އަބަހާނީ އަތުން ބަލިވެ އީގަލްސް އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

Aug 16, 2023, 1:53 PM
އަބަހާނީގެ ކޯނޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އަބަހާނީގެ ކޯނޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަތުން 2-1 އިން ބަލިވެ، ރާއްޖޭގެ ކްލަބް އީގަލްސް އަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ނުލިބި ކަޓައިފި އެވެ.

ސިލްހެޓްގައި މިއަދު މެންދުރު ފަހު ކުޅުނު މެޗުގައި އަބަހާނީން ވަނީ އެ ޓީމުގައި ހިމެނޭ ބިދޭސީ ހަ ކުޅުންތެރިން ކުޅެން އަރުވައިފަ އެވެ. ވިއްސާރަ ވުމުގެ ސަބަބުން ޗަކަ ހެދިފައި ދަނޑުގައި އޮތުމާ އެކު، ދެ ޓީމަށް ވެސް ވަނީ ކުޅެން އުނދަގޫވެފަ އެވެ.

އަބަހާނީ އަށް މެޗުގެ 21 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެފައިވާ ސެއިން ވިންސެންޓްގެ ފޯވާޑް، ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. ކޯނޭ މި ގޯލު ޖެހީ އޭރިއާތެރެއަށް އައި ބޯޅައަކުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ކޯނޭ އަކީ މި ވަގުތު ލޯން އެއްބަސްވުމެއްގެ ދަށުން އަބަހާނީ އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

Advertisement

ނަތީޖާ ހަމަހަމަކުރަން އީގަލްސް އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 63 ވަނަ މިނިޓްގަ އެވެ. އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ، ޕެޓްރޮވިޗް ހިލޭ ޖެހުމަކުން ނަގައިދިން ބޯޅައަށް އޭރިއާތެރެއަށް ހުސްކޮށް އަރައި، އީގަލްސްގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ) ވަނީ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މެޗު ނިމެން އެއް މިނިޓަށް ވެފައި ވަނިކޮށް އަބަހާނީ މި މެޗުން މޮޅުކޮށްދިން ގޯލު ޖެހީ ބްރެޒިލްގެ ޑިފެންޑަރު، ޑަނީލޯ އޮގަސްޓޯ އެވެ. މިއީ އެ ޓީމުގެ އުޒްބެކިސްތާން މިޑްފީލްޑަރު، މުޒައްފަރޯވް ނެގި ކޯނަރަކުން އޮގަސްޓޯ ބޮލުން ޖެހި ގޯލެކެވެ.

އީގަލްސް އިން މި ވަނީ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅުނު ދެ ފަހަރު ވެސް ގްރޫޕް ސްޓޭޖުގެ ޖާގަ ނުލިބި މުބާރާތާ ވަކިވާން ޖެހިފަ އެވެ. އެ ޓީމުން އެންމެ ފަހުން ކޮލިފައިންގައި ވާދަކުރި ފަަހަރު ޕްލޭއޮފްގައި ބަލިވީ ބެންގަލޫރު އަތުންނެވެ. އެ ގޮތުން، 2021 ގައި އީގަލްސް އިން ޓީމުން ޕްރިލިމިނަރީ ފުރަތަމަ ބުރުގައި މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން މޮޅުވި އެވެ. ޕްރިލިމިނަރީ ދެ ވަނަ ބުރުގައި އީގަލްސް އިން ކުޅެން ޖެހުނީ ބަންގްލަދޭޝްގެ އަބަހާނީއާ އެވެ. އެ ފަހަރު، އަބަހާނީ އަށް އެ ގައުމުގައި މެޗު ކުޅެވޭގޮތް ނުވެ، ދަތުރުކުރުމުގައި ވެސް ދަތިވެފައިވާތީވެ، އެ މެޗު އީގަލްސް އަށް ލިބި ޕްލޭއޮފަށް ދަތުރުކުރީ އެެވެ. ޕްލޭއޮފް ބުރުގައި 2021 ވަނަ އަހަރުގެ މެއި މަހު މާލޭގައި ކުޅެން އޮތް މެޗަށް އައިސް އިންޑިއާގެ ބެންގަލޫރުން ކޮވިޑް ޕްރޮޓޮކޯލާ ހިލާފުވުމުން، އޭއެފްސީން އެ ވަގުތު ވަނީ މެޗު ފަސްކޮށްފަ އެެވެ. ފަހުން އޮގަސްޓް މަހު އެ މެޗު އަލުން ކުޅުނުއިރު، އީގަލްސް ވަނީ ބެންގަލޫރު އަތުން ބަލިވެ ކަޓައިފަ އެވެ.

އީގަލްސް ބަލިކުރި އަބަހާނީ މި ފަހަރު ގްރޫޕް ސްޓޭޖުގެ ޖާގަ އަކަށް ވާދަކުރަން ޖެހޭނީ އިންޑިއާގެ މޯހަން ބަގާން އާއި ނޭޕާލުގެ މަޗިންދުރަ އެފްސީ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox