ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ޕްރެޝަރާ ހެދި އަބްރަމޮވިޗް ޗެލްސީ ހިންގުމާ ދުރަށް

Feb 26, 2022, 8:12 PM
އަބްރަމޮވިޗް ކްލަބް ވޯލްޑް ކަޕްގެ ތަށި ހިފައިގެން.

އަބްރަމޮވިޗް ކްލަބް ވޯލްޑް ކަޕްގެ ތަށި ހިފައިގެން.

ލަންޑަން (ފެބްރުއަރީ 26) - ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައިގެ ޕްރެޝަރުގައި ޖެހި ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު، ރޯމަން އަބްރަމޮވިޗް އެ ކްލަބްގެ ހިންގުމުގެ ކަންކަން ކްލަބްގެ ފައުންޑޭޝަނާ ހަވާލުކޮށްފި އެވެ.

ޔޫކްރެއިނާއި ރަޝިއާ ހަނގުރާމައިގެ ސަބަބުން އިނގިރޭސިވިލާތުން ރަޝިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އޭގެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޗެލްސީގެ ވެރިޔާ، އަބްރަމޮވިޗް އަތުން އެ ކްލަބް ނަގަން ގިނަ ސިޔާސީ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. އެއީ އަބްރަމޮވިޗަކީ ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންގެ އަރިސް މީހަކަށް ވާތީ އެވެ.

އެ ކަންކަމަށް ސީދާ ޖަވާބެއް ދިނުމެއް ނެތި އަބްރަމޮވިޗްގެ ފަރާތުން މިރޭ ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްލަބް ހިންގުމުގެ ކަންކަން އަބްރަމޮވިޗް ވަނީ އެ ޓީމުގެ ފައުންޑޭޝަނާ ހަވާލުކޮށްފައި ކަމަށެވެ.

އަބްރަމޮވިޗް ބުނީ ޗެލްސީއާ ހަވާލުވެ، މިވީ ވިއްސަކަށް އަހަރު ތެރޭގައި ނިންމި ކޮންމެ ނިންމުމަކީ ވެސް ކްލަބްގެ ހައްގުގައި ވަރަށް ވިސްނުންތެރިކަމާ އެކު ކޮށްްފައިވާނެ ކަންކަން ކަމަށެވެ. އަދި މި ވަގުތު ކަންތައްތައް ހިނގަމުން އަންނަ ގޮތަށް ބަލާއިރު، ޗެލްސީގެ ކަންކަން ހިންގަން އެންމެ އެކަށޭނެ ބަޔަކީ އެ ކްލަބްގެ ފައުންޑޭޝަން މެމްބަރުން ކަމަށް އަބްރަމޮވިޗް ވަނީ ބުނެފަ އެވެ.

އަބްރަމޮވިޗް ޗެލްސީ ގަތީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އިނގިރޭސި އެކި މަހުޖަނުން ޗެލްސީ ގަންނަން އައި ނަމަވެސް އަބްރަމޮވިޗް ވަނީ އެ ހުށަހެޅުންތަކަށް ފުރަގަސްދީފަ އެވެ. މި ފަހަރު އަބްރަމޮވިޗް ކުއްލިއަކަށް ޗެލްސީ ހިންގުމުގެ ކަންކަމުން ކޮންޓްރޯލްް ދޫކޮށްލަން ނިންމީ ޔޫކްރެއިނާއި ރަޝިއާ މައްސަލައިގައި އެ ކްލަބަށް އެކި ކަހަލަ ފިއްތުންތައް ކުރިމަތިވެދާނެތީ އެވެ.

ޔޫކްރެއިނާއި ރަޝިއާގެ މައްސަަލަ ތެރޭގައި ޗެލްސީގެ ވެރިޔާ އަބްރަމޮވިޗަށް އަންނަ ޕްރެޝަރުތަކުގެ ނޭދެވޭ އަސަރުތަކެއް ޗެލްސީ އަށް ކޮށްފާނެ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ ބުނެފަ އެވެ.

ރަޝިޔާގެ ކުރީގެ ޖާސޫސަކަށް އިނގިރޭސި ވިލާތުގައި ވިހަ ދިން މައްސަލައިގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން 2018 ވަނަ އަހަރު އިނގިރޭސި ސަރުކާރުން ނިންމީ އަބްރަމޮވިޗް ހިމެނޭ ގޮތަށް ރަޝިއާގެ ގިނަ މަހުޖަނުންގެ އިންވެސްޓްމަންޓް ވިސާ އާ ނުކޮށްދޭށެވެ. އެހެންވެ، އަބްރަމޮވިޗް ވަނީ އިޒްރޭލުގެ ރަށްވެހިކަން ހޯދައިފަ އެވެ. އިޒްރޭލުގެ ޓެލް އަވީވްގައި ދިރިއުޅެމުން އަންނަ އަބްރަމޮވިޗަށް ޔަހޫދީންނަށް ދޭ ހާއްސަ ކްރައިޓީރިއާ އަކުން ޕޯޗުގީސް ރަށްވެހިކަން ވެސް ދީފައިވާއިރު، އަބްރަމޮވިޗް ތިން އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެލްސީ މެޗަކަށް ލަންޑަނަށް ދިޔައީ މިދިޔަ ނޮވެމްބަރު މަހު އިޒްރޭލް ރަށްވެއްސެއްގެ ގޮތުގަ އެވެ.

ރަޝިއާ އާއި ޔޫކްރެއިން މައްސަލައިގައި އަބްރަމޮވިޗަށް އެއްވެސް ފަސޭހަމަގެއް ފެންނަން ނެތުމުން އަބްރަމޮވިޗް ވަނީ މި ވަގުތަށް ޗެލްސީގެ ކޮންޓްރޯލް ދޫކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox