ބާސެލޯނާގެ އާ ކޯޗަކީ ޒަވީ

Nov 5, 2021, 11:43 AM
ބާސެލޯނާގެ އާ ކޯޗަކީ ޒަވީ

ދޯހާ، ގަތަރު (ނޮވެމްބަރު 5) - ގަތަރުގެ ކްލަބް އަލް ސާދުން ރިލީސް ދޭން ނިންމުމާ އެކު ބާސެލޯނާގެ އާ ކޯޗުގެ މަގާމާ ހަވާލުވާން އެ ޓީމުގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ތައްޔާރުވެއްޖެ އެވެ.

ދާދި ފަހުން ބާސެލޯނާގެ ކޯޗުކަމުން ރޮނާލްޑް ކޫމަން ވަކިކޮށް ބާސެލޯނާގެ ބޯޑް މެމްބަރުންގެ މެޖޯރިޓީން ތާއީދުކުރީ ދެން ކޯޗަކަށް ގެންނަން ޖެހޭނީ އުމުރުން 41 އަހަރުގެ ޒަވީ ކަމަށެވެ. އެކަމަކު، އެ ވަގުތު އޮތް ހުރަހަކީ ޒަވީ ހުރީ އަލް ސާދުގެ ކޮންޓްރެކްޓެއް ކަމަށް ވުމެވެ.

އަލް ސާދުގައި ރަނގަޅު ޕްރޮޖެކްޓެއް ހިންގަން ވިސްނައިގެން ހުރި ޒަވީ އެ ވަގުތު ވެސް ނިންމީ އޭނާ ބާސެލޯނާއާ ހަވާލުވާން ދާނީ އަލް ސާދުގެ ރުހުމާ އެކު ކަމަށެވެ. ފާއިތުވި 72 ވަރަކަށް ގަޑިއިރު ތެރޭގައި ބާސެލޯނާގެ ބޯޑު މެމްބަރުންގެ ޓީމެއް އަލް ސާދުގެ އޮފިޝަލުންނާ އެކު ބޭއްވި އެކި ބައްދަލުވުންތަކަށް ފަހު އަލް ސާދުން މިއަދު ނިންމީ ޒަވީ އަށް ރިލީސް ދިނުމަށެވެ.

ޒަވީ، ބާސެލޯނާ ދޫކޮށް އަލް ސާދަށް ބަދަލުވީ 2015 ވަނަ އަހަރެވެ. ކުޅުންތެރިއެއްގެ ގޮތުގައި އަލް ސާދާ އެކު ހަތަރު ޓްރޮފީ ހޯދައި، 2019 ވަނަ އަހަރު ކޯޗެއްގެ ގޮތުގައި އެ ޓީމުގައި ޒަވީ މަސައްކަތް ފެށި އެވެ.

ކޯޗިންގައި އަލް ސާދާ އެކު ހަތް ޓްރޮފީ އުފުލާލައި ގިނަ ރެކޯޑްތަކެއް ގާއިމްކުރި ޒަވީ ވަނީ ދާދި ފަހުން އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް އެ ކްލަބްގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ ފީ ބާސެލޯނާ އިން ދޭނެ ކަމަށް އަލް ސާދުން މިއަދު ވަނީ ބުނެފަ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ޒަވީ ބާސެލޯނާއާ އެކު ރަސްމީކޮށް ކޮންޓްރެކްޓްގައި ސޮއިކުރާނެ އެވެ. މީގެ ކުރިން ޒަވީ އަށް ދެ ފަހަރެއްގެ މަތިން ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާން ލިބުނު ހުށަހެޅުން އޭނާ ގަބޫލެއް ނުުކުރި އެވެ. އެއީ އަމިއްލަ ސަަބަބުތަކަށްޓަކަ އެވެ.

އެކަމަކު، މިހާރު ބާސެލޯނާގެ ރައީސަކަށް ހުރި ޖޮއާން ލަޕޯޓާއާ ގާތްގުޅުމެއް އޮންނަ ޒަވީ ވަނީ މި ފަހަރު ބާސެލޯނާގެ ހުށަހެޅުން ލިބުމާ އެކު ފުރުސަތުގެ ބޭނުން ހިފަން ބޭނުންވާ ކަމަށް މީޑިއާގައި ބުނެފަ އެވެ.

ޒަވީ ވަނީ ބާސެލޯނާގެ ޔޫތު ޓީމުން ފުޓްބޯޅަ ކެރިއަރު ފަށައި އެ ކްލަބްގެ ސީނިއާ ޓީމަށް 779 މެޗު ކުޅެ، އެ ޓީމާއެކު 25 ތަށި ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox