ކޮލަމިސްޓް
ޝާހު އިސްމާއީލް (ސާޔާ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފޯވާޑެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 14 އަހަރު ކުޅެދީ، 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ރިހި މެޑަލް ހޯދި ޓީމުގެ ކެޕްޓަންކަން ކުރި އެވެ. ވެލެންސިއާ، ނިއު ރޭޑިއަންޓް އަދި ވިކްޓްރީ އަށް ކުޅެ އެތައް ކާމިޔާބެއް ހޯދި އެވެ. ފަހުން ފެނުނީ ފުޓްބޯޅައިގެ އިދާރީ ހިންގުންތެރިއެއްގެ ގޮތުގަ އެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ފުރާފައިވެ އެވެ.