އެމްބީބީއޭގެ ލޯގޯ އަށް ބަދަލެއް، އެސޯސިއޭޝަންގެ ވެބްސައިޓާ އެކު އާ ހަރުފަތަކަށް

Mar 16, 2022, 7:22 PM
ހެންވޭރު ބޯޅަގޭގައި ބޭއްވި އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހެންވޭރު ބޯޅަގޭގައި ބޭއްވި އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ އަހަރީ އާންމު ޖަލްސާ ބާއްވައި އެސޯސިއޭޝަންގެ ލޯގޯ އަށް ގެނައި ބަދަލެއް ފާސްކުރުމުގެ އިތުރުން އެމްބީބީއޭގެ ވެބްސައިޓް ލޯންޗްކޮށް ތާރީހީ ފިޔަވަޅެއް ކުރިއަށް އަޅައިފި އެެވެ.

ހެންވޭރު ބޯޅަގޭގައި ރޭ ބޭއްވި އެމްބީބީއޭގެ އަހަރީ ޖަލްސާގައި ރިޔާސަތު ބެލެހެއްޓީ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އެވެ. މީގެ އިތުރުން ޖަމިއްޔާގެ ހިންގާ ކޮމިޓީގައި ހިމެނޭ ސީނިއާ މެމްބަރުން ކަމަށްވާ ނައިބު ރައީސް އަހުމަދު އަފްނާން، ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) އަދި އިވެންޓް ކޯޑިނޭޓަރު އަހުމަދު ޒައީމް ބައިވެރިވެވަޑައިގެންނެވި އެވެ.

ހެންވޭރު ބޯޅަގޭގައި ބޭއްވި އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ޖަލްސާގައި އެސޯސިއޭޝަންގެ 25 މެމްބަރުން ބައިވެރިވިއިރު، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް އިއްވައި، މި އަހަރުގެ އަހަރީ ކަލަންޑަރުގެ ބަދަލުތައް މެމްބަރުންނަށް ކިޔައިދިނެވެ. އަދި މި އަހަރަށް އަންދާޒާ ކުރާ ބަޖެޓާއި އެމްބީބީއޭގެ ލޯގޯ އަށް ގެނައި ބަދަލާ މެމްބަރުންގެ ތާއީދާ އެކު ފާސްކުރި އެވެ. މީގެ އިތުރުން ހާއްސަ ކަމެއްގެ ގޮތުގައި ނުވަ އަހަރު ވަންދެން މަސައްކަތްކުރަމުން އައި އެމްބީބީއޭގެ ވެބްސައިޓްގެ މަސައްކަތް ނިންމައި، ވަނީ ލޯންޗްކޮށްފަ އެވެ.

"މިއީ ހަގީގަތުގައި އެސޯސިއޭޝަން ފެށިގެން އައި 9 އަހަރު ދުވަހު ބޭނުންވެފައި ހުރި ކަމެއް. މި ވެބްސައިޓާ އެކު އެމްބީބީއޭގެ އިވެންޓްސް ދެން، އެތުލީޓް ޕްރޮފައިލް، ގައުމީ ލީގުގެ ޕޮއިންޓްސް މި ކަހަލަ އެސޯސިއޭޝަނާ ގުޅޭ މުހިންމު ހުރިހާ މައުލޫމާތެއް ކަހަލަ ގޮތަކަށް ފެންނަން ހުންނާނެ. މިއީ ވަރަށް މުހިންމު ކަމެއް، މި ކުރެވުނީ،" ވެބްސައިޓްގެ މަސައްކަތް ނިންމާލެވުމުގެ ހިތްހަމަޖެހުން ރަޝް، "އަދަދު" އަށް ހިއްސާކުރެއްވި އެވެ.

މީގެ އިތުރުން ހުސްވެފައިވާ އެމްބީބީއޭގެ ހަޒާންދާރުގެ މަގާމަށް ކުރިމަތިލި އެއް ކެންޑިޑޭޓް ކަމަށްވާ އަހުމަދު ޝާފިއު ވަނީ ފުރިހަމަ ތާއީދާ އެކު މަގާމަށް އިންތިހާބުކޮށްފަ އެވެ.

އެމްބީބީއޭގެ ކަލަންޑަރަށް ބަލާއިރު، އެންމެ ބޮޑު ބަދަލަކީ ސީޒަނެއްގެ ކުލަޖައްސައި، ފުރަތަމަ ފަހަރަށް ގައުމީ ބޮޑީބޯޑިން ލީގެއް ފަށަން ނިންމުމެވެ. އެ ގޮތުން މި އަހަރުގެ ކަލަންޑަރުގައި ބޮޑީބޯޑިން ލީގެއްގެ ގޮތުގައި ޖުމްލަ ހަ އިވެންޓެއް ވަނީ ހިމަނައިފަ އެވެ. އެއީ މި މަހު ބާއްވާ އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް، މެއި 26 އިން ޖޫން 4 އަށް އޮތް ލަބޭރާ ބޮޑީބޯޑިން ޗެލެންޖް، ޖުލައި 14-23 އަށް ބާއްވާ ގައުމީ ބަނޑުފިލާ ޗެލެންޖް، ސެޕްޓެމްބަރު 10 ގައި އޮންނަ ސުލްޓާން އޮފް ތަނބުރުދޫ، އޮކްޓޫބަރު 6-15 އަށް ބާއްވާ އަދަހުކުރު ގޮންޖެހުން އަދި އޮކްޓޫބަރު 6-15 އަށް ބާއްވާ މުލަ ބޮޑީބޯޑިން ޗެލެންޖް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox