިނިޓްގައި ސަލާހު ވަނީ އެ ޓީމަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދީފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފަހުމާން އަބްދުލް ހަމީދު ދިން ބޯޅަ ސަލާހު ވަނީ އޭރިއާ ބޭރުން ކީޕަރު އަނަފް އަތްމަތިން ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ.

އެކަމަކު، މި ލީޑު ހިފަހައްޓައިލެވުނީ ތިން މިނިޓް ވަންދެނެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައި އިވާން ވަނީ ޔުނައިޓެޑް ވިކްޓްރީ އަށް އެއްވަރުކޮށްދީފަ އެވެ. އަލުން ޓީސީ އަށް ކުރި ހޯދައިދޭން ފަހުމާން ދިން ބޯޅައަކުން ސަލާހު ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ލީގުގައި މިރޭ ކުޅޭ މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox