އޭއެފްސީން އަބަހާނީ މުބާރާތުން ވަކިކުރީކަން ހާމަވެއްޖެ

އޭއެފްސީ ކަޕަށް އަބަހާނީން ބޭއްވި ފަރިތަކުރުމެއްގެ ތެރެއިން.-- ފޮޓޯ: އަބަހާނީ

އޭއެފްސީ ކަޕަށް އަބަހާނީން ބޭއްވި ފަރިތަކުރުމެއްގެ ތެރެއިން.-- ފޮޓޯ: އަބަހާނީ

އޭއެފްސީ ކަޕުން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑުން ނަން ނަގަން ނުނިންމާ ކަމަށާއި އޭއެފްސީން މިއަދު އެ ޓީމު މުބާރާތުން ވަކިކުރީ އެންގުމެއް ނެތި ކަމަށް އެ ކްލަބުން ބުނެފި އެވެ.

މިއަދު މެންދުރު އޭއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން ހާލަތުގެ ގޮތުން މި ވަގުތު އަބަހާނީ އަށް އޭއެފްސީ ކަޕްގެ ކޮލިފައިން ދެ ވަނަ ބުރުގައި ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅެން ދެވޭނެ ކަމަށް ނުބެލެވޭތީ އަބަހާނީ މި މުބާރާތުން ވަކިވީ ކަމަށް އޭއެފްސީ ކޮމިޓީ އަށް ގަބޫލުކުރެވޭ ކަމަށެވެ.

އަދި އަބަހާނީ އަށް މުބާރާތުގައި ކުރިއަށް ނުދެވޭނެތީ ޕްލޭއޮފްގެ ޖާގަ އޮޓޯ އިން އީގަލްސް އަށް ދިނީ ކަމަށް އޭއެފްސީގެ ބަޔާނުގައިވެ އެވެ.

އެކަމާ ހިތްހަމަނުޖެހިގެން އަބަހާނީން ވަނީ މިއަދު މެންދުރު ފަހު ބަންގްލަދޭޝް މީޑިއާގައި ބަޔާނެއް ނެރެފަ އެވެ. އަބަހާނީން ބުނީ އޭއެފްސީގެ މި ނިންމުމަކީ އެ ކްލަބަށް "ޝޮކެއް" ކަމަށާއި މުބާރާތުން ވަކިވާން އެ ޓީމުން ނިންމާފައިނުވާ ކަމަށެވެ.

މީގެ ދެ ދުވަސް ކުރިން ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އަބޫ ނައީމް ޝޮހާގް ސޮއިކުރައްވައި ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން އަބަހާނީ އާއި ބީއެފްއެފް އިން ދިޔައީ އަންނަ މަހު ފަސް ވަނަ ދުވަހު ބަންގްލަދޭޝްގައި އަބަހާނީ އާއި އީގަލްސް މެޗު ކުޅުމަށް ފަހު އެ މެޗުން މޮޅުވާ ޓީމެއް އަންނަ މަހު އަށް ވަނަ ދުވަހު ބެންގަލޫރާ ދެކޮޅަށް ހަމަ ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅޭ ގޮތަށެވެ. އެ ގޮތަށް އީގަލްސް އާއި ބެންގަލޫރަށް ވެސް އަންގާފައިވާނެ ކަމަށް އަބަހާނީން ބުނެ އެވެ.

"ކޮވިޑްގެ މި އުނދަގޫ ހާލަތުގައި ވެސް އަބަހާނީން ވާނީ ބެންގަލޫރު ކައިރިން އެދިފައި އަންނަ މަހުގެ އަށް ވަނަ ދުވަހު ޑާކާ އަށް މެޗު ކުޅެން އަންނަން. މިއީ ތައްޔާރީތައް ކުރިއަށްދިޔަ ގޮތަކީ. އެކަމަކު ކުއްލިއަކަށް އޭޝިއާގެ މައި ފުޓްބޯޅަ އިދާރާއިން މި ނިންމީ އަބަހާނީ މުބާރާތުން ވަކިވީ ކަމަށް. މިއީ ބަންގްލަދޭޝްގެ އެންމެ މަޝްހޫރު ކްލަބާ މެދު އޭއެފްސީން ކަންކުރި ގޮތް. އަހަރެމެން އެދެނީ އޭއެފްސީން އަލުން މި ނިންމުން މުރާޖާކުރަން،" އަބަހާނީގެ ބަޔާނުގައިވެ އެވެ.

އޭއެފްސީން މިއަދު ވަނީ އަންނަ މަހު 11 ވަނަ ދުވަހު މާލޭގައި ބެންގަލޫރާއި އީގަލްސް ޕްލޭއޮފް މެޗު ކުޅޭ ގޮތަށް ޝެޑިއުލްކޮށްފަ އެވެ. ޕްލޭއޮފުން މޮޅުވާ ޓީމެއް އަންނަ މަހު 14-21 އަށް މާލޭގައި ކުޅޭ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕަށް ކޮލިފައިވާނެ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ.

އީގަލްސް އާއި އަބަހާނީގެ މެޗު އެންމެ ފުރަތަމަ ޝެޑިއުލްކޮށްފައި އޮތީ މި މަހު 14 ވަނަ ދުވަހު ބަންގްލަދޭޝްގައި ކުޅޭ ގޮތަށެވެ. އެކަމަކު ބަންގްލަދޭޝްގައި ކޮވިޑްގެ ކޭސްތައް ގިނަވެ، ލޮކްޑައުންއެއްގައި އޮތުމުން އެ ގައުމުގައި މެޗު ކުޅެވޭނެ ގޮތެއް ނުވި އެވެ. އެހެންވެ އޭއެފްސީ އަށް ޖެހުނީ ބަދަލުތަކެއް ގެންނާށެވެ. ހާލަތަށް ބަލައި އޭއެފްސީން އަބަހާނީގެ ހުށަހެޅުމަކާ އެއްގޮތަށް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗު މި މަހު 21 ވަނަ ދުވަހު ނޭޕާލްގައި ކުޅެން ނިންމި ނަަމަވެސް އޭރު ވެސް ބަންގްލަދޭޝް ލޮކްޑައުންއެއްގައި އޮތުމުން ދަތުރުފަތުރު ކުރުމުގެ ހުއްދަ ނުލިބި އެންމެ ފަހުން 21 ގައި ވެސް މެޗު ކުޅެވޭގޮތް ނުވީ އެވެ.

ފަހުން އަބަހާނީން އޭއެފްސީ އަށް ހުށަހެޅީ ހާއްސަ ވިސާއެއް ހޯދުމަށް ފަހު ނަމަވެސް މިދިޔަ އާދިއްތަ ދުވަހު އިންޑިއާގައި އެ މެޗު ކުޅެވޭތޯ ބެލުމަށެވެ. މިހާރު އެ މުއްދަތު ވެސް ފަހަނައަޅައި ގޮސްފައިވާއިރު، އެ މެޗު ކުޅުމުގެ ފުރުސަތު އެންމެ ބޮޑީ އަންނަ މަހު މާލޭގައި ކަމަށް މި ހަފްތާގައި ބަންގްލަދޭޝްގެ މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމަކު ފަހުން އަބަހާނީ އާއި ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އިން ބައްދަލުކުރުމަށް ފަހު އެ ގައުމުގެ މީޑިއާތަކަށް ބީއެފްއެފްގެ ޖެނެރަލް ސެކްރެޓަރީ އަބޫ ނައީމް ޝޮހާގް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އަންނަ މަހުގެ އަށް ވަނަ ދުވަހާއި 11 ވަނަ ދުވަހުގައި މާލޭގައި ކޮލިފައިން ދެ ވަނަ ބުރާއި ޕްލޭއޮފް މެޗު ކުޅެން ރާއްޖޭން ކުރި މަސައްކަތް ކާމިޔާބުނުވި ކަމަށާއި ބަންގްލަދޭޝް އިން އެ މެޗު ބާއްވަން ބޭނުންވާ ކަމަށެވެ. އެކަމަކު ރާއްޖެ އަށް މެޗު ބޭއްވޭތޯ ކުރި މަސައްކަތް ކާމިޔާބުނުވި ކަމަށް ބީއެފްއެފް އިން ދެއްކި ވާހަކަ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ ދޮގުކޮށްފަ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އަބަހާނީ އިން އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ މި މަހު ކުރީކޮޅުން ފެށިގެން އެ ގައުމު ލޮކްޑައުނެއްގައި އޮތުމުން މެޗު ވީހާވެސް ފަސްކުރާށެވެ. އަދި މިއަދު ބަންގްލަދޭޝްގެ ޕްރިމިއާ ލީގު އަލުން ފެށުމަށް ހުއްދަ ލިބޭނެކަން މީގެ ހަފްތާއެއް ކުރިން އެނގިފައިވާތީ އަބަހާނީން އަވަސްވެގަތީ އީގަލްސް މެޗު އެ ގައުމުގައި އަނެއްކާ ހޯސްޓްކުރާށެވެ. އެ ކަަމަކު އޭއެފްސީން އަބަހާނީ މުބާރާތުން ވަކިކުރަން މި ނިންމީ ބަންގްލަދޭޝްގައި މެޗު ހޯސްޓްކުރަން ދިން މުއްދަތު ފަހަނައެޅިއިރު އެކަން ކުރެވިފައިނުވުމާއި ނިއުޓްރަލް ދަނޑެއްގައި މެޗު ކުޅެން އަބަހާނީން ކުރި މަސައްކަތް ވެސް ކާމިޔާބުނުވުމުންނެެވެ. އަބަހާނީން ނޭޕާލާއި އިންޑިއާގައި ނިއުޓްރަލް ދަނޑެއް މެޗު ކުޅެން ކުރި މަސައްކަތް ކާމިޔާބުނުވީ ބަންގްލަދޭޝް އިން ދަތުރުފަތުރުކުރެވޭނެ ގޮތެއް ވެސް ނެތުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox