Advertisement

ޑެނިސް ޗައިބީ

ޑެނިސް ޗައިބީއަކީ ޔޫރަޕިއަން ޔޫނިއަނުން ސްރީ ލަންކާ އަދި ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސަޑެރެވެ. ބެލްޖިއަމްގެ ފޮރިން އެފެއާޒްއިން މަސައްކަތް ފެއްޓެވި ޗައިބީ ޔޫރަޕިއަން ކޮމިޝަނުގައި ވެސް މަސައްކަތް ކުރެއްވި އެވެ. އިރާނާއެކު ހެދި ނިއުކްލާ ޑީލުގައި ވެސް އޭނާ ރޯލެއް އަދާ ކުރެއްވި އެވެ.

އޭނާއަކީ ގާނޫނު އަދި ޕޮލިޓިކަލް ސައިންސުން ވަކި ދެ ފުރަތަމަ ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ޔޫރަޕިއަން ސްޓަޑީސް އިން މާސްޓާ ޑިގްރީއަކާއި ލޯ އިން މާސްޓާ ޑިގްރީއަކާއި އިންޓަނޭޝަނަލް ލޯ އިން ވެސް މާސްޓާސް ޑިގްރީއެއް ވަނީ ނަންގަވައިފަ އެވެ.