Advertisement

ކެތެރިން ހެސްވެލް

ކެތެރިން ހެސްވެލްއަކީ އދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރެވެ. ކެތެރިން މަގާމާ ހަވާލުވެވަޑައިގެންފައި ވަނީ ފެބްރުއަރީ 16، 2020 ގަ އެވެ. ތަރައްގީގެ އެކި މަސައްކަތްތަކުގައި ޔޫރަޕް، މެދުއިރުމަތި، އެފްރިކާ އަދި އޭޝިޔާގައި 24 އަހަރު މީގެ ކުރިން ކެތެރިން ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ކެތެރިން ވަނީ އޮސްޓްރޭލިއާގައި ހުންނަ ޔުނިވާސިޓީ އޮފް މެލްބާން އިން އިންޓަނޭޝަނަލް އެންޑް ޕަބްލިކް ލޯ އިން މާސްޓާސް ޑިގްރީއެއް ހާސިލް ކުރައްވައިފަ އެވެ.