ބޮޑީބޯޑިން "ބުރުނު ޝިކާރު"ގެ ސްޕޮންސަރަކަށް އެމްޓީސީސީ

Mar 17, 2022, 6:05 AM
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (ކ) އާއި އެމްބީބީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) ސަލާމްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (ކ) އާއި އެމްބީބީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) ސަލާމްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ހަތް އަހަރަށް ފަހު އަލުން ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް ބާއްވާއިރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަމަޖައްސައިފި އެވެ.

ބޮޑީބޯޑިން ސީޒަން ފަށާ ބުރުނު ޝިކާރު ބޮޑިބޯޑިން ޗެލެންޖް އޮންނާނީ މި މަހު 20-30 އަށް ރާޅުގަނޑު ސަރަހައްދުގަ އެވެ. އެމްޓީސީސީ ޓަވަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގެ ސްޕޮންސަރު އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އެމްބީބީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އެވެ.

އިއްޔެ ބޭއްވި އިވެންޓްގައި އެމްޓީސީސީގެ ސީއީއޯ އާޒިމް (ކ) އާއި އެމްބީބީއޭގެ ރައީސް ފުކޫ ކޮންޓްރެކްޓްގައި ސޮއިކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެމްބީބީއޭގެ ހަރަކާތްތައް ރަސްމީ ސިފައެއް ޖެހިގެން ފެށުނުއިރު، އެންމެ ފުރަތަަމަ ބޭއްވި އެއް މުބާރާތަކީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް އެވެ. އެ ގޮތުން 2013 ވަނަ އަހަރު ފަށައި، އޭގެ ތިން މުބާރާތް ޖެހިޖެެހިގެން ތިން އަހަރު ބޭއްވި އެވެ. އެކަމަކު، ފަހުން އެކި ސަބަބުތަކާ ހުރެ އެ މުބާރާތް އޮތީ ހުއްޓިފަ އެވެ. ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ބުރުނު ޝިކާރު ބާއްވާއިރު، އެމްޓީީސީސީ ފަދަ ސްޕޮންސަރުން މުބާރާތުގައި ބައިވެރިވުމަކީ މުބާރާތް ޕްރޮމޯޓްކުރުމަށް ލިބޭ ހިތްވަރެކެވެ.

ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖަކީ ރާއްޖޭގައި މުޅިން އަލަށް މި ފަހަރު ފަށާ، ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތެވެ. އެހެންކަމުން، މިއީ ކޮންމެ ގޮތެއް ވިޔަސް ތާރީހީ މުބާރާތަކަށް ވާނެ އެވެ.

މި އަހަރުގެ ކަލަންޑަރުގައި ބޮޑީބޯޑިން ލީގެއްގެ ގޮތުގައި ޖުމްލަ ހަ އިވެންޓެއް ވަނީ ހިމަނައިފަ އެވެ. އެއީ މި މަހު 20-30 އަށް އޮތް ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް، މެއި 26 އިން ޖޫން 4 އަށް އޮތް ލަބޭރާ ބޮޑީބޯޑިން ޗެލެންޖް، ޖުލައި 14-23 އަށް ބާއްވާ ގައުމީ ބަނޑުފިލާ ޗެލެންޖް، ސެޕްޓެމްބަރު 10 ގައި އޮންނަ ސުލްޓާން އޮފް ތަނބުރުދޫ، އޮކްޓޫބަރު 6-15 އަށް ބާއްވާ އަދަހުކުރު ގޮންޖެހުން އަދި އޮކްޓޫބަރު 6-15 އަށް ބާއްވާ މުލަ ބޮޑީބޯޑިން ޗެލެންޖް އެވެ. މި އިވެންޓްތައް ރޭވިފައިވާ ގޮތަށް ބަލާއިރު، ފަސް މުބާރާތް އޮންނާނީ މާލޭ ރާޅުގަނޑު ސަރަހައްދުގަ އެވެ. އަދި އެއް އިވެންޓް، ކ.ތަނބުރުދޫގައި ކުރިއަށްދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox