ވޭމަންޑޫ-ކިނބިދޫ ކޯޒްވޭ މިދައުރުގައި ނުހެދޭނެ!
ތ. ވޭމަންޑޫ އާއި ކިނބިދޫ ގުޅާލުމުގެ މަޝްރޫއަކީ ބޮޑު ހޭދައެއް ހިނގާނެ ކަމަކަށްވާތީ، މި ދައުރުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ ކްރޮސް ސަބްސިޑީ އުސޫލުން މި މަސައްކަތް ކުރުމަށް ކުރި އިއުލާނަށް ތަރުހީބު ލިބިފައިނުވާތީ، މިހާރު އަމާޒަކީ މި ދައުރުގައި މަސައްކަތް ފެށުން ކަމަށެވެ.