އިންޑިއާ މޮޑެލްގެ މަރުގައި ފިރިމީހާ އާއި މައިދައިތައަށް ދައުވާ
އިންޑިއާގެ މޮޑެލް ޓްވިޝާ ޝަރުމާ މަރުވި މައްސަލައިގައި، އޭނާއަށް ނަފްސާނީ އަނިޔާކޮށް އަމިއްލައަށް މަރުވާން ހިތްވަރުދިން ކަމުގެ ދައުވާ ފިރިމީހާ އާއި މައިދައިތަގެ މައްޗަށް ސީބީއައި އިން އުފުލައިފިއެވެ. ޓްވިޝާގެ އާއިލާއިން އެމީހުންނަށް މަރުގެ ތުހުމަތު ކުރި ނަމަވެސް، ދައުވާލިބޭ ފަރާތްތަކުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ ދެމައިން މިހާރު ތިބީ ފުލުހުންގެ ބަންދުގައެވެ.