ކުއްޖާގެ ގައިމައްޗަށް ކާރު އެރިކަމަށް ބެލެވޭތީ ފޮރެންސިކް ހަދަނީ
މި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހު. މި ހާދިސާއާ ގުޅިގެން ތިން އުޅަނދެއް ޓޯކޮށް، އެ އުޅަނދުތައް ދުއްވި މީހުންގެ ލައިސަންސް ހިފަހައްޓާފައިވާއިރު، އޭގެ ތެރޭގައި ލައިސަންސް ކުރިން ހިފަހައްޓާފައިވަނިކޮށް ކާރު ދުއްވި މީހާ ވަނީ ޖޫރިމަނާ ވެސް ކޮށްފަ.