އީގަލްސް ބަލިކުރަން އަބަހާނީ ހުރިހާ މަސައްކަތެއް ކުރާނެ

ައަބަހާނީ ޓީމުގެ ކޯޗު ލެމޯސް: އީގަލްސް ބަލިކުރަން ކުރެވުނު ހުރިހާ ކަމެއް ކުރަން ތައްޔާރު ކަމަށް ބުނެފައިވޭ.

ައަބަހާނީ ޓީމުގެ ކޯޗު ލެމޯސް: އީގަލްސް ބަލިކުރަން ކުރެވުނު ހުރިހާ ކަމެއް ކުރަން ތައްޔާރު ކަމަށް ބުނެފައިވޭ.

އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި މިއަދު ބަންގްލަދޭޝްގެ ސިލްހެޓްގައި ކުޅޭ މެޗުގައި ރާއްޖޭގެ ކްލަބް އީގަލްސް ބަލިކުރަން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އަބަހާނީގެ ކޯޗު ޕޯޗުގަލްގެ މާރިއޯ ލެމޯސް ބުނެފި އެވެ.

ރާއްޖެ ގަޑިން މިއަދު 14:15 ގައި ކުޅޭ މެޗުގައި އީގަލްސް އާއި އަބަހާނީ ބައްދަލުކުރާއިރު، އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލެމޯސް ބުނީ މި މެޗު ކުޅޭއިރު، ހާލަތު އެކި ގޮތްގޮތަށް ދިމާވެދާނެ ކަމަށެވެ. އެހެން ނަަމަވެސް އަބަހާނީގެ ފޯކަސް ބަހައްޓާނީ މޮޅުވާން ކުރަން ހުރި މަސައްކަތްތަކަށް ކަމަށް އޭނާ ބުނެފައިވެ އެވެ.

މި ދުވަސްވަރު މޫސުން ހުރި ގޮތުން މެޗު ކުޅޭއިރު ހާލަތު ގޯސްވެދާނެ ކަމަށް އިޝާރާތްކޮށް، ލެމޯސް ބުނީ ފުޓްބޯޅަ އަކީ "އިންޑޯ" ކުޅިވަރެއް ނޫން ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް ކުޅެން ތައްޔާރަށް ހުންނަން ވިސްނަން ޖެހޭނެ ކަމަށެވެ.

"އަހަންނަށް އެނގޭ ވިއްސާރަ ވެއްޖިއްޔާ ކުޅެން އުނދަގޫވާނެކަން. ރަނގަޅު މެޗެއް ނުފެންނާނެކަން. އެކަމަކު، މިއީ ރީތި މެޗެއް ކުޅުމަށް ވުރެ ދެން އޮތް ބުރަށް ދިއުމަށް މުހިންމު މެޗެއް، އެހެންވެ، އަހަރެން މި ހުރީ މޮޅުވާން ހުރިހާ ގޮތަކުން ވެސް އަމާޒުހިފައިގެން،" 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ރާއްޖެ ބަލިކުރި ބަންގްލަދޭޝް ޓީމަށް ކޯޗުކޮށްދިން ލެމޯސް ބުންޏެވެ.

އަބަހާނީ އަށް ވުރެ ކުރިން ސިލްހެޓަށް ގޮސް އީގަލްސް އިން ފަރިތަކުން ފެށި އެވެ. އެކަމަކު، ލެމޯސް ދެކޭ ގޮތުގައި މިއީ މާ ބޮޑު ތަފާތެއް ފެންނާނެ ކަމެއް ނޫނެވެ.

އަބަހާނީ ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިން ކަމަށްވާ ކޮސްޓަ ރީކާގެ ފޯވާޑް ޑެނިއަލް ކޮލިންދްރެސް އާއި ބްރެޒިލްގެ މިޑްފީލްޑަރު، ރަފައެލް އޮގަސްޓޯ އަދި ނައިޖީރިއާގެ ފޯވާޑް ޕީޓާ ންވޯރާ އެ ޓީމު ދޫކޮށް ވަނީ ގޮސްފަ އެވެ. އެ ޓީމުން ބަދަލުގައި ގެނެސްފައިވާ ބިދޭސީ ކުޅުންތެރިންނަކީ ކުރިން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެފައިވާ ސެއިން ވިންސެންޓްގެ ފޯވާޑް، ކޮނޭލިއަސް ސްޓެވާޓް (ކޯނޭ)، އުޒްބެކިސްތާންގެ މިޑްފީލްޑަރު މުޒައްފަރު، ނައިޖީރިއާގެ ފޯވާޑް އުޖޮކްވޫ އަދި މިސްރުގެ ފޯވާޑް ކަހުރަބާ އެވެ.

މިއީ އީގަލްސް އިން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރާ ދެ ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ކޮލިފައިންގައި ވާދަކުރި ފަަހަރު ޕްލޭއޮފްގައި ބަލިވީ ބެންގަލޫރު އަތުންނެވެ. އެ ގޮތުން، 2021 ގައި އީގަލްސް އިން ޓީމުން ޕްރިލިމިނަރީ ފުރަތަމަ ބުރުގައި މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން މޮޅުވި އެވެ. ޕްރިލިމިނަރީ ދެ ވަނަ ބުރުގައި އީގަލްސް އިން ކުޅެން ޖެހުނީ ބަންގްލަދޭޝްގެ އަބަހާނީއާ އެވެ. އެ ފަހަރު، އަބަހާނީ އަށް އެ ގައުމުގައި މެޗު ކުޅެވޭގޮތް ނުވެ، ދަތުރުކުރުމުގައި ވެސް ދަތިވެފައިވާތީވެ، އެ މެޗު އީގަލްސް އަށް ލިބި ޕްލޭއޮފަށް ދަތުރުކުރީ އެެވެ. ޕްލޭއޮފް ބުރުގައި 2021 ވަނަ އަހަރުގެ މެއި މަހު މާލޭގައި ކުޅެން އޮތް މެޗަށް އައިސް އިންޑިއާގެ ބެންގަލޫރުން ކޮވިޑް ޕްރޮޓޮކޯލާ ހިލާފުވުމުން، އޭއެފްސީން އެ ވަގުތު ވަނީ މެޗު ފަސްކޮށްފަ އެެވެ. ފަހުން އޮގަސްޓް މަހު އެ މެޗު އަލުން ކުޅުނުއިރު، އީގަލްސް ވަނީ ބެންގަލޫރު އަތުން ބަލިވެ ކަޓައިފަ އެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)، މިއަދުގެ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ އީގަލްސް ޓީމުގައި ހިމެނޭ ބިދޭސީ ފަސް ކުޅުންތެރިންގެ ވެސް ބޭނުންހިފާނެ ކަމަށެވެ.

އަދި މި ވަގުތު ހުރިހާ ފޯކަސް އެއް ބަހައްޓައިގެން ޓާގެޓް ކަނޑައަޅާފައިވަނީ މެޗުން މޮޅުވެ، އަނެއް ބުރަށް ދިއުމަށް ކަމަށް މޯހަން ބުނެފައިވެ އެވެ.

އަބަހާނީ ބަލިކޮށްގެން، މި ފަހަރުގެ ޕްލޭއޮފް ބުރަށް އީގަލްސް ދަތުރުކޮށްފިނަމަ އެ ބުރުގައި ކުޅެން ޖެހޭނީ އިންޑިއާގެ މޯހަން ބަގާން އާއި ނޭޕާލުގެ މަޗިންދުރަ އެފްސީ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ޕްލޭއޮފުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުން ފުރުސަތު ލިބޭނެ އެވެ. އެ ގްރޫޕްގައި މި ވަގުތު ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox