ޓްރަމްޕްގެ ތަސްވީރާއެކު އެމެރިކާއިން ފައިސާ ފޮއްޗެއް ނެރެފި
އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމަށް، ރައީސް ޓްރަމްޕްގެ ތަސްވީރު ހިމެނޭ ޚާއްސަ އެއް ޑޮލަރުގެ ފައިސާ ފޮއްޗެއް ޔޫއެސް މިންޓުން ވަނީ ނެރެފައެވެ. މިއީ ވޭތުވެދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގައި ހުންނެވި ރައީސެއްގެ ތަސްވީރު ހިމަނައިގެން އެމެރިކާއިން ފައިސާ ނެރުނު ފުރަތަމަ ފަހަރެވެ. މި ފައިސާ ފޮތިތައް ވިއްކަން ފެށިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވަނީ އޮންލައިންކޮށް ހުސްވެފައެވެ.